Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 13:24 - ކިތާބުލް މުޤައްދަސާ

24 ޝަމްއޫނު ޕަތަރަސް އެ އަސްޙާބީއަށް އިޝާރާތް ކޮށް، އެފަދަ ނުބައިކަމެއް، އެކަލޭގެފާނަށް ކުރާނީ ކާކުތޯ އެކަލޭގެފާނުގެ ކުރެން އަހައި އޮޅުންފިލުވުމަށް ބުންޏެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 13:24
7 ပူးပေါင်းရင်းမြစ်များ  

ޒަކަރިއްޔާ ނުކުތްއިރު އޭނާއަކަށް ވާހަކައެއް ނުދެއްކެއެވެ. އޭނާގެ އަތުން ކުރާ އިޝާރާތްތަކުން އެބައިމީހުންނަށް އެނގުނީ އޭނާ އެތެރޭގައި ވަނިކޮށް މާތްރަސްކަލާނގެ އޭނާއަށް ވަޙީފުޅެއް ފޮނުއްވައިފިކަމެވެ. ނަމަވެސް އޭނާއަށް ވާހަކަ ނުދެއްކޭ ކަމުން މި ވާހަކަތައް އެހެން މީހުންނަކަށް ކިޔައެއް ނުދެވުނެވެ.


މިމީހުން އެމީހުންނާއިއެކު މަހަށް ދިއުމަށް އުޅުނު އަނެއް ދޯނީގެ މީހުންނަށް ގޮވާގެނެސް ދެދޯންޏަށް މަސްތައް އެރުވިއެވެ. މަސްތަކުގެ ގިނަކަމުން ބަރުވެގެން ގޮސް ދެދޯނިމެ ވަނީ ކިރިޔާ ގެނބި ނުގެނބިއެވެ.


އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން އީސާގެފާނު ޚާއްސަކޮށް ލޯބިފުޅުވާ އަސްޙާބީ އެކަލޭގެފާނާއި ވަރަށް ކާރީގައި އިނެވެ.


ދެން އެ އަސްޙާބީ އީސާގެފާނުގެ ކަންފަތްޕުޅު ދޮށަށް ގުދުވެ ދެންނެވިއެވެ. ”⁠މާތް ސާހިބާ، ތިޔަފަދަ ކަމެއް ކުރާނީ ކާކުތޯ؟⁠“


ޕަތަރަސް އެމީހުންނަށް އަޑުގަދަ ނުކުރުމަށް އިޝާރާތް ކުރިއެވެ. ދެން މާތްރަސްކަލާނގެ އޭނާ ޖަލުން ނެރުއްވި ގޮތުގެ ވާހަކަ އެމީހުންނަށް ކިޔާދިނެވެ. ޕަތަރަސް ބުންޏެވެ. ”⁠ޔާމިޒު އާއި އެހެން އެންމެންނަށް ވެސް މި ވާހަކަތައް ކަލޭމެން ކިޔާދޭތި.⁠“ ދެން އޭނާ އެތަނުން އެހެންތާކަށް ދިޔައެވެ.


ދެން ޕައުލް ތެދުވެ އެމީހުންނަށް އަޑު މަޑު ކުރުމަށް އިޝާރާތް ކުރުމަށް ފަހު ވާހަކަދައްކަން ފެށިއެވެ. ”⁠ބަނީއިސްރާއީލުގެ އެންމެހާ މީހުންނާ އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ އެންމެހައި މީސްތަކުންނޭ އަޑުއަހާ.


ދެން ސިފައިންގެ ކޮމާންޑަރު ހުއްދަދެއްވުމުން އެ އިމާރާތަށް އަރަން ހުރި ބޮޑު ސިޑިބަރީގެ މަތީގައި ހުރެ ޕައުލް މީސްތަކުންނަށް އަތުން އިޝާރާތް ކޮށް އަޑުމަޑުކޮށް މައިތިރިވުމަށް އެދުނެވެ. އެމީހުން މައިތިރިވުމުން ޕައުލް އެމީހުންގެ އަމިއްލަ ބަސް ކަމުގައިވާ ޢިބްރާނީ ބަހުން އެމީހުންނާ މުޚާޠަބުކޮށް މި ފަދައިން ވާހަކަދެއްކިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ