Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 12:37 - ކިތާބުލް މުޤައްދަސާ

37 އީސާގެފާނު ދެއްކެވި މާނަފުން މުޢުޖިޒާތްތައް އެތައް ބަޔަކުމެ ދުއްޓެވެ. ނަމަވެސް އެމީހުން އެކަލޭގެފާނަށް އީމާންވުމަށް އިންކާރުކޮށް ދެކޮޅު ހެދިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 12:37
9 ပူးပေါင်းရင်းမြစ်များ  

ދެން އީސާގެފާނު އެކަލޭގެފާނު އެންމެ ގިނަ މުޢުޖިޒާތްތައް ދެއްކެވި ސަހަރުތަކަށް ފާޑުވިދާޅުވިއެވެ. އެމީހުން ތައުބާ ނުވުމުގެ ސަބަބުން އެ ސަހަރުތައް ވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.


ދެން އިބްރާހީމްގެފާނު ވިދާޅުވިއޭ. ’⁠އެމީހުން މޫސާގެފާނާއި އަދި ނަބީބޭކަލުން ވިދާޅުވި ބަސްފުޅުތަކުގެ އަޑުނާހާ އުޅޭ ނަމަ މަރުވެފައިވާ މީހަކު އަލުން ދިރިގެން ދިޔަސް އެމީހުންގެ ހިތާއި އުޅުމެއް ބަދަލެއް ނުކުރާނެއޭ.⁠‘⁠“


އެކަލޭގެފާނުގެ އަމިއްލަފުޅު ޤައުމަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. ނަމަވެސް ޚުދު އެކަލޭގެފާނުގެ މީސްތަކުން ވެސް އެކަލޭގެފާނަކަށް މަރުޙަބާއެއް ނުކިއެވެ.


ބައްޕާފުޅު އަޅުގަނޑުގެ އަޑު އަބަދުވެސް އައްސަވާކަން އަޅުގަނޑަށް އެނގޭ. ނަމަވެސް އަޅުގަނޑު މިހެން އެންމެންނަށް އިވޭ ވަރަށް މިދަންނަވަނީ މިތަނަށް އެއްވެފައި މިތިބި މީހުންނަށް، އެކަމުން އެމީހުންގެ ހިތަށް އީމާންކަން ވަނުމުގެ މަގު ފަހި ކޮށް ދިނުމަށް.⁠“


ކަލޭމެންގެ ގާތުގައި އަލިކަން ވާ ހިނދު އެއަލިކަން ގަބޫލުކޮށް އީމާންވޭ. އޭރުން ކަލޭމެންނަކީ އަލިކަމުގެ ދަރިން ކަމުގައި ވާނެ.⁠“ މިހެން ވިދާޅުވުމަށް ފަހު އީސާގެފާނު ވަޑައިގެން އެމީހުންގެ ކުރިމަތިން ޣައިބުވެ ވަޑައިގެންނެވިއެވެ.


އެހެންކަމުން ނަބީ ޔަޝަޔާޙުގެފާނު ވިދާޅުވެފައިވާ ފަދައިން ކަންތައް ހިނގައި ނިމި ދިޔައެވެ. ޔަޝަޔާހުގެފާނު ވިދާޅުވެފައި ވެއެވެ. ”⁠ސާހިބުވަންތަ މާތްކަލާނގެ އެވެ! އަޅަމެން ގެނައި ބަސްފުޅުތައް ގަބޫލު ކުރީ ކާކު ހެއްޔެވެ؟ އިނބަ ރަސްކަލާނގެ މަތިވެރިކަން އޮޅުންފިލީ ކާކަށް ހެއްޔެވެ؟⁠“


މި ދުނިޔޭގައި އެކަކަށް ވެސް ދެއްކިފައިނުވާވަރުގެ މާނަ ފުން މުޢުޖިޒާތްތަކެއް އަހަރެން ދައްކާފައި ނުވާނަމަ އެމީހުން ކުށްވެރިއެއް ނުކުރެވުނީސް. ނަމަވެސް އަހަރެން ކޮށްދިން ހުރިހާ ކަމެއް ދުށުމަށް ފަހު ވެސް އެމީހުން އަހަރެންނާއި އަދި އަހަރެންގެ ބައްޕާފުޅަށް ވެސް ނަފްރަތުކޮށް ރުޅިއާދޭ.


މިކަން ހިނގީ ގަލީލީގެ ޤާނާގައެވެ. އީސާގެފާނު ދެއްކެވި އެންމެފުރަތަމަ މާނަފުން މުޢުޖިޒާތަކީ މިއީއެވެ. އެތާނގައި އީސާގެފާނު އެކަލޭގެފާނުގެ ޖަލާލަތުކަން ދެއްކެވިއެވެ. އެއާއެކު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް އީމާންވިއެވެ.


ވަރަށްގިނަ ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އެއީ އެކަލޭގެފާނު ތަފާތު ބަލިތައް ޖެހިފައިވާ މީހުން ރަނގަޅުކުރައްވާ ދެއްކެވި މާނަފުން މުޢުޖިޒާތްތައް އެމީހުންނަށް ފެނިފައިވީތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ