ޔޫޙަންނާ 12:36 - ކިތާބުލް މުޤައްދަސާ36 ކަލޭމެންގެ ގާތުގައި އަލިކަން ވާ ހިނދު އެއަލިކަން ގަބޫލުކޮށް އީމާންވޭ. އޭރުން ކަލޭމެންނަކީ އަލިކަމުގެ ދަރިން ކަމުގައި ވާނެ.“ މިހެން ވިދާޅުވުމަށް ފަހު އީސާގެފާނު ވަޑައިގެން އެމީހުންގެ ކުރިމަތިން ޣައިބުވެ ވަޑައިގެންނެވިއެވެ. အခန်းကိုကြည့်ပါ။ |
މީގެ ތަންކޮޅެއްފަހުން އީސާގެފާނު އަނެއްކާވެސް މީސްތަކުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވައި ވިދާޅުވިއެވެ. ”އަހަރެން މިއީ ދުނިޔޭގެ އަލިކަން. ކަލޭމެން އަހަރެން ހިނގާ މަގުން ހިނގާ ކަމުގައި ވަނީނަމަ ކަލޭމެން އަނދިރީގެ ތެރޭގައި ތަނެއް ދޮރެއް ނުފެނި އުޅޭކަށް ނުޖެހޭނެ. އެއީ ކަލޭމެން އަހަރެން ދައްކާ މަގުން ހިނގަނީ ނަމަ ދިރިހުރުމުގެ އަލި ކަލޭމެންނާއި އެކުގައި ވާނެ.“