Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 12:44 - ކިތާބުލް މުޤައްދަސާ

44 ވަރަށް ގަދަ އަޑުފުޅަކުން އީސާގެފާނު މީސްތަކުންނާއި މުޚާތަބު ކުރެއްވިއެވެ. ”⁠އަހަރެންނަށް އީމާންވާ މީހުން އެއީމާން ވަނީ އަހަރެންގެ މައްޗަށް އެކަންޏެއް ނޫން. އެމީހުން އެ އީމާންވަނީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ މާތްރަސްކަލާނގެ ކިބަފުޅަށް ވެސް މެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 12:44
11 ပူးပေါင်းရင်းမြစ်များ  

މީހުން އެއްވާ ކޮންމެ ތަނެއްގައި ބުއްދީގެ ކަމަނާ ހަޅޭއްލަވަމުން ހިނގާނެއެވެ.


ބުއްދި ކަމަނާގެ އަޑު އަހާށެވެ. އެކަމަނާގެ އަޑު ގަދަވަމުން ދާން ފަށައިފިއެވެ.


”⁠ތިޔަބައިމީހުން ބަލައިގަންނަ ކޮންމެ މީހަކީ އަހަރެން ވެސް ބަލައިގަންނަ މީހެއް ކަމުގައިވާނެ. އަދިހަމައެހެންމެ، އަހަރެން ބަލައިގަންނަ ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތް ވެސް ބަލައިގަންނަ މީހެއް ކަމުގައިވާނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނަށް ކުޅަދާނަވެގެން ވާނަމައޭ ތިބާ ތިޔަ ބުނީ ކީއްވެ؟ އީމާންތެރިކަމުގައިވާ މީހަކަށް ކޮންމެ ކަމެއް ވެސް ކުޅަދާނަ ވެގެންވާނެ.⁠“


”⁠އަހަންނަށްޓަކާ ތިޔަބައިމީހުން މި ފަދަ ކުއްޖަކަށް މަރުހަބާ ކިޔައިފި ނަމަ އެއީ އަހަންނަށް ކިޔޭ މަރުހަބާއެއް. އަދި ތިޔަބައިމީހުން އަހަރެންނަށް މަރުޙަބާ ކިޔާނަމަ އެއީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ މާތްރަސްކަލާނގެ، މަތިވެރި ބައްޕާފުޅަށް ކިޔޭ މަރުހަބާއެއް ވެސްމެ.⁠“


އީސާގެފާނު ދުޢާކުރައްވައި ނިމިވަޑައިގެން ގޮވާލެއްވިއެވެ. ”⁠ލާޒަރު ނުކުމޭ!⁠“


ޔަޤީނުން ވެސް އަހަރެންގެ ފަރާތުން ޚަބަރު ހިފައިގެން އައި މީހާއަށް މަރުޙަބާ ކިޔައިފި ކޮންމެ މީހަކީ އަހަރެންނަށް މަރުޙަބާ ކީ މީހެއް. އަދި އަހަރެންނަށް މަރުޙަބާކީ ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތަށް މަރުޙަބާކީ މީހެއް.⁠“


ހަމަ ތެދެއް، އަހަރެންގެ ބަސްތައް ގަބޫލުކޮށް އަދި އަހަރެން ފޮނުއްވި ފަރާތް ގަބޫލު ކުރާ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފާ. އެމީހުން ކުށްވެރިކޮށް އެމީހުންނާ ދޭތެރޭ ހިސާބެއް ނުބެލެވޭނެ. އެއީ އެމީހުން މިހާރު ވެސް ވަނީ މަރުވުމުން ބޭރުވެ ދާއިމީ ޙަޔާތަކަށް ވާސިލުވެފައި.


އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވައިދެއްވަމުން ފާޅުގައި އެންމެންނަށް އިވޭނެ ފަދައިން ވިދާޅުވިއެވެ. ”⁠އާނ! ކަލޭމެންނަށް އަހަރެންނަކީ ކާކުކަން އެނގޭ. އަދި އަހަރެން އައީ ކޮންތާނކުންކަން ވެސް އެނގޭ. އެކަމަކު އަހަރެން އައީ އަހަރެން އަމިއްލައަށް އިސްނަގައިގެނެއް ނޫން. އަހަރެން ފޮނުވުނީ ތެދުވެރި ފަރާތަކުން. ކަލޭމެންނަކަށް އެފަރާތެއް ނޭނގޭ.


އީސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުންނަށް އީމާންތެރި ވެވެނީ އެކަލޭގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރުއްވައި މަތިވެރި ޖަލާލަތުކަން ދެއްވި ކަމުންނެވެ. އެއީ ތިޔަބައިމީހުން އެކަލާނގެއަށް އުންމީދުކޮށް އިތުބާރުކުރާނެ ގޮތް މެދުވެރި ވުމަށްޓަކައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ