Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 13:10 - ކިތާބުލް މުޤައްދަސާ

10 އީސާގެފާނު ވިދާޅުވިއެވެ. ”⁠ރަނގަޅަށް ފެންވަރައިގެން ހުރި މީހަކު ސާފުވުމަށް ފައިތިލަ ފިޔަވާ އެހެން ތަނެއް ދޮންނާކަށް ނުޖެހޭ. ކަލޭމެން ތިޔަވަނީ އެފަދައިން ސާފުވެފައި. ނަމަވެސް ކަލޭމެން އެންމެން ވަނީ އެފަދައަކުންނެއް ނޫން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 13:10
23 ပူးပေါင်းရင်းမြစ်များ  

އަޅަމެންނާއިމެދު ނުބައިކޮށް އަމަލުކުރާ ފަރާތްތަކަށް އަޅަމެން މަޢާފްދޭ ފަދައިން އަޅަމެންގެ ފާފަތައް ވެސް އިނބަރަސްކަލާނގެ ފުއްސަވާފާނދޭވެ!


”⁠އަހަރެން މި ބަސްތައް މިބުނަނީ ކަލޭމެން އެންމެންނާ ބެހޭގޮތަކުންނެއް ނޫން. ކަލޭމެން އެންމެންނަކީ ވެސް ހަމަ އަހަރެން އަމިއްލައަށް ހޮވި މީހުން. އަހަރެން ކަލޭމެން ރަނގަޅަށް ދަންނަން. ނަމަވެސް ބާވައިލެއްވިގެންވީ ފޮތުގައިވާ ފަދައިން ކަންތައް ވާނެ. އެއީ ލިޔެވިގެންވޭ. ’⁠އަހަރެންނާއި އެކުގައި ކާން އިން މީހާ އަހަރެންނާއި އިދިކޮޅު ވެއްޖެއޭ.⁠‘ އެލިޔެވިގެންވީ ފަދައިން ކަންތައް ވެ ނިމޭނެ.


ދެން ޝަމްއޫނު ޕަތަރަސް ދެންނެވިއެވެ. ”⁠ސާހިބާ އެހެން ވިއްޔާ އަޅުގަނޑުގެ ފައި އެކައްޏެއް ނޫން އަޅުގަނޑުގެ އަތްތިލައާއި ބޯ ވެސް ދޮވެދެއްވާ.⁠“


އަހަރެން ކަލޭމެންނަށް އަންގައިދިން ބަސްތަކުގެ ސަބަބުން ކަލޭމެން ތިޔަ ވަނީ އެފަދަ ގޮފިތަކެއް ފަދައިން ކޮށައި ސާފުކުރެވިފައި.


މާތްރަސްކަލާނގެއީ އަހަރެމެންގެ ފުރާނައިގެ ހިތްހަމަޖެހުމުގެ ވަސީލަތް ކަމަށްވާ ކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުން ފުރިހަމައަށް ތާހިރުކޮށް ދެއްވާށިއެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމަށް ދާންދެން ތިޔަބައިމީހުން މުޅި ރޫޙާއި ފުރާނަ އަދި ޖިސްމު ފުރިހަމައަށް ރައްކާތެރި ކުރެވި ބަދުނާމުތަކުން އެއްކިބާ ކުރައްވާށިއެވެ.


އަހަރެމެންގެ ކެއުމާއި ބުއިމާއި އަދި އަހަރެމެން ތާހިރުވެގަތުމަށް ބާއްވާ އެކިއެކި މުނާސަބާތަކާއި އަދި މާއްދީ ގޮތުން ފާހަގަކޮށް އުޅޭ ބޭރުފުށުގެ ޤާނޫނުތަކަކީ އެއަށް ވުރެން ރަނގަޅު ގޮތެއް އަންނަންދެން ކުރަމުން ގެންދިޔަ ކަންކަމެވެ.


އަހަރެމެން ހުރިހާ އެންމެންނަށް ގިނަފަހަރަށް ކުށަށް އަރައިގަނެވެއެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން ދޫ ރައްކާތެރި ކުރާ މީހާއަކީ ފުރިހަމަ ގޮތުގައި އޭނާގެ އަމިއްލަ ނަފްސު މައްޗަށް ބާރު ފޯރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ