ޔޫޙަންނާ 12:39 - ކިތާބުލް މުޤައްދަސާ39 މީސްތަކުންނަށް އީސާގެފާނު ގަބޫލު ކުރަން ދަތި ވާނެ ސަބަބު އަންގައިދީ ހާމަ ކޮށްދިނުމަށް ނަބީ ޔަޝަޔާޙުގެފާނު މިފަދައިން ވިދާޅުވިއެވެ. အခန်းကိုကြည့်ပါ။ |
”މާތްރަސްކަލާނގެ މީސްތަކުންގެ ލޯތައް އަނދިރި ކުރައްވައި އެމީހުންގެ ހިތްތައް ހަރުކުރައްވައިފިއެވެ. އެކަލާނގެ އެފަދައިން ކަންކުރެއްވީ އެމީހުންނަށް އެކަންތައް ވިސްނުނަ ނުދެއްވުމަށާއި އެކަންތައް އެމީހުންނަށް ނުދެއްކެވުމަށެވެ. އަދި އެމީހުންނަށް ޝިފާ ލިބިގަތުމަށްޓަކައި އެކަލާނގެ ކިބަފުޅަށް އައުމުގެ މަގު ވެސް ނުދެއްކެވުމަށެވެ.“
އެބައިމީހުންގެ ލޯތަކުން ޒިނޭތަކަށް ހުށަހެޅި ގަންނާނެއެވެ. އަދި އެބައިމީހުންގެ ހިތް ފާފަތަކަށް އެދޭ އެދުމުން ހިތް ފުރޭވަރެއް ނުވެއެވެ. އެބައިމީހުން ނިކަމެތި ވެގެންވާ މީސްތަކުން ޖައްސުވާ ފާފަތައް ކުރުވާނެއެވެ. އަދި އެބައިމީހުންގެ ހިތްތައް ވާނީ ދަހިވެތިކަމުގައެވެ. ހަމަކަށަވަރުން މާތްރަސްކަލާނގެ އެބައިމީހުންނަށް ކޯފާލައްވާނެއެވެ.