30 ޔުދާސް އެ ބޯ ރޮށިކޮޅު ކާލުމާއި އެކު އެތަނުން ނިކުމެގެން ހިނގައްޖެއެވެ. އޭރު ވަނީ ރޭގަނޑުވެ އަނދިރިވެފައެވެ.
ކުށެއްނެތް މީހަކަށް އަނިޔާއެއް ލަނޑެއް ނުދީ އެމީހުންނަކަށް ތަނެއްގައި ބުރަކަށިވެސް ޖައްސައެއް ނުލެވޭނެއެވެ. އަދި ލޮލުފިޔައެއް ވެސް ނުޖެހޭނެއެވެ.
މިއޮތް ހުރިހާ ދުވަހު ކަލޭމެންގެ ކުރިމަތީ ބައިތުލް މަޤްދިސްގައި އަހަރެން ވީމު. އޭރު ކަލޭމެން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ މިއީ ކަލޭމެންގެ ގަޑި. މިއީ އަނދިރިކަން ވެރިކަން ކުރާ ވަގުތު.“
އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން މި ބޯ ރޮށިކޮޅު ރިހައިގައި ޖައްސާފައި މި ދެނީ އެމީހާއަށް.“ ދެން އީސާގެފާނު ބޯރޮށިކޮޅެއް ރިހައިގައި ޖައްސަވާފައި ސައިމަން އިސްކަރިޔޮތުގެ ދަރި ޔުދާސްއަށް ދެއްވިއެވެ.