Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 13:18 - ކިތާބުލް މުޤައްދަސާ

18 ”⁠އަހަރެން މި ބަސްތައް މިބުނަނީ ކަލޭމެން އެންމެންނާ ބެހޭގޮތަކުންނެއް ނޫން. ކަލޭމެން އެންމެންނަކީ ވެސް ހަމަ އަހަރެން އަމިއްލައަށް ހޮވި މީހުން. އަހަރެން ކަލޭމެން ރަނގަޅަށް ދަންނަން. ނަމަވެސް ބާވައިލެއްވިގެންވީ ފޮތުގައިވާ ފަދައިން ކަންތައް ވާނެ. އެއީ ލިޔެވިގެންވޭ. ’⁠އަހަރެންނާއި އެކުގައި ކާން އިން މީހާ އަހަރެންނާއި އިދިކޮޅު ވެއްޖެއޭ.⁠‘ އެލިޔެވިގެންވީ ފަދައިން ކަންތައް ވެ ނިމޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 13:18
27 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންގެ ދުޝްމަނަކީ ތިޔަބައިމީހުންގެ އަމިއްލަ އާއިލާގެ މީހުން ކަމުގައިވާނެ.⁠‘


އެބައިމީހުން ކާންފެށި ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުންގެ ތެރެއިން އެކަކު އަހަރެންނަށް ޚިޔާނާތްތެރިވާނެ.⁠“


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠މި ހިނދު އަހަރެންނާއި އެކުގައި މި ކޭން ކެއުމަށް ބޯތަށީގެ ތެރެއަށް އަތްކޮއްޕި ތިޔަބައިމީހުންގެ ތެރެއިން މީހަކު އަހަރެންނަށް ޚިޔާނާތްތެރިވާނެ.


އިރުއޮއްސި ދިޔަ ހިނދު އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއިއެކުގައި އެ ގެއަށް ވަޑައިގެންނެވިއެވެ.


އަދި އެ ހުރިހާ ބޭކަލުން މޭޒުގެ ވަށައިގެން ތިއްބަވާ ފަރީއްކުޅުވަމުން ގެންދެވިއެވެ. އެ ހިނދު އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނަށް އަހަރެން ބުނަންތަ؟ ތިޔަބައިމީހުންގެ ތެރެއިން އަހަރެންނަށް ޚިޔާނާތްތެރިވާނެ ފަރާތް މި ކެއުމުގައި އަހަރެންނާއި އެކު ސުފުރާ ކުރަމުންއެބަދޭ.⁠“


އީސާގެފާނު ޖަވާބުދެއްވިއެވެ. ”⁠އެމީހަކީ ތިޔަ ބާރަ މީހުންގެ ތެރެއިން އެކަކު. އަހަރެންނާއިއެކުގައި މިހާރު ވެސް މިތަށިން ކާތަކެތި ނަގައި ކާން އިން މީހެއް.


ނަމަވެސް އަހަރެންނަށް ޚިޔާނާތްތެރި ވާނޭ މީހާގެ އަތް ވެސް އަހަރެންގެ އަތާއި އެކު ހަމަ މި މޭޒުމަތީގައި އެބަވޭ.


އީސާގެފާނު ވަރަށްބޮޑު ހިތާމަފުޅެއް ލިބިވަޑައިގެން ދެރަފުޅު ވެފައި ހުންނަވާ ހާލުކޮޅުގައި އެމީހުންނަށް މިފަދައިން އެންގެވިއެވެ. ”⁠އަހަރެން ތެދަށް ބުނަންތަ؟ ކަލޭމެންގެ ތެރެއިން އެކަކު އަހަރެންނާއި ދެކޮޅުވެރިވެ ޚިޔާނާތްތެރިވާނެ.⁠“


އެކަލޭގެފާނު މި ވިދާޅުވި ބަސްފުޅު އިވުމުން އެއީ ކާކު ބާ އޭ ހީކޮށް އެމީހުން އެކަކު އަނެކަކާއި ދިމާލަށް ބަލަން ތިބެވުނެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މި ބޯ ރޮށިކޮޅު ރިހައިގައި ޖައްސާފައި މި ދެނީ އެމީހާއަށް.⁠“ ދެން އީސާގެފާނު ބޯރޮށިކޮޅެއް ރިހައިގައި ޖައްސަވާފައި ސައިމަން އިސްކަރިޔޮތުގެ ދަރި ޔުދާސްއަށް ދެއްވިއެވެ.


ކަލޭމެން އަހަރެން ޚިޔާރެއް ނުކުރޭ. ކަލޭމެން ޚިޔާރު ކުރީ އަހަރެން. އަބަދުގެ އަބަދަށް ދެމިހުންނަ ފަދަ މޭވާ ލިބޭނެ މަސައްކަތް ކުރުމަށް ކަލޭމެން ޚިޔާރު ކޮށް ފޮނުވީ އަހަރެން. އެއީ އޭރުން ކަލޭމެން އަހަރެންގެ ނަމުގައި އެދުނު ކޮންމެ ކަމެއް ވެސް އަހަރެންގެ ބައްޕާފުޅު ކަލޭމެންނަށް ފުއްދަވާ ދެއްވާނެ.


ކަލޭމެން ވެސް ތީ ދުނިޔެވީ މީހުން ކަމުގައިވާނަމަ އެ މީހުން ކަލޭމެން ދެކެ ލޯބިވާނެ. އެކަމަކު މިހާރު ކަލޭމެން ތީ އެފަދަ ބައެއް ނޫން. އަހަރެން ޚިޔާރު ކުރީ ކަލޭމެން އެ ދުނިޔެއިން ބޭރަށް ނެރެލުމަށް. ކަލޭމެން ދެކެ އެމީހުން ރުޅި އަންނަނީ އެހެން ވީމާ.


މިހެން ކަންތައް ވުމުގެ ސަބަބުން ބާވައިލެއްވުނު ފޮތްތަކުގައި ލިޔެވިގެންވީ މިބަސްފުޅު ވެސް ތެދަކަށް ވެއްޖެ. އެއީ ލިޔެވިގެންވޭ. ’⁠އެމީހުން އަހަރެންދެކެ ރުޅިއައިސް ނަފްރަތުކުރީ އެއްވެސް ސަބަބަކާއި ނުލައޭ.⁠‘


އަޅުގަނޑު އެމީހުންގެ މެދުގައި ހުރި އިރު އިނބަރަސްކަލާނގެ ނަންފުޅުގެ ބާރުފުޅުގައި އަޅުގަނޑު އެމީހުންނަށް ރައްކާތެރިކަން ދިނިން. އެ ނަންފުޅަކީ އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ނަންފުޅު. ގެއްލި ދިއުމަށް މިންވަރުގައި ވީ މީހާ ނޫން އެންމެން އަޅުގަނޑު ރައްކާތެރި ކޮށް ދިނިން. ގެއްލިދިޔަ މީހާ އެ ގެއްލުނީ ލިޔެވިގެންވީ ގޮތަށް ކަންތައްވެ ނިމި ދިއުމަށް.


މިފަދައިން ކަންތައްތައް ވުމުގެ ސަބަބުން އީސާގެފާނު އެކަލޭގެފާނު އަވަހާރަވެދާނެ ކަމަށް ވިދާޅުވި ގޮތަށް އެކަންތައްވެ ފުރިހަމަވެގެން ދިޔައެވެ.


އެހެން ކަމުން އެމީހުން ބުންޏެވެ. ”⁠މިފަދަ އެއްޗެއް އިރާލައިގެން ބަހާނެ ކަމެއް ނެތް. މި ލިބެނީ ކާކަށްތޯ ބަލަން އޭގެ މައްޗަށް ގުރުއަތުލާން ހިނގާ.⁠“ މިހެން ކަންތައް ވުމުގެ ސަބަބުން ބާވައިލެއްވުނު ފޮތުގައި ޣައިބުގައި ލިޔެވިގެންވީ ބަސްފުޅުތައް ތެދަކަށް ވިއެވެ. އެހެނީ މިފަދައިން ލިޔެވިގެންވެއެވެ. ”⁠އަހަރެންގެ އަންނައުނު އެމީހުން އެކަކު އަނެކަކަށް ބަހާލިއެވެ. އަދި އަހަރެންގެ ގައިގައި ވީ ރިދާކޮޅު ލިބޭނެ މީހަކު ބެލުމަށް އެމީހުން ގުރުއަތުލިއެވެ.⁠“ އެމީހުން އެފަދައިން ކަންތައްކުރި އިރު،


މި ކަންތައްތައް މިހެންވެ ދިޔައީ ވެސް ބާވައިލެއްވުނު ފޮތްތަކުގައި ލިޔެވިގެންވީ ބަސްފުޅު ފުރިހަމަވުމުގެ ގޮތުންނެވެ. އެހެނީ ލިޔެވިގެންވީ މިފަދައިންނެވެ: ”⁠އެކަލޭގެފާނުގެ ހަށިކޮޅުގެ އެންމެ ކައްޓެއް ވެސް ނުބިނދޭނެއެވެ.⁠“


އަނެއްކާވެސް އީސާގެފާނު ސުވާލު ކުރެއްވިއެވެ. ”⁠ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟!⁠“ ޕަތަރަސްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެއީ އީސާގެފާނު ތިން ފަހަރަށް އޭނާ ކުރެން މިހެން އެއްސެވީތީއެވެ. ”⁠އާދެ، ސާހިބާ! ސާހިބާއަށް ހުރިހާ ކަމެއް ވެސް އެނގި ވަޑައިގަންނަވާނެ. އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.⁠“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެން ވިއްޔާ އަހަރެންގެ ކަންބަޅި ބަކަރިތައް ގެންގުޅެ ބަލަހައްޓާ!⁠“


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ކަލޭމެން ބާރަ މީހުން ހޮވީ ހަމަ އަހަރެންނެއް ނޫންތަ؟ އެކަމަކު ކަލޭމެންގެ ތެރެއިން އެކަކީ ޝައިތާނެއް.⁠“


”⁠އަޚުންނާއި އުޚުތުންނޭ. އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި ބައިތުލް މަޤްދިސްގެ ސިފައިންނަށް އެހީވެދިން ޔުދާސް އާއި މެދު ބާވައިލެއްވިގެންވީ ފޮތްތަކުގައި ލިޔެވިގެންވީ ފަދައިން ކަންތައް ހިނގާ ނިމިއްޖެ. މި ކަންތައް ވާނެ ގޮތް މާތްރޫޙުފުޅު ދާއޫދުގެފާނު މެދުވެރިކޮށް ވަނީ އަންގަވާފަ. ޔުދާސް އަކީ އަހަރެމެންގެ ތެރެއިން ހިމެނުނު އަހަރެމެންނާއި އެކު ހުރިހާ ކަމެއްގައި އުޅުނު އެކަކު. ނަމަވެސް އޭނާ އީސާގެފާނު ހައްޔަރު ކުރުމަށް އައި މީހުންނަށް މަގުދެއްކި.⁠“


ކާއިނާތުގައިވާ އެކައްޗެއް ވެސް މާތްރަސްކަލާނގެއަށް ފޮރުވިގެންނެއް ނުވެއެވެ. އެކަލާނގެ ލޯފުޅުގެ ކުރިމަތީގައި ހުރިހާ ތަކެއްޗެއް ވެސް ވަނީ އަމަށުން ހާމަވެފައެވެ. އަހަރެމެންގެ ހުރިހާ ހިސާބުތަކެއް ހުށަހެޅޭނީ އެކަލާނގެ ޙަޟްރަތަށެވެ.


އަހަރެން އެ އަންހެނާގެ ދަރިން ނެތިކޮއްލާނަން. އެގޮތުން އެންމެހާ މަސީޙީ ޖަމާޢަތްތަކުގެ މީހުން އެބައިމީހުންގެ ވިސްނުމާއި އަދި އެބައިމީހުންގެ އެދުން ހުރިގޮތް އަހަރެންނަށް އެނގިގެންވާކަން ދަންނާނެ. އަދި ތިޔަބައިމީހުން ކުރި ޢަމަލަކަށް ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަށީގެންވާ ޖަޒާ އަހަރެން ދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ