Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 13:36 - ކިތާބުލް މުޤައްދަސާ

36 ޝަމްއޫނު ޕަތަރަސް ސުވާލު ކުރެއްވިއެވެ. ”⁠މާތް ސާހިބާ، ކަލޭގެފާނު ތިޔަ ވަޑައިގަންނަވަނީ ކޮންތާނކަށްތޯ؟⁠“ ޖަވާބުގައި އީސާގެފާނު ވިދާޅުވިއެވެ. ”⁠މިހާރަކު ކަލެއަކަށް އަހަރެންނާއި އެކު އެތާނކަށް ނާދެވޭނެ. ނަމަވެސް ފަހުން ކަލޭ އަންނާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 13:36
8 ပူးပေါင်းရင်းမြစ်များ  

ހަމަ އަހަރެން ބަނީއިސްރާއީލުގެ ވެރިންނަށް ބުނާ ފަދައިން ކަލޭމެންނަށް ވެސް ބުނަން، މަގޭ ދަރިންނޭ! އަހަރެން ދެން މާކަ ގިނަވަގުތަކު ކަލޭމެންނާއި އެއްކަކު ނުވާނެ. ކަލޭމެން އަހަރެން ހޯދާނެ ވެސްމެ. އެކަމަކު އަހަންނެއް ނުފެންނާނެ އަދި އަހަރެން މި ދާތަނަކަށް ކަލޭމެންނަކަށް ނުވެސް އާދެވޭނެ.


އަހަރެންގެ ބައްޕާފުޅުގެ ގޭގައި އެތައް ބައިވަރު ކޮޓަރިތަކެއް ހުރޭ. އަހަރެން މިދަނީ ތިޔައިގެ ތެރެއިން ކޮންމެ މީހަކަށް ތަނެއް ތައްޔާރުކުރުމަށް. މިއީ ތެދެއް ނޫންނަމަ އަހަރެން މިފަދައަކުން ނުބުނީމުސް.


އަސްޙާބީން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އަހަރެން އިރުކޮޅަކުން ކަލޭމެންނަކަށް ނުފެންނާނެއޭ، އަނެއްކާ އިރުކޮޅަކުން ފެންނާނެއޭ، އޭގެ މާނައަކީ އަޅެ ކޮބައިތަ؟ އަހަރެން މިދަނީ ބައްޕާފުޅުގެ ގާތަށޭ، އެވިދާޅުވި ބަހުގެ މާނައަކީ ކޮބައިތަ؟


”⁠ނަމަވެސް މިހާރު އަހަރެން އެނބުރި މިދަނީ އަހަރެން ފޮނުއްވި ފަރާތުގެ އަރިހަށް. އެކަމަކު ތިޔައިގެ ތެރެއިން އެކަކު ވެސް އަހަރެން މިދަނީ ކޮންތާނކަށްތޯ އަހާ މިހާރު ސުވާލެއް ނުކުރި.


ނަމަވެސް އަހަރެންގެ ޙަޔާތުގައި މާގިނަ މުއްދަތެއް ނުވާކަމުގައި މާތްސާހިބާ އީސާ އަލްމަސީޙު އަހަރެންނަށް ދައްކުވައި ދެއްވައިފިއެވެ. އަހަރެންގެ ނިމުން މިވަނީ ވަރަށް ކައިރީގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ