7 އީސާގެފާނު ވިދާޅުވިއެވެ. ”މިހާރު ކަލެއަށް އަހަރެން މިކުރާ ކަމެއްގެ މާނަ ނުވިސްނުނަސް އެކަން ކަލެއަށް ވެސް ވިސްނޭނެ ދުވަހެއް އަންނާނެ.“
އީސާގެފާނުގެ އަސްޙާބީންނަކަށް މި ކަމަކީ ކުރީއްސުރެން ވާނެ ކަމަށް ޣައިބުގައި ލިޔެވިފައިވާ ކަމެއް ކަން އޭރަކު ނޭނގެއެވެ. އެކަލޭގެފާނަށް ޖަލާލަތުކަމުގެ މަޤާމު ލިބިވަޑައިގަތުމުން އެ ކަމަކީ އެކަލޭގެފާނާމެދު ކަންތައް ހިނގާނެ ގޮތް ކަމަށް ފަތްފުށްތަކުގައި ލިޔެފައިވާ ކަންތައް ކަން އެމީހުން ހަނދާން ވިއެވެ.
ޝަމްއޫނު ޕަތަރަސް ސުވާލު ކުރެއްވިއެވެ. ”މާތް ސާހިބާ، ކަލޭގެފާނު ތިޔަ ވަޑައިގަންނަވަނީ ކޮންތާނކަށްތޯ؟“ ޖަވާބުގައި އީސާގެފާނު ވިދާޅުވިއެވެ. ”މިހާރަކު ކަލެއަކަށް އަހަރެންނާއި އެކު އެތާނކަށް ނާދެވޭނެ. ނަމަވެސް ފަހުން ކަލޭ އަންނާނެ.“
އަސްޙާބީއެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފައި ދޮވެދެއްވުމަށް އީސާގެފާނު އުޅުއްވި ހިނދު އޭނާ ދެންނެވިއެވެ. ”މާތް ސާހިބާ، ކަލޭގެފާނު އަޅުގަނޑުގެ ފައި ދޮވެ ދެއްވަންވީ ކީއްވެތޯ؟“
ނަމަވެސް އަހަރެންގެ ބަދަލުގައި ކަލޭމެންނަށް އެހީތެރިވުމަށް ބައްޕާފުޅު ފޮނުއްވައި ދެއްވާ މާތްރޫޙުފުޅު ކަލޭމެންނަށް ހުރިހާ ކަމެއް ދަސްކޮށްދީ އަހަރެން މި ދަސްކޮށްދިން ކަންތަކުގެ މަތިން ކަލޭމެންގެ ހަނދާންތައް އާކޮށް ދޭނެ.