Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 13:23 - ކިތާބުލް މުޤައްދަސާ

23 އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން އީސާގެފާނު ޚާއްސަކޮށް ލޯބިފުޅުވާ އަސްޙާބީ އެކަލޭގެފާނާއި ވަރަށް ކާރީގައި އިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 13:23
15 ပူးပေါင်းရင်းမြစ်များ  

ފަގީރު މީހާގެ އަތުގައި އޮތީ އޭނާ ގަނެގެން ގެންގުޅޭ ކުޑަ ޅަ ކަންބަޅިއެއް އެކަނި. ފަގީރު މީހާގެ އެކަންބަޅި އޭނާ ބޮޑުކުރީ އޭނާގެ ދަރިންނެކޭ އެއްފަދައިން. އޭނާ ކާއެއްޗެއް ކާންދީގެން، އޭނާ ބޯ އެއްޗެއް ބޯންދީގެން. އެސޮރު ނިންދަވަނީ އޭނާގެ އުނގުގައި ބާއްވައިގެން. އެ ކަންބަޅި އޭނާގެ އަންހެން ދަރިއެއް ފަދަ.


އެއްދުވަހަކު މިލާޒަރު މަރުވެއްޖެ. ދެން މަލާއިކަތުން އޭނާގެ ފުރާނަ ސުވަރުގެއަށް އިބްރާހީމްގެފާނުގެ އަރިހަށް ގެންދެވި. މި މުއްސަނދި މީހާ ވެސް މަރުވި. އަދި އޭނާގެ ހަށިގަނޑު ވަޅުލެވުނު.


އެކަކަށް ވެސް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. އެކަމަކު މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތާއި އެކަލާނގެއާ އެއީ އެއް ފަރާތެކެވެ. އެފަރާތަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ހިތްޕުޅާ ގާތުގައި ވާ ފަރާތެކެވެ. އަހަރެމެންނަށް މާތްރަސްކަލާނގެ އަކީ ކޮބައިކަން ހާމަކޮށް ދެއްވަނީ މި ޚާއްސަ ފަރާތުންނެވެ.


އެހެން ކަމުން މަރުތާ އާއި މަރިޔަމް މީހަކު ފޮނުވައި އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ! ކަލޭގެފާނު ލޯބިފުޅުވާ ލާޒަރު ވަނީ ވަރަށް ބޮޑަށް ބަލިވެ ހާލެއް ނެތިފަ.⁠“


އެތާނގައި ތިބި މީހުންގެ ތެރޭން ބަޔަކު ބުންޏެވެ. ”⁠އެކަލޭގެފާނު ލާޒަރު ދެކެ ލޯބިފުޅުވާ ވަރު ނިކަން ދެކިބަލަ.⁠“


އީސާގެފާނު މަރުތާއާއި މަރިޔަމްއާއި ލާޒަރު ދެކެ ވަރަށް ބޮޑަށް ލޯބިފުޅުވެއެވެ.


ޝަމްއޫނު ޕަތަރަސް އެ އަސްޙާބީއަށް އިޝާރާތް ކޮށް، އެފަދަ ނުބައިކަމެއް، އެކަލޭގެފާނަށް ކުރާނީ ކާކުތޯ އެކަލޭގެފާނުގެ ކުރެން އަހައި އޮޅުންފިލުވުމަށް ބުންޏެވެ.


ދެން އެ އަސްޙާބީ އީސާގެފާނުގެ ކަންފަތްޕުޅު ދޮށަށް ގުދުވެ ދެންނެވިއެވެ. ”⁠މާތް ސާހިބާ، ތިޔަފަދަ ކަމެއް ކުރާނީ ކާކުތޯ؟⁠“


އެ ހިނދު އީސާގެފާނަށް އެކަލޭގެފާނުގެ މަންމާފުޅާއި އެކަލޭގެފާނު ލޯބިފުޅުވާ އަސްޙާބީ އެތާނގައި ތިއްބެވިތަން ފެނުމުން މަރިޔަމްގެފާނަށް ވިދާޅުވިއެވެ. ”⁠މާތް އަންހެނާ! ތިހިރީކަމަނާގެ ދަރިފުޅު.⁠“


އޭނާ ދުވަމުން ގޮސް ޝަމްއޫނު ޕަތަރަސްއާއި އަދި އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ ހޯދާފައި ބުންޏެވެ. ”⁠އެމީހުން މާތްސާހިބާގެ ހަށިކޮޅު އެތަނުން ގެންގޮއްސި. މިހާރު އެމީހުން އެކަލޭގެފާނުގެ ހަށިކޮޅު ގެންދިޔަ ތަނެއް ވެސް އަހަރެމެންނަކަށް ނޭނގެ.⁠“


ޕަތަރަސް އެނބުރި ބެލިތަނާ އޭނާއަށް ފެނުނީ އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ އެމީހުންގެ ފަހަތުން އަންނަ ތަނެވެ. އެ އަސްޙާބީއަކީ އެރޭގެ ކެއުމުގެ ވަގުތުގައި އީސާގެފާނުގެ ކަންފަތްޕުޅު ކައިރިއަށް ގުދުވެ ”⁠ސާހިބާ އަޅުގަނޑުމެންގެ ތެރެއިން ކަލޭގެފާނަށް ޚިޔާނާތްތެރިވާނީ ކާކުހޭ⁠“ މިހެން އެހި އަސްޙާބީއެވެ.


މިވާހަކަތަކަށް ހެކިދެއްވީ މި ވާހަކަތައް ލިޔުއްވި އަސްޙާބީވެސް މެއެވެ. އޭނާ ދައްކާފައި ހުރި ވާހަކަތަކީ ތެދެއްކަން އަހަރެމެންނަށް ޔަޤީނެވެ.


އެ ހިނދު ޕަތަރަސް ގާތު އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ، ބުންޏެވެ. ”⁠އެއީ މާތް ސާހިބާ!⁠“ ޝަމްއޫނު ޕަތަރަސްއަށް މާތް ސާހިބާއޭ ބުނި އަޑު އިވުނުއިރު އޭނާ ހުރީ ހުސްގަޔާ ކަމަށް ވީތީ އަވަހަށް އެއްޗިހި ލައިގެން މޫދަށް ފުންމާލައި ފަތާފައި އެއްގަމަށް އައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ