Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 13:27 - ކިތާބުލް މުޤައްދަސާ

27 ހަމަ އެވަގުތު ޝައިތާނާ ޔުދާސްގެ މައްޗަށް ވެރިވިއެވެ. އީސާގެފާނު ވިދާޅުވިއެވެ. ”⁠ޔުދާސް ކަލޭ ކުރަން ތިޔަ އުޅޭ ކަންތައް ކުރަން އަވަހަށް ދޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 13:27
16 ပူးပေါင်းရင်းမြစ်များ  

އެމީހުންނަކަށް ނުބައި ކަމެއް ކޮށްނުލައެއް ނުތިބެވޭނެއެވެ. އަދި އެމީހުން ބޭނުންވާނީ އަވަސްގޮތަކުން މީހަކު މަރާލުމަށެވެ.


ދެން އެ ނުބައި ރޫޙު ބޭރަށް ގޮސް އެ އެއްޗާއި އެކުގައި އެއަށް ވުރެން ނުބައި އިތުރު ހަތް ރޫޙު ގޮވައިގެން އައިސް އެ ގޭގައި ދިރިއުޅެން ފަށާނެ. އެ ފަދަ މީހާގެ ހާލު އަދި ކުރިޔަށް ވުރެން ނުބައިވާނެ. މި ޒަމާނުގައި ދިރިއުޅޭ ނުބައި މީސްތަކުންގެ މައްޗަށް ވެސް މި އުސޫލުން ކަންތައް ހިނގާނެ.⁠“


އީސާގެފާނު އިބިލީހަށް ވިދާޅުވިއެވެ. ”⁠އަހަރެން ދޫކޮށް މިތަނުން ދުރަށްދޭ ޝައިތާނާ! މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠ހަމައެކަނި އަޅުކަން ކުރަންވާނީ ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެއަށޭ. އަދި ޚިދުމަތް ކުރާން ޖެހޭނީ ވެސް އެކަލާނގެއަށޭ.⁠‘⁠“


އަންހެން ކުއްޖާ އަވަސްކަމާއެކު އައިސް ރަސްގެފާނަށް އެދުނެވެ. ”⁠މިހިނދުން ހިނދަށް އަހަރެން އެދެނީ ޔަޙުޔާގެފާނުގެ ބޯ ތަބަކަކަށް ލައިގެން މިތަނަށް ގެނެސް ދިނުން!⁠“


ދެން ބާރަ އަސްޙާބީންގެ ތެރެއިން އެކަކު ކަމުގައި ހިމެނޭ ޔުދާސް އިސްކަރިޔޮތުގެ ހިތަށް އިބިލީސް ވަސްވާސް ދީ އޭނާގެ މައްޗަށް ވެރިވިއެވެ.


އެރޭ ފަރިއްކޮޅު ފެށުނު ވަގުތު ސައިމަން އިސްކަރިޔޮތުގެ ދަރި ޔުދާސް ލައްވައި އީސާގެފާނަށް ޚިޔާނާތްތެރި ވުމަށް ލަޢުނަތްލެއްވި އިބިލީސް ވަނީ ވަސްވާސް ކޮށްފައެވެ.


އެތާނގައި އީސާގެފާނާއި އެކު ކެއުމުގައި ބައިވެރިވެ ތިބި އެކަކަށް ވެސް އެކަލޭގެފާނުގެ މިބަސްފުޅުގެ މާނައެއް ނުވިސްނުނެވެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ކަލޭމެން ބާރަ މީހުން ހޮވީ ހަމަ އަހަރެންނެއް ނޫންތަ؟ އެކަމަކު ކަލޭމެންގެ ތެރެއިން އެކަކީ ޝައިތާނެއް.⁠“


ޕަތަރަސް ބުންޏެވެ. ”⁠އަނާނިޔާހު އޭ، ކަލޭގެ ހިތަށް ޝައިތާނާ ވެރިވިޔަ ތިޔަ ދިނީ ކީއްވެ؟ ކަލޭގެ ބިން ވިއްކާލާ ލިބުނު ލާރިން ބައެއް ފޮރުވާ މާތްރޫޙުފުޅަށް ތިޔަ ދޮގުހެދީ ކީއްވެ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ