Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 12:6 - ކިތާބުލް މުޤައްދަސާ

6 ޔުދާސް މިހެން ބުނީ އޭނާ ކޮންމެހެން ފަޤީރުންނާއި ދޭތެރޭ އަޅާލާތީއަކީ ނޫނެވެ. އޭނާއަކީ ވަގެއް ވީމައެވެ. އަސްޙާބީންގެ ފައިސާގެ ކަންތައް ބެލެހެއްޓުމާއި ހަވާލުވެގެން ހުންނަ އިރު އޭނާ އެ ފައިސާއިން ވަނީ ވައްކަން ކޮށް ހަދައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 12:6
19 ပူးပေါင်းရင်းမြစ်များ  

ޞާލިޙު މީހާ ފަޤީރުންގެ ޙައްޤުތައް ރައްކާތެރި ކުރެއެވެ. ނުލަފާ މީހާ އެމީހުންނާ އަޅައެއް ނުލައެވެ.


އަދި އެތަނުގައި ތިބި ހުރިހާ އެންމެންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ބާވައިލެއްވި ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ، ’⁠ތިމަންކަލާނގެ ގެކޮޅަކީ އަޅުކަން ކުރުމަށް ޓަކައި ބިނާކުރެވިފައިވާ މުޤައްދަސް ބިނާއެއް⁠‘ ކަމުގައި. ނަމަވެސް ކަލޭމެން ވަގުންގެ ޖަގަހައަކަށް މިތަން ހަދައިފި!⁠“


އެކަލޭގެފާނާއި އެކު އެދަތުރުގައި ވަޑައިގެންނެވި އަނެއް އަންހެނަކީ ހެރޮދު ރަސްގެފާނުގެ ގަނޑުވަރުގެ ހުރިހާ ކަންތައް ބަލަހައްޓާ މީހާ ކަމުގައި ވީ ޗުޒާގެ އަންހެނުން ޔޮއަންނާއެވެ. އަދި ސުޒަންނާ އޭ ކިޔުނު އަންހެނަކާ އެހެން ވެސް އިތުރު މީހުން އެކަލޭގެފާނާއި އެކު ވިއެވެ. މިއަންހެނުން އެމީހުންގެ އަމިއްލަ އެއްޗިއްސާ ފައިސާއިން އީސާގެފާނަށާއި އެދަތުރުގައި ހިމެނުނު މީހުންނަށް އެހީވެދިނެވެ.


އަގު ދީފައި ބަހައްޓާފައި ހުންނަ މީހާ ދުވެ ފިލާނީ. އެއީ އޭނާއަކީ ހަމަ އެކަނި އޭނާއަށް ލިބޭ މުސާރައަށްޓަކައި މަސައްކަތް ކުރާ މީހެއް ކަމުން. އެއީ އެކަންބަޅިތަކުގެ މައްޗަށް އޭނާގެ ހިތުގައި އެއްވެސް ރަޙުމެއް ނުވާތީ.


”⁠ތިޔަ އަގުބޮޑު އަތަރުފުޅި ތިން ސަތޭކަ ދީނާރަށް ވިއްކާފައި އެލާރި ފަގީރުންނަށް ނުދިނީ ކީއްވެ؟⁠“


އެއްބަޔަކު ހީކުރީ ޔުދާސް އަކީ ފައިސާގެ ކަންތައްތަކާއި ހަވާލުވެގެން ހުންނަ މީހާ ކަމުން އެ ޢީދުގެ ކަންތައްތަކަށް ބޭނުންވާ އެއްޗެއް ގަތުމަށް އޭނާ ގާތު އީސާގެފާނު ވިދާޅުވީ ކަމުގައެވެ. އަދި އަނެއް ބަޔަކު ހީކުރީ އީސާގެފާނު ޔުދާސް ގާތު ފަގީރުންނަށް ކޮންމެވެސް ވަރަކަށް ލާރިދިނުމަށް ވިދާޅުވީ ކަމުގައެވެ.


އެމީހުން އެދުނީ އެމީހުން ފަގީރުންނަށް އެހީވާ ފަދައިން އަހަރެމެން ވެސް ފަގީރުންނަށް އެހީވުމަށެވެ. އެކަންތައް އެފަދައިން ކުރުމަށް އަހަރެން ވެސް ހުރީ އެދިގެންނެވެ.


އަދި ކޮންމެ ހިތްނުބައި ކަމަކުން ދުރުހެލިވެ ތިބޭށެވެ.


މިސާލަކަށް މޮޅުހެދުމެއްގައި އަގުބޮޑެތި ގަހަނާ އަޅައިގެން މުއްސަންޖަކު ކަލޭމެންގެ ޖަމާޢަތަށް އައެވެ. އަދި ބާވެ ހަސްފަސްނެތި ގަނޑުބެއްދި އަޅައިފައިވާ ހެދުމެއްގައި ފަޤީރަކު ވެސް އައެވެ.


ނަމަވެސް ފަގީރުންނާއިމެދު ކަލޭމެން ފުރައްސާރަ ކުރީމުއެވެ! އެހެނީ ދުނިޔަވީ މުއްސަނދިން އެބައިމީހުންގެ ބާރުގެ ދަށުގައި ކަލޭމެން ގެންގުޅެފައި ނުވޭހެއްޔެވެ؟ އެ މުއްސަނދިން ކަލޭމެން ޝަރުޢީ މަޙްކަމާތަކަށް ދަމާކޫއްތާފައި ނުގެންދޭހެއްޔެވެ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ