32 އަދި ދަރިކަލުންގެ ސަބަބުން މާތްރަސްކަލާނގެ ނަންފުޅު މަތިވެރިވެ ޖަލާލުވަންތަ ވެގެންދާނެތީ ދާދި އަވަހަށް އެކަލާނގެ އެ ދަރިކަލުންނަށް ޖަލާލުވަންތަ ކަމުގެ މަތިވެރިކަން ދެއްވާފާނެ.
އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އިންސާނާގެ ދަރިކަލުން އެކަލޭގެފާނު މަތިވެރިކަމާއި ޖަލާލަތުކަމަށް އިސްވެ ވަޑައިގަތުމުގެ ވަގުތު ޖެހިއްޖެ.
މި ހުރިހާ ވާހަކަތަކެއް އަސްޙާބީންގެ ގާތުގައި ދައްކަވައި ނިމިވަޑައިގަތުމުން އެކަލޭގެފާނު އުޑާއި ދިމާއަށް ބައްލަވާފައި ދުޢާ ދެންނެވިއެވެ. ”ބައްޕާފުޅާ! ދަރިފުޅުގެ ޖަލާލަތުކަން ފާޅުކުރައްވާ. އެއީ ދަރިފުޅުގެ ފަރާތުން އެ ޖަލާލުވަންތަކަން ފާޅުވެވޭނެ ގޮތް ވުމަށްޓަކާ!
އަލްމަސީޙު މިހާރު ވަޑައިގެން ވަނީ ސުވަރުގޭގައެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި މަތިވެރި ކަމާއެކުގައި ވަޑައިގެން ވެއެވެ. އަދި އެންމެހާ މަލާއިކަތުންނާއި އެންމެހާ ބާރުވެރި ފަރާތްތަކެއްގެ މައްޗަށް ބާރުހިންގުމުގެ ކުޅަދާނަކަން ލިބިގެން ވަނީ އެކަލޭގެފާނަށެވެ.
ސާފު ބިއްލޫރި ފަދައިން އަލިކަން ހުރި ޙަޔާތުގެ ދިރުން ލިބިދޭ ފެންކޯރު އެ މަލާއިކަތާ އަހަރެންނަށް ދެއްކެވިއެވެ. އަދި އެ ކޯރު އައީ މާތްރަސްކަލާނގެ ތަޚުތުކޮޅުންނާއި ޅަކަންބަޅީގެ ފަރާތުންނެވެ.
އަހަރެންނަކީ އަލްފާ އަދި އޮމޭގާ. އަހަރެންނަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވެސްމެ. ހަމައެހެންމެ، ފެށުމާއި ނިމުން ވެސްމެ.“
އެ ސަހަރުގެ މީސްތަކުން ވަނީ މާތްރަސްކަލާނގެ ލަޢުނަތް ލެއްވުމުން ނަޖާ ކުރެވިފައެވެ. އެ ސަހަރުގައި މާތްކަލާނގެ އާއި ޅަކަންބަޅި އެ ފަރާތްތަކުގެ ތަޚުތުކޮޅުގައި އިށީނދެވަޑައިގެން ތިއްބަވާނެއެވެ. އަދި މާތްކަލާނގެ ޚާދިމުން އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރަމުން ގެންދާނެއެވެ.
ނަސްރު ހޯދާ ހުރިހާ އެންމެން އަހަރެންނާއި އެކުގައި ތަޚުތުގައި އިށީނުމުގެ ޙައްޤު ދޭނަން. އެއީ އަހަރެން ވެސް ނަސްރު ހޯދައި އަހަރެންގެ ބައްޕާފުޅުގެ ތަޚުތުގައި އިށީނދެއިން ފަދައިން.