Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 12:9 - ކިތާބުލް މުޤައްދަސާ

9 އީސާގެފާނު އެތަނަށް ވަޑައިގެންނެވި ޚަބަރު ލިބުމުން ވަރަށް ގިނަ ބަޔަކު އެކަލޭގެފާނާއި، އަދި އެކަލޭގެފާނު އަލުން ދިރުއްވި ލާޒަރު ދެކެން އެގެއަށް އެއްވެފައިވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 12:9
8 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނު އެކަލޭގެފާނަށް މުޚާތަބު ކުރައްވަނީ ’⁠މާތްސާހިބާ⁠‘ ގެ ނަންފުޅުގަ. އެހެންވީމާ، އެކަލޭގެފާނު ދާއޫދުގެފާނުގެ ދަރިކަލަކަށް ވާނީ ކިހިނެއް؟⁠“ ގިނަ ޢަދަދެއްގެ މީސްތަކުން އީސާގެފާނުގެ އުނގަންނަވައިދެއްވުން އުފަލާއެކު އަޑުއަހަމުން ގެންދިޔައެވެ.


ފަހަނަޅައި ދިއުމުގެ ޢީދުގެ ހަ ދުވަސް ކުރިން އީސާގެފާނު ލާޒަރު އަލުން ދިރުއްވި ރަށްކަމުގައިވާ ބެތާނިޔާއަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ.


ދެން ބޮޑު އިމާމުން ނިންމީ ލާޒަރު ވެސް މަރާލުމަށެވެ.


އަނެއްދުވަހު އީސާގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވާ ޚަބަރު އެރަށުގައި ފެތުރުނެވެ. ދެން ފަހަނަޅައި ދިއުމުގެ ޢީދު ފާހަގަ ކުރުމަށް އެރަށަށް އެއްވެފައިތިބި މީސްތަކުންގެ ތެރެއިން އެތައް ބައިވަރު ބަޔަކު އެކަލޭގެފާނަށް މަރުޙަބާ ކިޔުމުގެ ގޮތުން ކަދުރު ރުކުގެ ރޯފަން ހިފައިގެން އެކަލޭގެފާނު ވަޑައިގެންނެވި މަގަށް ދިޔައެވެ. އަދި މިފަދައިން ކިޔާ ގޮވަމުން ދިޔައެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާ ސަނާހުރި. އެކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ފަރާތަށް އެކަލާނގެ ބަރަކާތް ލިބިގެންވޭ. ބަނީއިސްރާއީލުގެ ރަސްގެފާނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާށި.⁠“


އެބައިގަނޑުގެ ތެރޭގައި ތިބި މީސްތަކުންގެ ތެރެއިން އީސާގެފާނު ލާޒަރު އަލުން ދިރުއްވިތަން ދުށް މީހުން އެތާނގައި ތިބި އެންމެން ގާތު އެވާހަކަތައް ކިޔާދެމުން ދިޔައެވެ.


އެކަމަކު މި ވެދިޔަ ކަންތައްތަކަކީ ދޮގެއް ކަމަކަށް ވެސް އެމީހުންނަކަށް ބުނެވޭކަށް ނެތެވެ. އެއީ އެ ވާވެފައި ވީ މީހާ މުޅިން ރަނގަޅު ވެ އެހެރީ އެމީހުންގެ ކުރިމަތީ ކޮޅަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ