Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 13:26 - ކިތާބުލް މުޤައްދަސާ

26 އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މި ބޯ ރޮށިކޮޅު ރިހައިގައި ޖައްސާފައި މި ދެނީ އެމީހާއަށް.⁠“ ދެން އީސާގެފާނު ބޯރޮށިކޮޅެއް ރިހައިގައި ޖައްސަވާފައި ސައިމަން އިސްކަރިޔޮތުގެ ދަރި ޔުދާސްއަށް ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 13:26
8 ပူးပေါင်းရင်းမြစ်များ  

އީސާގެފާނުގެ ބާރަ އަސްޙާބީންގެ ތެރެއިން ޔުދާސް އިސްކަރިޔޮތު ބޮޑު އިމާމުންގެ ކައިރިއަށް ގޮސް ބުންޏެވެ. ”⁠އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި އަހަރެން ތިޔަބައިމީހުންނަށް އެހީތެރިވެދީފިނަމަ ތިޔަބައިމީހުން އަހަރެންނަށް ކިހާވަރަކަށް ފައިސާ ދޭނަން؟⁠“ އެބައިމީހުން ޔުދާސް އިސްކަރިއޮތަށް ތިރީސް ރިހި ލާރި ދިނެވެ.


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠މި ހިނދު އަހަރެންނާއި އެކުގައި މި ކޭން ކެއުމަށް ބޯތަށީގެ ތެރެއަށް އަތްކޮއްޕި ތިޔަބައިމީހުންގެ ތެރެއިން މީހަކު އަހަރެންނަށް ޚިޔާނާތްތެރިވާނެ.


ނަމަވެސް އަހަރެންނަށް ޚިޔާނާތްތެރި ވާނޭ މީހާގެ އަތް ވެސް އަހަރެންގެ އަތާއި އެކު ހަމަ މި މޭޒުމަތީގައި އެބަވޭ.


ޔުދާސް އެ ބޯ ރޮށިކޮޅު ކާލުމާއި އެކު އެތަނުން ނިކުމެގެން ހިނގައްޖެއެވެ. އޭރު ވަނީ ރޭގަނޑުވެ އަނދިރިވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ