Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 13:9 - ކިތާބުލް މުޤައްދަސާ

9 ދެން ޝަމްއޫނު ޕަތަރަސް ދެންނެވިއެވެ. ”⁠ސާހިބާ އެހެން ވިއްޔާ އަޅުގަނޑުގެ ފައި އެކައްޏެއް ނޫން އަޅުގަނޑުގެ އަތްތިލައާއި ބޯ ވެސް ދޮވެދެއްވާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 13:9
9 ပူးပေါင်းရင်းမြစ်များ  

އަދި އެއްވެފައި ތިބި މީސްތަކުންގެ ރުޅިވެރިކަން މަރާމާރީއަށް ބަދަލުވަމުންދާތަން ޕިލާތުސްއަށް ފެނުނު ހިނދު މިކަމުގައި އޭނާއަށް އިތުރަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތްކަން އެނގުނެވެ. ވީމާ އޭނާ ފެން އަޅާފައިވާ ބޮޑު ބޯތައްޓެއް ގެނެސް މީސްތަކުންގެ ކުރިމަތީގައި ބަހައްޓާފައި އޭނާގެ ދެ އަތް ދޮވެ، މިފަދައިން ބުންޏެވެ. ”⁠މި އިންސާނާގެ މަރާއިމެދު އަހަރެން ޒިންމާއެއް ނުވާނަން. މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ކަލޭމެން.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ރަނގަޅަށް ފެންވަރައިގެން ހުރި މީހަކު ސާފުވުމަށް ފައިތިލަ ފިޔަވާ އެހެން ތަނެއް ދޮންނާކަށް ނުޖެހޭ. ކަލޭމެން ތިޔަވަނީ އެފަދައިން ސާފުވެފައި. ނަމަވެސް ކަލޭމެން އެންމެން ވަނީ އެފަދައަކުންނެއް ނޫން.⁠“


ޕަތަރަސް ދެންނެވިއެވެ. ”⁠ނޫން. ސާހިބާ އެއްގޮތަކަށް ވެސް ކަލޭގެފާނު އަޅުގަނޑުގެ ފައިދޮވެ ދެއްވައިގެން ނުވާނެ.⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭގެ ފައި ނުދޮވެފި ނަމަ ކަލޭ ތިޔައީ އަހަރެންގެ މީހަކަށް ނުވާނެ.⁠“


އެހެންކަމުން އެކަލާނގެ ޙަޟްރަތަށް އަހަރެމެން ސާފު ހިތަކާއި އީމާންކަމުން ލިއްބައިދޭ ފުރިހަމަ ޔަޤީންކަމާއެކު ދަމާ ހިނގާށެވެ. އެހެނީ އަހަރެމެންގެ ޒަމީރު މިވަނީ ކުށްވެރިކަމުގެ އިޙުސާސްތައް ފިލައި ސާފުވެފައެވެ. އަދި އަހަރެމެންގެ ހަށިތައް މިވަނީ ތާހިރު ފެނުން ދޮވެވިފައެވެ.


އެ ފެނުގެ ތޫފާނުގައި ވީ ފެނަކީ މިއަދު ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދީފައިވާ ތައުބާގެ ހިނެވުމާއި މެދުގައި ވީ ސިފަކުރުމެކެވެ. ނަމަވެސް ތައުބާގެ ހިނެވުމަކީ ތިޔަބައިމީހުންގެ ހަށިގަނޑު ދޮވެލުމަށް ވުރެން މާ މަތިވެރިކަމެކެވެ. މީގެ މާނައަކީ ޟަމީރުގެ ސާފުކަމާއިއެކު މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަވުމެވެ. ސަބަބަކީ އީސާ އަލްމަސީޙު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގަތުމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ