Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 12:46 - ކިތާބުލް މުޤައްދަސާ

46 އަހަރެން މިއީ ދުނިޔެއަށް ފޮނުއްވުނު އަލިކަން. އަހަރެން ގަބޫލު ކޮށް އީމާންވެއްޖެ އެއްވެސް މީހަކު އަނދިރިކަމުގެ ތެރެއަކު ނުވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 12:46
19 ပူးပေါင်းရင်းမြစ်များ  

އެތަނުގައި އަނދިރީގައި ދިރިއުޅެމުންދާ މީހުންނަށް ގަދަފަދަ އަލިކަމެއް ފެނިއްޖެއޭ! މަރުގެ ހިޔަނީގެ ތެރޭގައި ތިބި މީހުންގެ މައްޗަށް އަލިނޫރު ދިއްލިއްޖެއޭ!


އިނބަރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ ކަލޭގެފާނު ކަމުގައިވާ އަލްމަސީޙު މެދުވެރިކޮށް ދުނިޔޭގެ ޤައުމުތަކުގެ މީސްތަކުންނަށް އިނބަރަސްކަލާނގެ އަކީ ކޮބައިކަން ހާމަ ކުރައްވާނެ. އަލްމަސީޙުގެ ސަބަބުން ބަނީއިސްރާއީލު މީހުންނަށް އިނބަރަސްކަލާނގެ މަތިވެރިކަން ފެންނާނެ.⁠“


އެންމެންނަށް އަލިކަން ދެއްވާނެ ފަރާތް ކަމަށްވާ އަސްލު އަލިކަމުގެ ވެރިޔާ އޭރު ވަނީ ވަޑައިގަންނަވަން ކައިރިވެފައެވެ.


އެމީހުން ކުށްވެރި ކުރެވުނު ސަބަބަކީ ސުވަރުގެއިން އަލިކަމެއް މި ދުނިޔެއަށް ފޮނުއްވުމުން ވެސް އެމީހުން އެއަލިކަމުގެ ބަދަލުގައި ލޯބިކުރީ ދުނިޔެވީ އަނދިރިކަމަށް. އެއީ އެމީހުންގެ އަމަލުތަކަކީ ނުބައި ފާފަވެރި އަމަލުތަކަށް ވާތީ.


މީގެ ތަންކޮޅެއްފަހުން އީސާގެފާނު އަނެއްކާވެސް މީސްތަކުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވައި ވިދާޅުވިއެވެ. ”⁠އަހަރެން މިއީ ދުނިޔޭގެ އަލިކަން. ކަލޭމެން އަހަރެން ހިނގާ މަގުން ހިނގާ ކަމުގައި ވަނީނަމަ ކަލޭމެން އަނދިރީގެ ތެރޭގައި ތަނެއް ދޮރެއް ނުފެނި އުޅޭކަށް ނުޖެހޭނެ. އެއީ ކަލޭމެން އަހަރެން ދައްކާ މަގުން ހިނގަނީ ނަމަ ދިރިހުރުމުގެ އަލި ކަލޭމެންނާއި އެކުގައި ވާނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ދުނިޔެއަށް މިއައީ ކަންތައްތައް ފައިސަލާ ކުރެވޭނެ ގޮތް ހެދުމަށް. އަނދިރިމީހުންގެ ލޯ އަލިކޮށް ދިނުމަށާއި ފެންނަކަމަށް ހީކުރާ މީހުންގެ ލޮލަށް ކަންތައް ފެނުނަސް ނުފެންނަކަން ދައްކައި ދިނުމަށް.⁠“


އަހަރެން ދުނިޔޭގައި ހުރިހާ ހިނދަކު އަހަރެން މީ ދުނިޔޭގެ އަލިކަން.⁠“


ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.⁠‘⁠“


އެއީ އެއަލިކަމުގައި އެންމެހާ ތަކެތި ފެނިދެނިވެއެވެ. އެގޮތުން މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންކުރައްވާފައި ވެއެވެ. ”⁠ނިދާފައިވާ އިންސާނާ ނިކަން ހޭލާށޭ! މަރުވެފައިވާ މީހުންގެ މެދުން ތެދުވޭ. އަދި އަލްމަސީޙުގެ ނޫރުފުޅުން ތިބާގެ މައްޗަށް އަލިކަން ވިދާ ބަބުޅާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ