ޔޫޙަންނާ 13:3 - ކިތާބުލް މުޤައްދަސާ3 އީސާގެފާނަށް އެކަލޭގެފާނު ވަޑައިގަތީ ވެސް އަދި އެނބުރި ވަޑައިގަންނަވާނީ ވެސް މާތްރަސްކަލާނގެ ޙަޟްރަތަށް ކަން އެނގިވަޑައިގެން ވެއެވެ. އަދި ބައްޕާފުޅު ވަނީ ހުރިހާ ކަމެއްގެ ބާރާއި ހުއްދަ އެކަލޭގެފާނަށް ދެއްވާފައިކަން ވެސް އެކަލޭގެފާނަށް އެނގިވަޑައިގެން ވެއެވެ. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެތަނުގައި ތިބި މީސްތަކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވި. ”އަހަރެންގެ ބައްޕަ ވަނީ ހުރިހާ ކަމެއް އަހަރެންގެ މައްޗަށް ދޫކޮށްލައްވާފަ. ދަރިފުޅަކީ ކާކު ކަމެއް ބައްޕާފުޅަށް ފިޔަވާ އެހެން ފަރާތަކަށް ނޭނގޭނެ. ދަރިފުޅަށް ފިޔަވާ އެހެން މީހަކަށް ބައްޕައަކީ ކާކު ކަމެއް ވެސް ނޭނގޭނެ. ބައްޕަފުޅަކީ ކާކުކަން އެނގޭނީ ހަމައެކަނި ދަރިފުޅު އެކަން އަންގައިދިނުމަށް ކަނޑައަޅާ ބަޔަކަށް.“
އެކަކަށް ވެސް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. އެކަމަކު މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތާއި އެކަލާނގެއާ އެއީ އެއް ފަރާތެކެވެ. އެފަރާތަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ހިތްޕުޅާ ގާތުގައި ވާ ފަރާތެކެވެ. އަހަރެމެންނަށް މާތްރަސްކަލާނގެ އަކީ ކޮބައިކަން ހާމަކޮށް ދެއްވަނީ މި ޚާއްސަ ފަރާތުންނެވެ.
ފަހަނަޅައި ދިއުމުގެ ޢީދު އައުމުގެ ކުރިން އީސާގެފާނަށް އެކަލޭގެފާނު ބައްޕާފުޅު އަރިހަށް ވަޑައިގަންނަވާ ވަގުތު ޖެހިއްޖެކަން އެނގިވަޑައިގެންފިއެވެ. އީސާގެފާނު އެކަލޭގެފާނަށް އީމާންވެގެންވީ މީހުންދެކެ ނުހަނު ބޮޑަށް ލޯބިފުޅުވެއެވެ. އަދި އެންމެ ފަހު ދުވަހާއި ޖެހެންދެން ވެސް އީސާގެފާނު ދުނިޔޭގައިވާ އެކަލޭގެފާނުގެ މީސްތަކުންދެކެ ލޯބިފުޅުވިއެވެ.
އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އަކީ ޙަޤީޤަގަތުގައި ވެސް ކަލޭމެންގެ ބައްޕަ ނަމަ ކަލޭމެން އަހަރެން ދެކެ ލޯބި ވީސް. އެހެނީ އަހަރެން އައިސް މިހިރީ މާތްރަސްކަލާނގެ ފޮނުއްވީމާ. އަހަރެން މިތަނުގައި މިހިރީއަކީ އަހަރެންގެ އަމިއްލަ ޙައިސިއްޔަތަކުންނެއް ނޫން. އަހަރެން ފޮނުއްވާފައި މިވަނީ މާތްރަސްކަލާނގެ ޙަޟްރަތުން.