Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 12:5 - ކިތާބުލް މުޤައްދަސާ

5 ”⁠ތިޔަ އަގުބޮޑު އަތަރުފުޅި ތިން ސަތޭކަ ދީނާރަށް ވިއްކާފައި އެލާރި ފަގީރުންނަށް ނުދިނީ ކީއްވެ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 12:5
16 ပူးပေါင်းရင်းမြစ်များ  

އެކަމަކު ފިރުޢައުނު ކޯފާވެފައި ވިދާޅުވިއެވެ. ”⁠ކަލޭމެން ހަމަ ކަންނެތީ! ކަލޭމެންނަކީ ހަމަ ބަރުހެލި ބައިގަނޑެއް! އެހެންވެ، ކަލޭމެން އައިސް މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ފޮނުވައިދޭށޭ ކިޔައިގެން މަގޭ ގާތަށް ތިޔަ އަންނަނީ.


އެކަމަކު އެމީހުން މީގެ ކުރިން ވެސް ގާއަޅާ އަދަދަށް ގާ އަޅަން ޖައްސާ. އެންމެ ގަލެއް ވެސް މަދު ވިޔަ ދީގެން ނުވާނެ. އެމީހުން އަހަރެންގެ ގާތަށް އައިސް އެމީހުންގެ އިލާހަށް ޤުރުބާނީ ވެދުން ކުރަން ފޮނުވައިދޭށޭ އެކިޔަނީ އެމީހުން ކުރާނެ މަސައްކަތެއް ނެތިފައި ތިބީމާ!


އެއަށް ފަހުން، އެ ޚާދިމަށް ސަތޭކަ ރިހި ލާރި ދޭންއޮތް އެހެން ޚާދިމަކާއި ދިމާވި. އަދި އެ ޚާދިމުގެ ކަރުގައި ހިފާފައި އޭނާ ބުނި. ’⁠ކަލޭ އަހަރެންނަށް ދަރާފައިވާ ދަރަނި ހަމަ މިހާރު އަދާކުރޭ!⁠‘


ބިމުގެ ވެރިޔާ އެ މަސައްކަތްތެރިންނަށް ދުވަހުގެ އުޖޫރައަށް ދީނާރެއް ދިނުމަށް އެއްބަސްވި. އެއަށް ފަހު އޭނާގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުމަށް މަސައްކަތްތެރިން ފޮނުވި.


ކަލޭމެންގެ މުދާތައް ވިއްކާލާފައި އެ ލާރި ފަގީރުންނަށް ދީ. ކަލޭމެންނައްޓަކާ ބާވެ ހަލާކުވެގެން ނުދާ ފަދަ ފައިސާ ދަބަސްތައް ތައްޔާރު ކުރޭ. ކަލޭމެންގެ ޚަޒާނާތައް ސުވަރުގޭގައި ތައްޔާރު ކުރޭ. އެތާނގައި ވާ ޚަޒާނާއެއް ދުވަހަކު ވެސް ހުހެއް ނުވާނެ. އެއީ އެތާނގައި ވާ ޚަޒާނާއެއް ކޮނެގެންނެއް ނުނެގޭނެ. އަދި އެއްވެސް ވަގަކަށް ވެސް އެޚަޒާނާ އަކާއި ކައިރިއެއް ނުވެވޭނެ. އަދި އެއްވެސް ފަންޏަކަށް ވެސް އެޚަޒާނާއެއް ނުކެވޭނެ.


އޭނާގެ މިޖަވާބު އިވިވަޑައިގެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެން ނަމަވެސް އަދި ކަލެއަށް ނުކުރެވި އޮތް އެއްކަމެއް އެބަ އޮތް. ކަލޭގެ އަތުގައި ވާނަމަ ވާހާ މުދަލެއް ވިއްކާލާ އެލާރި ފަގީރުންނަށް ދީ. އޭރުން ސުވަރުގޭގައި ކަލެއަށްޓަކައި ޚަޒާނާއެއް ވާނެ. ދެން އެއަށް ފަހު އަހަރެންނާއި އެކު ދާން އާދޭ.⁠“


ކަލޭމެން އަނެކާގެ ލޮލުގައި އިން ކުނޑިކޮޅެއް ފެނިގެން އެއާމެދު ކަންބޮޑުވާ އިރު ކަލޭގެ އަމިއްލަ ލޮލުގައި އޮތް ބޮޑު ވަކަރުގަނޑާ ދޭތެރޭ ކަންބޮޑު ނުވަނީ ކީއްވެ؟


އީސާގެފާނުގެ އަސްޙާބީއެއް ކަމުގައިވާ ޔުދާސް އިސްކަރިޔޮތު ވެސް އެތާނގައި ހުއްޓެވެ. މިނާއަކީ ފަހުން އީސާގެފާނަށް ޚިޔާނާތްތެރިވި މީހާއެވެ. އޭނާ ބުންޏެވެ.


ޔުދާސް މިހެން ބުނީ އޭނާ ކޮންމެހެން ފަޤީރުންނާއި ދޭތެރޭ އަޅާލާތީއަކީ ނޫނެވެ. އޭނާއަކީ ވަގެއް ވީމައެވެ. އަސްޙާބީންގެ ފައިސާގެ ކަންތައް ބެލެހެއްޓުމާއި ހަވާލުވެގެން ހުންނަ އިރު އޭނާ އެ ފައިސާއިން ވަނީ ވައްކަން ކޮށް ހަދައެވެ.


އެއްބަޔަކު ހީކުރީ ޔުދާސް އަކީ ފައިސާގެ ކަންތައްތަކާއި ހަވާލުވެގެން ހުންނަ މީހާ ކަމުން އެ ޢީދުގެ ކަންތައްތަކަށް ބޭނުންވާ އެއްޗެއް ގަތުމަށް އޭނާ ގާތު އީސާގެފާނު ވިދާޅުވީ ކަމުގައެވެ. އަދި އަނެއް ބަޔަކު ހީކުރީ އީސާގެފާނު ޔުދާސް ގާތު ފަގީރުންނަށް ކޮންމެވެސް ވަރަކަށް ލާރިދިނުމަށް ވިދާޅުވީ ކަމުގައެވެ.


ފިލިޕު ދެންނެވިއެވެ. ”⁠މި އެންމެންގެ ތެރެއިން ކޮންމެ މީހަކަށް އެންމެ ސުވާއެއް ވާ ވަރަށް ކާއެއްޗެހި ގަންނަހާ ލާރި ހޯދަން ވެސް މީހަކު އަށްމަސް ދުވަހު މަސައްކަތް ކުރަން ޖެހޭނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ