ޔޫޙަންނާ 12:40 - ކިތާބުލް މުޤައްދަސާ40 ”މާތްރަސްކަލާނގެ މީސްތަކުންގެ ލޯތައް އަނދިރި ކުރައްވައި އެމީހުންގެ ހިތްތައް ހަރުކުރައްވައިފިއެވެ. އެކަލާނގެ އެފަދައިން ކަންކުރެއްވީ އެމީހުންނަށް އެކަންތައް ވިސްނުނަ ނުދެއްވުމަށާއި އެކަންތައް އެމީހުންނަށް ނުދެއްކެވުމަށެވެ. އަދި އެމީހުންނަށް ޝިފާ ލިބިގަތުމަށްޓަކައި އެކަލާނގެ ކިބަފުޅަށް އައުމުގެ މަގު ވެސް ނުދެއްކެވުމަށެވެ.“ အခန်းကိုကြည့်ပါ။ |
އަދި އަނެއްކާވެސް އަހަރެން ފިރުޢައުނުގެ ހިތް ހަރު ކުރާނަން. އޭރުން އޭނާ އަންނާނެ ކަލޭމެންގެ ފަހަތުން. އަހަރެން މިކަންތައް މިހެން މިކުރަނީ ފިރުޢައުނާއި އޭނާގެ ސިފައިން މެދުވެރިވެ އަހަރެންގެ ޖަލާލަތުގެ މަތިވެރިކަން އިތުރުވާނެ ގޮތް ހެދުމަށްޓަކައި. އޭރުން މިޞްރު މީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން!“ ދެން އިސްރާއީލީން އެމީހުންނަށް އެންގެވުނުފަދައިން ކަންތައް ކޮށްފިއެވެ.
އެއީ ބާވައިލެއްވިގެންވީ ފަދައިން. ’އެބައިމީހުން ބަލައި ހޯދި ނަމަވެސް އެމީހުންނަކަށް އެއެއް ނުފެންނާނެ. އެބައިމީހުންނަށް އަޑު އިވި ސަމާލުކަން ދިން ކަމުގައިވިޔަސް އެމީހުންނަކަށް އެއެއް ނުވިސްނޭނެ. އެބައިމީހުން ބަލައި ވިސްނައިފިނަމަ އެބައިމީހުން މާތްރަސްކަލާނގެއަށް އެނބުރުނީސް. އަދި އެފަދައިން އެމީހުން އަމަލު ކުރިނަމަ އެކަލާނގެ ފާފަ ފުއްސަވައި ދެއްވީސް.‘“
”އަހަރެން މި ވަނީ މާތްރަސްކަލާނގެ ރޫޙުފުޅުގެ ބާރުގެ ދަށުގައެވެ. މާތްރަސްކަލާނގެ އަހަރެން ޚާއްސަ ކުރައްވާ ފޮނުއްވީ ފަގީރުންނަށް ހެޔޮޚަބަރުފުޅު ދިނުމަށްޓަކައެވެ. އެކަލާނގެ އަހަރެން ފޮނުއްވީ ހައްޔަރުވެފައިވާ މީހުންނަށް މިނިވަންކަން ދީ ނުފެންނަ މީހުންނަށް ލޮލުގެ އަލިކަން ދީ އަދި އަނިޔާވެރި ކަމުގެ ދަށުގައި ވާ މީހުން ސަލާމަތްކޮށް
އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅާ ބެހޭ ސިއްރުފުޅުތައް ކަލޭމެންނަށް ހާމަ ކުރައްވައިފި. އަހަރެން އެހެން މީހުންނާއި ވާހަކަ ދައްކަނީ މާނަފުން ވާހަކަތަކުން. އެއީ ލިޔެވިގެންވާ ފަދައިން: ’އެމީހުންނަށް ފެނުނު ކަމުގައި ވިޔަސް ނުފެނުމެކޭ އެއްވަރޭ. އަދި އެމީހުންނަށް އަޑު އިވުނު ކަމުގައި ވިޔަސް ނުވިސްނޭ.‘
އީސާގެފާނުގެ ޖަމާޢަތުގެ މީހުން މި ވަފުދު ޖެރޫސަލަމަށް ފޮނުވުމުގެ ދަތުރުގެ ހުރިހާކަމެއް ހަމަޖައްސާދިނެވެ. މިމީހުން ފެނީސިޔާއާއި ސަމީރިއްޔާގެ ތެރެއިން ދަތުރުކޮށް ދިޔަމަގުމަތީ ބަނީއިސްރާއީލު މީހުން ނޫން މީހުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވަމުން ދާ ކަމުގެ ޚަބަރުތައް ދެމުން ދިޔައެވެ. މި ޚަބަރު ލިބުމުން އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ހިތްތައް އުފަލުން ފުރުނެވެ.
’ތިމަންކަލާނގެ މީސްތަކުންގެ ގާތަށް ގޮސް މި ފަދައިން ބުނާށޭ. ކަލޭމެންނަށް ތިމަންކަލާނގެ ބަސްފުޅުތައް އިވޭނެއޭ. އެކަމަކު ކަލޭމެންނަކަށް އެ ބަސްފުޅުތަކުގެ މާނައެއް ނުވިސްނޭނޭ. ތިމަންކަލާނގެ ކުރައްވާ ކަންތައްތައް ތިޔަބައިމީހުން ދެކޭނޭ. އެ ކަންތައްތައް ކަލޭމެންނަށް ފެނުނު ނަމަވެސް އިހުސާހެއް ނުކުރެވޭނެ.