Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 14:1 - ކިތާބުލް މުޤައްދަސާ

1 އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އެއްގޮތަކަށް ވެސް ކަންބޮޑުނުވޭ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އިތުބާރުކޮށް އަހަރެންނަށް އީމާންވޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 14:1
37 ပူးပေါင်းရင်းမြစ်များ  

އީސާގެފާނަށް މަރިޔަމް އާއި އޭނާއާއިއެކު އައި އެންމެން ރޯ ތަން ފެނުމުން ވަރަށް ދެރަފުޅުވެ އެކަލޭގެފާނުގެ ހިތްޕުޅަށް ވެސް ބޮޑަށް އަސަރު ކުރިއެވެ.


މިހާރު އަހަރެންގެ ހިތުގައި ނުތަނަވަސް ކަމެއް ވޭ. ވީއިރު އަހަރެން ބައްޕާފުޅަށް ދުޢާކޮށް އަންނަން އޮތް ކަންތަކުން ސަލާމަތް ކޮށް ދެއްވުން އެދި ދަންނަވަންވީތަ؟ ނޫން! އެއްގޮތަކަށް ވެސް އެހެނެއް ނޫން. އަހަރެން މި ދުނިޔެއަށް އައީ ވެސް މިފަދައިން އަނިޔާ ލިބިގަތުމަށްޓަކާ.


ވަރަށް ގަދަ އަޑުފުޅަކުން އީސާގެފާނު މީސްތަކުންނާއި މުޚާތަބު ކުރެއްވިއެވެ. ”⁠އަހަރެންނަށް އީމާންވާ މީހުން އެއީމާން ވަނީ އަހަރެންގެ މައްޗަށް އެކަންޏެއް ނޫން. އެމީހުން އެ އީމާންވަނީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ މާތްރަސްކަލާނގެ ކިބަފުޅަށް ވެސް މެ.


އަހަރެން ކުރީބައިގައި މި ވާހަކަތައް މިކިޔާދެނީ އޭރުން އެކަން އެ ގޮތަށް ވުމުން އަހަރެން މިއީ ކާކުކަމާއި މެދު އަހަރެން ބުނިބަސްތައް ކަލޭމެންނަށް އެނގި އެކަން ރަނގަޅަށް ގަބޫލު ކުރެވޭނެ.


މީގެ ކުރިން ދުވަހަކު ވެސް އަދި ކަލޭމެން މިފަދައިން އެދިފައެއް ނުވޭ. ނަމަވެސް މިހާރު ކަލޭމެން އަހަރެންގެ ނަމުގައި އެދެން ޖެހޭނެ. އެ އެދޭ ކަމެއް ބައްޕާފުޅު ކަލޭމެންނަށް ކޮށްދެއްވާނެ. އޭރުން ކަލޭމެން ކޮޅުނެތްކޮޅަށް އުފާވާނެ.


އެއީ އެމީހުންނަށް ބައްޕާފުޅެއް ވެސް އަދި އަހަންނެއް ވެސް ނޭނގޭތީ.


އޭގެ ބަދަލުގައި އަހަރެން މިހުރިހާ އެއްޗެއް ކިޔާ ދިނުމުން ކަލޭމެން ތިޔަ ތިބީ އެކަމާ ދެރަވެ ހިތާމަވެރިވެފަ.


އެހެންކަމުން އެންމެހާ މީސްތަކުން ވެސް ބައްޕާފުޅަށް އިޙުތިރާމުކޮށް ބިރުވެތިވާ ފަދައިން ދަރިކަލުންނަށް ވެސް އިޙުތިރާމުކޮށް ބިރުވެތިވާން ޖެހޭނެ. ދަރިކަލުންނަށް އިޙުތިރާމުކޮށް ބިރުވެތި ނުވާ މީހަކީ ދަރިކަލުން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅަށް ވެސް އިޙުތިރާމުކޮށް ބިރުވެތިވާ މީހެއް ނޫން.


އަހަރެންގެ ބައްޕާފުޅުގެ އެދިވޮޑިގަތުމަކީ ދަރިކަލުން ދެކެ، ގަބޫލުކޮށް އީމާންވީ ކޮންމެ މީހަކަށް ނިމުންނުވާ ޙަޔާތް ދެއްވުން. އަދި އެންމެ ފަހު ދުވަހު އަހަރެން އެމީހުން އަލުން ދިރުއްވާނަން.⁠“


ތިޔަބައިމީހުން މާތްސާހިބާ އީސާގެފާނަށް ތަބާވެ އީމާންވީ ކަމާއި، އަދި މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ހުރިހާ އެންމެންނާއި މެދު ތިޔަބައިމީހުންގެ ހިތުގައިވާ ލޯތްބާއި ކުލުނުވާ ޚަބަރު އިވުމުން ތިޔަބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރުން އަހަރެން ހުއްޓައި ނުލަމެވެ. އަބަދާ އަބަދު ތިޔަބައިމީހުންނަށްޓަކައި އަހަރެން ދުޢާ ދަންނަވަމެވެ.


މާތްސާހިބާ އެނބުރި ވަޑައިގަންނަވައިފި ކަމުގެ ދަޢުވާ ކުރާ މީހަކު ދައްކާ ވާހަކަތައް ގަބޫލު ނުކުރާށެވެ. އެއީ މާތްރޫޙުފުޅުން ލިބުނު ޣައިބުބަސްތަކެއް ނުވަތަ އަހަރެމެން ބުނި ބަހަކުން ނުވަތަ ފޮނުވި ސިޓީއަކުން އެމީހަކަށް ލިބުނު ޚަބަރެއް ކަމުގައި ބުންޏަސްމެއެވެ. ހަމައެހެންމެ އެފަދަ ދޮގު ދަޢުވާތަކާއި މެދުގައި ތިޔަބައިމީހުން އަވަހަށް ކަންބޮޑުވެ ސިހިގެން ނުދިއުމަށް އަހަރެމެން ތިޔަބައިމީހުންނަށް އިލްތިމާސް ކުރަމެވެ.


އީސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުންނަށް އީމާންތެރި ވެވެނީ އެކަލޭގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރުއްވައި މަތިވެރި ޖަލާލަތުކަން ދެއްވި ކަމުންނެވެ. އެއީ ތިޔަބައިމީހުން އެކަލާނގެއަށް އުންމީދުކޮށް އިތުބާރުކުރާނެ ގޮތް މެދުވެރި ވުމަށްޓަކައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ