Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 13:20 - ކިތާބުލް މުޤައްދަސާ

20 ޔަޤީނުން ވެސް އަހަރެންގެ ފަރާތުން ޚަބަރު ހިފައިގެން އައި މީހާއަށް މަރުޙަބާ ކިޔައިފި ކޮންމެ މީހަކީ އަހަރެންނަށް މަރުޙަބާ ކީ މީހެއް. އަދި އަހަރެންނަށް މަރުޙަބާކީ ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތަށް މަރުޙަބާކީ މީހެއް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 13:20
9 ပူးပေါင်းရင်းမြစ်များ  

ރަސްގެފާނު ޖަވާބުގައި ވިދާޅުވާނެ. ’⁠އަހަރެން މިބުނަނީ ތެދެއް. މީސްތަކުންގެ ތެރޭން އަހަރެންނަށް އިމާންވާ އެންމެ ދެރަ މީހާއާ މެދު އެފަދަ ކަމެއް ކުރިޔަސް އެކަމެއް އެކޮށްދެވުނީ އަހަރެންނަށް.⁠‘


”⁠އަހަންނަށްޓަކާ ތިޔަބައިމީހުން މި ފަދަ ކުއްޖަކަށް މަރުހަބާ ކިޔައިފި ނަމަ އެއީ އަހަންނަށް ކިޔޭ މަރުހަބާއެއް. އަދި ތިޔަބައިމީހުން އަހަރެންނަށް މަރުޙަބާ ކިޔާނަމަ އެއީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ މާތްރަސްކަލާނގެ، މަތިވެރި ބައްޕާފުޅަށް ކިޔޭ މަރުހަބާއެއް ވެސްމެ.⁠“


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ބުނާ ބަހުގެ އަޑު އެހި މީހަކީ އަހަރެންގެ ބަހުގެ ވެސް އަޑުއެހި މީހެއް. ކަލޭމެން ބުނާ ބަހުގެ އަޑު ނޭހި މީހަކީ އަހަރެންގެ ވެސް ބަސް ނޭހި މީހެއް. އަދި އަހަރެންގެ ބަސް ނޭހި މީހަކީ އަހަރެން ފޮނުއްވި ފަރާތުގެ ބަސްފުޅު އަޑު ނޭހި މީހެއް.⁠“


ދެން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެންނަށްޓަކައި މިކުޑަކުއްޖަކާ އާއި މެދު އަޅާލުން ބެހެއްޓި މީހަކު އެއީ އަހަރެން ގަބޫލުކޮށް އަހަރެންނާއި މެދު ވެސް އަޅާލުން ބެހެއްޓި މީހެއް. އަދި އަހަރެން ގަބޫލުކޮށް އަހަންނާއި މެދު އަޅާލި ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތް ގަބޫލުކޮށް އެފަރާތާއި މެދު ވެސް އަޅާލުން ބަހައްޓާ މީހަކު ކަމުގައި ވާނެ. ކަލޭމެންގެ ތެރެއިން އެންމެ ދަށް މީހާއަކީ އެންމެ މަތިވެރި މީހާ.⁠“


އަހަރެން އޭރު ބަލިވެ އުޅުމުގެ ސަބަބުން ކަލޭމެންނަށް އެތައް އުނދަގުލެއް ކުރިމަތިވީ ނަމަވެސް ކަލޭމެން އަހަރެންނަށް ދެރަކޮށްނެއް ނުހިތައެވެ. އަދި އަހަރެން ކަލޭމެންގެ ގާތުން ފޮނުވައެއް ވެސް ނުލައެވެ. އޭގެ ބަދަލުގަ ކަލޭމެން އަހަރެންނަށް ހެޔޮކޮން ހިތައި، ސުވަރުގެއިން ވަޑައިގަތް މަލާއިކަތެއް ފަދައިން ކަންތައް ކުރިއެވެ. އަދި ކޮބައިހެއްޔެވެ؟ ޚުދު އީސާގެފާނަށް ހިތާނެ ފަދައިން ކަލޭމެން އަހަންނަށް ކަމޭހިތި އެވެ.


ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަކީ ތިޔަބައިމީހުންގެ ސާހިބާ ކަމަށް ގަބޫލުކޮށްގެންނެވެ. ވީމާ ތިޔަބައިމީހުން އެގޮތުގެ މަތިން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ކުރިއަށްދާށެވެ.


އެހެންވީމާ، މި އުނގަންނައިދިނުން ތަކާއިމެދު ދެކޮޅުހަދާ މީހަކީ މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ މީހެކެވެ. އެހެނީ މި އުނގަންނައި ދިނުމަކީ އާދައިގެ އިންސާނީ އުނގަންނައި ދިނުމެއް ނޫނެވެ. އެމީހަކު އެދެކޮޅުވެރި ވެގަންނަނީ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި މާތްރަސްކަލާނގެއާ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ