ޔޫޙަންނާ 14:13 - ކިތާބުލް މުޤައްދަސާ13 ކަލޭމެން އަހަރެންގެ ނަމުގައި ކޮންމެ ކަމަކަށް އެދުނު ނަމަވެސް އަހަރެން އެކަމެއް ކޮށްދޭނަން. އެއީ އެގޮތުން ދަރިކަލުން މެދުވެރިކޮށް ބައްޕާފުޅުގެ ނަންފުޅު މަތިވެރިވާނެތީ. အခန်းကိုကြည့်ပါ။ |
އަދި މިހާރު މާތްރަސްކަލާނގެ ތިޔަބައިމީހުން ބިނާ ކުރައްވަނީ އެކަލާނގެ ރޫޙާނީ ގެކޮޅުގައި ވީ ދިރިހުރި ހިލަތަކެއްފަދައިންނެވެ. މީގެ އިތުރުން ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ އިމާމުން ތަކެކެވެ. އަދި ތިޔަބައިމީހުންނީ އީސާ އަލްމަސީޙުގެ އެހީތެރިކަމާއެކު މާތްރަސްކަލާނގެއަށް ހުށަހެޅޭ ރޫޙާނީ ޤުރުބާންތައް ހުށަހަޅައިދެވޭފަދަ މާތް އިމާމުންތަކެކެވެ.
އަދި މާތްރަސްކަލާނގެ ކިބަފުޅުން އަހަރެމެން އެދި ދަންނަވާ އެންމެހާ ކަންތައް އެކަލާނގެ ފުއްދަވައި ދެއްވާނެއެވެ. ސަބަބަކީ އަހަރެމެންކުރާ ކަންތަކަކީ އެކަލާނގެ އެދިވޮޑިގަންނަވާ ފަދަ ކަންތައް ކަމަށް ވާތީއެވެ. އަދި އަހަރެމެން ޙަޔާތު ވޭތުކުރަމުން ގެންދަނީ އެކަލާނގެއަށް ކިޔަމަންތެރިކަން މަތީގައި ކަމަށް ވާތީ ވެސް މެއެވެ.