Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 13:13 - ކިތާބުލް މުޤައްދަސާ

13 ކަލޭމެން އަހަރެންނަށް މާތް ސާހިބާއޭ އެދުރުކަލޭގެފާނުއޭ ބުނެ މުޚާތަބު ކުރޭ. ކަލޭމެން އަހަރެންނަށް އެފަދައިން މުޚާތަބު ކުރިޔަސް އެންމެ ރަނގަޅު، އެއީ ތެދެއްމެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 13:13
18 ပူးပေါင်းရင်းမြစ်များ  

އެހެނީ އިންސާނާގެ ދަރިކަލުން ވެސް އައީ މީސްތަކުންގެ ޚިދުމަތް ލިބިގަތުމަކަށް ނޫން. އޭނާ އައީ މީސްތަކުންނަށް ޚިދުމަތް ކޮށް އަދި އޭނާގެ ފުރާނަވެސް މީސްތަކުން ދިންނަވާނެ ކައްފާރާ އެއްގެ ގޮތުގައި ދިނުމަށް.⁠“


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ކަލޭ ޖަވާބު ތިޔަ ދިނީ ވަރަށް ރަނގަޅަށް. ތިޔަ ބުނި މަގުން ކަންތައް ކުރޭ. އެއިރުން ކަލެއަށް ނިމުންނުވާ ޙަޔާތް ލިބޭނެ.⁠“


”⁠ކަލޭމެން އަހަންނަށް މާތްސާހިބާއޭ ކިޔާ މުޚާޠަބު ކުރޭ. ވީއިރު ކަލޭމެން އަހަރެން ބުނާ ބަހަށް އަމަލު ނުކުރަނީ ކީއްވެ؟


ޝަމްއޫނު ޖަވާބުދިނެވެ. ”⁠އަޅުގަނޑަށް ހީވަނީ އޭގެތެރެއިން ބޮޑަށް ދަރާ އޮތް މީހާ ހެން.⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭތިޔަ އިންސާފުކުރީ ރަނގަޅަށް.⁠“


މަރުތާ މިހެން ބުނުމަށް ފަހު އެނބުރި ގޮސް އޭނާގެ ކޮއްކޮ މަރިޔަމް ގާތު އެކަހެރިކޮށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު ވަޑައިގެންފި. އެކަލޭގެފާނު ކަލޭ ދުށުމަށް އެދިވަޑައިގަންނަވާ.⁠“


އެހެން ކަމުން މަރުތާ އާއި މަރިޔަމް މީހަކު ފޮނުވައި އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ! ކަލޭގެފާނު ލޯބިފުޅުވާ ލާޒަރު ވަނީ ވަރަށް ބޮޑަށް ބަލިވެ ހާލެއް ނެތިފަ.⁠“


ހަމަ މިގޮތުގެމަތިން ސާހިބުންނޭވެ. ތިޔަބައިމީހުންގެ އަޅު ނޯކަރުންނާއިމެދު މި އުސޫލުން އަމަލުތައް ބަހައްޓާށެވެ. އެ ނޯކަރުންނަށް ބިރު ނުދައްކާށެވެ. ހަނދާންކުރާންވީ، އަޅުންނާއި ސާހިބުންގެ ވެސް ވެރިފަރާތަކީ އުޑުގައިވާ ސާހިބާ ކަމެވެ. އަދި އެކަލޭގެފާނީ ވަކި މީހަކަށް ތަފާތު ކުރެއްވުމެއްނެތި އިންސާފު ކުރައްވާނެ ފަރާތެވެ.


އަދި ހުރިހާ އެންމެން އަލްމަސީޙު އީސާ އަލްމަސީޙަކީ މާތްސާހިބާ ކަމުގައި އެއްބަސްވުމުގެ އިތުރުން ބައްޕާފުޅު، މާތްރަސްކަލާނގެ މަތިވެރިކަމާމެދު ޙަމްދާއި ސަނާ ކިޔާނެއެވެ.


އެ ހުރިހާ އެއްޗަކީ ވެސް އަހަރެންގެ މާތްސާހިބާ އީސާ އަލްމަސީޙު ދެނެގަތުމުގައި ވާ މިންނުކުރެވޭ އަގާ އަޅާ ބަލާއިރު އެއްވެސް އަގެއް ނެތް ތަކެއްޗެވެ. އެކަލޭގެފާނަށްޓަކައި އަހަރެން އެ ހުރިހާ ތަކެއްޗެއް ގެއްލުވާލީމެވެ. އެ ހުރިހާ ތަކެއްޗަކީ ކުނިބުނި ކަމަށް ހިމެނީމެވެ. އެއީ އަހަރެން އަލްމަސީޙާއި އެކުގައިވުން ލިބިގަތުމަށެވެ.


ވޮޑިގެންވަނީ އެންމެ ކަލާނގެ އެއްކަމުގައި ތިބާ ގަބޫލުކުރަމުހޭ؟ އެންމެ ރަނގަޅު! ހަމައެކަނި ވޮޑިގެންވަނީ އެންމެ ކަލާނގެއެއް ކަމާއިމެދުގައި ޖިންނި ޝައިތާނުން ވެސް ގަބޫލު ކުރޭ. އަދި އެތަކެތި ބިރުން ފިތްކަނޑައިގެން ގޮސް ތުރުތުރު އަޅާ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ