ޔޫޙަންނާ 14:11 - ކިތާބުލް މުޤައްދަސާ11 އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައޭ އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައޭ އަހަރެން ބުނީތީ އެ ބަސް ގަބޫލު ކުރޭ، ނޫނީ އަހަރެން މި ކުރާކަންތައް ފެނުނީތީ އެބަސް ގަބޫލު ކުރޭ. အခန်းကိုကြည့်ပါ။ |
ފިލިޕު، ކަލޭ ގަބޫލެއް ނުކުރަންތަ އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައި ކަން، އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައިކަން؟ އަހަރެން މިކުރާ ކަންތައްތަކާއި ބުނާ ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކާއި ކަންތަކެއް ނޫން. މިއީ އަހަރެންގެ ކިބައިގައިވާ ބައްޕާފުޅު އަހަރެން މެދުވެރިކުރައްވައި ދައްކަވާ ކަންތައްތަކާ އަންގަވާ އެކަލާނގެ ބަސްފުޅުތައް.
ނަމަވެސް ޔަޙުޔާގެފާނު ވިދާޅުވި ބަސްފުޅުތަކަށް ވުރެވެސް މާ މުހިންމު ހެއްކެއް އަހަރެންގެ ފަރާތުގައިވޭ. އެއީ އަހަރެން ދަސްކޮށްދެމުން މިދާ ކަންތަކާއި ދައްކަމުން މި ގެންދާ މުޢުޖިޒާތްތައް. އަދި އަހަރެންގެ ބައްޕާފުޅު އަހަރެންނަށް ކުރުމަށް އެންގެވި ކަންތައްތައް އަހަރެން ކޮށް ނިންމުން. މިކަންތައްތަކުގެ ސަބަބުން އަހަރެން ފޮނުއްވީ ބައްޕާފުޅުކަން ސާބިތު ކޮށްދޭ.
އަޅުގަނޑު މި ކިޔާދޭ ނާޒަރަތުގެ އީސާގެފާނާއި ބެހޭ ވާހަކަތަކުގެ އަޑުއަހާ. އީސާގެފާނަކީ ތިޔަ ބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން ޚުދު އެކަލާނގެ ސާބިތުކޮށް ދެއްވައިފި. އެއީ އެކަލޭގެފާނު ކުރެއްވި ކަންތައްތަކުން ފެންނަން ހުރި މުޢުޖިޒާތްތަކުންނާއި ހައިރާން ކުރުވަނިވި އަލާމާތްތަކުންނާއި ނިޝާންތަކުން އެކަލޭގެފާނަކީ މާތްރަސްކަލާނގެ ކިބަފުޅުން ވަޑައިގެންނެވި ބޭކަލެއްކަން ޔަޤީންވެ ސާބިތުވޭ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މި ކަންތައްތައް ރަނގަޅަށް އެނގޭނެ.