ޔޫޙަންނާ 13:37 - ކިތާބުލް މުޤައްދަސާ37 ޕަތަރަސް ދެންނެވިއެވެ. ”މާތް ސާހިބާ! މިހާރު އަޅުގަނޑަށް ކަލޭގެފާނާއި އެކު ނުދެވެން ވީ ކީއްވެތޯ؟ އަޅުގަނޑު މިހިރީ ކަލޭގެފާނަށްޓަކައި މަރުވުމަށް ވެސް ތައްޔާރަށް.“ အခန်းကိုကြည့်ပါ။ |
އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ކައި ނިމުމުން އީސާގެފާނު ޝަމްއޫނު ޕަތަރަސް ކުރެން ސުވާލު ކުރެއްވިއެވެ. ”ޔޫޙަންނާގެ ދަރި ޝަމްއޫނު. މިމީހުން އަހަރެން ދެކެ ލޯބިވާވަރަށް ވުރެ ބޮޑަށް ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟“ ޝަމްއޫނު ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”އާދެ ސާހިބާ! އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެންވިއްޔާ ހުއިހައްޕާ މީހަކު ޅަކަންބަޅިތަކެއް ބަލަހައްޓާ ފަދައިން އަހަރެންގެ މީސްތަކުން ބަލަހައްޓާ!“
އަހަރެން މަރާ ދޭތެރެއަކު ޖެހިލުމެއް ނުވަން. އަހަރެންނަށް އެންމެ މުހިންމު ކަމަކީ މާތް ސާހިބު އީސާގެފާނު އަހަރެންނާއި ހަވާލު ކުރެއްވި މަސައްކަތް ފުރިހަމައަށް ކޮށް ނިންމުން. އެ މަސައްކަތަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތުގެ ހެޔޮޚަބަރުފުޅާއި އެކަލާނގެ މަތިވެރި ނިޢުމަތްފުޅުގެ ވާހަކަތައް މީސްތަކުންނަށް އަންގައިދިނުން.