Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 13:38 - ކިތާބުލް މުޤައްދަސާ

38 އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭ އަހަރެންނަށްޓަކައި މަރުވަން ވެސް ތިހިރީ ތައްޔާރަށް ކަން ހަމަ ޔަޤީންތަ؟ އަހަރެން ބުނަންތަ؟ މިރޭ ފަތިހު ހާ ގޮވުމުގެ ކުރިން ތިން ފަހަރު މަތިން އަހަރެން މިއީ ކަލޭ ދަންނަވެސް މީހެއް ނޫން ކަމުގައި ކަލޭ ބުނާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 13:38
16 ပူးပေါင်းရင်းမြစ်များ  

ބޮޑާކަން ހަލާކުގެ ތެރެއަށް މީހާ ގެންދެއެވެ. ވެއްޓުމުގެ ކުރީން މީހާ ކިބުރުވެރިވެއެވެ.


ތިމާއަށް ފެންނަގޮތް ރަނގަޅުކަމަށް ހީކުރާ މީހާއަކީ މޮޔައެކެވެ. ވިސްނުންތެރިކަމާއެކީ އުޅޭމީހާއަށް ރައްކާތެރިކަން ލިބެއެވެ.


ބޮޑާކަމުން ގެނެސްދޭނީ ފަޟީހަތެވެ. ހިތްތިރި ކަމުން ގެނެސްދޭނީ ޝަރަފެވެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. މިރޭ ފަތިހު ހާ ގޮވުމުގެ ކުރީން އަހަރެންނަކީ ތިބާ ދަންނަ ވެސް މީހެއް ނޫންކަމުގައި ތިން ފަހަރު ތިބާ ބުނާނެ.⁠“


އީސާގެފާނު ޕަތަރަސްއަށް ވިދާޅުވިއެވެ. ”⁠އަހަރެން ބުނަންތަ؟ މިރޭ ފަތިހުގެ ހާ ދެފަހަރަށް ގޮވުމުގެ ކުރިން ތިން ފަހަރަށް އަހަރެންނަކީ ތިބާ ނުދަންނަ މީހެއް ކަމުގައި ބުނާނެ.⁠“


ދެން ޝަމްއޫނު ޖަވާބުގައި ބުންޏެވެ. ”⁠މާތްސާހިބާ. އަޅުގަނޑު ކަލޭގެފާނުގެ އަރިހުގައި ޖަލަށް އަދި ކީއްކުރަން މަރުވުމަށް ވެސް މިހިރީ ތައްޔާރަށް.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ޕަތަރަސް. އަހަރެން ވާހަކައެއް ބުނަން ތަ؟ މި ރޭގެ ފަތިހު ހާ ގޮވުމުގެ ކުރިން ކަލޭ ތިން ފަހަރު މަތިން އަހަރެން މިއީ ނުވެސް ދަންނަ މީހަކު ކަމުގައި ބުނާނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠މިހާރު އެންމެފަހުން ކަލޭމެން ގަބޫލު ކޮށްފިންދޯ؟


އަނެއްކާވެސް އީސާގެފާނު ސުވާލު ކުރެއްވިއެވެ. ”⁠ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟!⁠“ ޕަތަރަސްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެއީ އީސާގެފާނު ތިން ފަހަރަށް އޭނާ ކުރެން މިހެން އެއްސެވީތީއެވެ. ”⁠އާދެ، ސާހިބާ! ސާހިބާއަށް ހުރިހާ ކަމެއް ވެސް އެނގި ވަޑައިގަންނަވާނެ. އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.⁠“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެން ވިއްޔާ އަހަރެންގެ ކަންބަޅި ބަކަރިތައް ގެންގުޅެ ބަލަހައްޓާ!⁠“


ތިން ފަހަރު މަތިން މި ފަދައިން ކަންތައް ވި. ދެން ކުއްލިއަކަށް އެ ސަތަރިގަނޑު އުޑަށް ގެންދެވުނު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ