25 ދެން އެ އަސްޙާބީ އީސާގެފާނުގެ ކަންފަތްޕުޅު ދޮށަށް ގުދުވެ ދެންނެވިއެވެ. ”މާތް ސާހިބާ، ތިޔަފަދަ ކަމެއް ކުރާނީ ކާކުތޯ؟“
ޝަމްއޫނު ޕަތަރަސް އެ އަސްޙާބީއަށް އިޝާރާތް ކޮށް، އެފަދަ ނުބައިކަމެއް، އެކަލޭގެފާނަށް ކުރާނީ ކާކުތޯ އެކަލޭގެފާނުގެ ކުރެން އަހައި އޮޅުންފިލުވުމަށް ބުންޏެވެ.
ޕަތަރަސް އެނބުރި ބެލިތަނާ އޭނާއަށް ފެނުނީ އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ އެމީހުންގެ ފަހަތުން އަންނަ ތަނެވެ. އެ އަސްޙާބީއަކީ އެރޭގެ ކެއުމުގެ ވަގުތުގައި އީސާގެފާނުގެ ކަންފަތްޕުޅު ކައިރިއަށް ގުދުވެ ”ސާހިބާ އަޅުގަނޑުމެންގެ ތެރެއިން ކަލޭގެފާނަށް ޚިޔާނާތްތެރިވާނީ ކާކުހޭ“ މިހެން އެހި އަސްޙާބީއެވެ.