Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 12:35 - ކިތާބުލް މުޤައްދަސާ

35 އީސާގެފާނު ވިދާޅުވިއެވެ. ”⁠އަލިކަން ކަލޭމެންގެ ގާތުގައި ވާނީ ވަރަށް ކުޑަ ހިނދުކޮޅަކު. އެއަލިކަން ވާހައި ހިނދަކު އެ އަލިކަމުގެ ތެރޭގައި ހިނގަމުން ގެންދޭ. އެހެން ނޫނީ އަނދިރިކަން ކަލޭމެންގެ ތެރެއަށް ވެރިވެދާނެ. އަނދިރީގެ ތެރޭގައި ހިނގަމުން ދާ މީހަކަށް އެދެވެނީ ކޮންތާނކަށް ކޮން ދިމާއަކަށް ކަމެއް ނޭނގޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 12:35
27 ပူးပေါင်းရင်းမြစ်များ  

ނުބައި ނުލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ކަނު އަނދިރީގައި ހިނގާ މީހުންގެ މިސާލެވެ. އެމީހުން އަޅައިގެންފައި ވެއްޓޭނީ ކޮން އެއްޗެއްގައި ޖެހި ކަމެއް ވެސް ނޭނގޭނެއެވެ.


”⁠ނާޒަރަތު ރަށުގެ އީސާ މިހެން ލައިގެން ދަނީއޭ.⁠“


ނަމަވެސް ރޭގަނޑުގެ އަނދިރިކަމުގައި ހިނގައި ދަތުރުކޮށް ދާ މީހަކު އެއްޗެއްގައި އަޅައިގެންފައި ވެއްޓިދާނެ. އެއީ އެމީހަކާއި އެކު އަލިކަން ނުވާތީ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކޮންމެ ދުވަހަކުމެ ބާރަ ގަޑިއިރު އިރުގެ އަލިކަން ހުރެއެއް ނޫންތަ؟ އިރުގެ އަލިކަން ހުއްޓާ މީހުންނަށް ސަލާމަތް ކަމާއިއެކު ދަތުރު ކުރެވިދާނެ. އެއީ ދުނިޔޭގެ އަލިކަން އެމީހުންނާއި އެކު ވާނެތީ.


ކަލޭމެންގެ ގާތުގައި އަލިކަން ވާ ހިނދު އެއަލިކަން ގަބޫލުކޮށް އީމާންވޭ. އޭރުން ކަލޭމެންނަކީ އަލިކަމުގެ ދަރިން ކަމުގައި ވާނެ.⁠“ މިހެން ވިދާޅުވުމަށް ފަހު އީސާގެފާނު ވަޑައިގެން އެމީހުންގެ ކުރިމަތިން ޣައިބުވެ ވަޑައިގެންނެވިއެވެ.


އަހަރެން މިއީ ދުނިޔެއަށް ފޮނުއްވުނު އަލިކަން. އަހަރެން ގަބޫލު ކޮށް އީމާންވެއްޖެ އެއްވެސް މީހަކު އަނދިރިކަމުގެ ތެރެއަކު ނުވާނެ.


”⁠އިރުކޮޅެއްގެ ތެރޭގައި ދެން ކަލޭމެންނަކަށް އަހަރެންނެއް ނުފެންނާނެ. ދެން އޭގެ ހަމަ ކުޑައިރުކޮޅެއް ފަހުން ކަލޭމެންނަށް އަނެއްކާ ވެސް އަހަރެން ފެންނާނެ.⁠“


އެހެންވެ އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭމެންގެ ގާތު ހުންނާނީ ކުޑަދުވަސްކޮޅަކު. އެއަށް ފަހު އަހަރެން ފޮނުއްވި ފަރާތަށް އަހަރެން އެނބުރި ދާނީ.


މީގެ ތަންކޮޅެއްފަހުން އީސާގެފާނު އަނެއްކާވެސް މީސްތަކުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވައި ވިދާޅުވިއެވެ. ”⁠އަހަރެން މިއީ ދުނިޔޭގެ އަލިކަން. ކަލޭމެން އަހަރެން ހިނގާ މަގުން ހިނގާ ކަމުގައި ވަނީނަމަ ކަލޭމެން އަނދިރީގެ ތެރޭގައި ތަނެއް ދޮރެއް ނުފެނި އުޅޭކަށް ނުޖެހޭނެ. އެއީ ކަލޭމެން އަހަރެން ދައްކާ މަގުން ހިނގަނީ ނަމަ ދިރިހުރުމުގެ އަލި ކަލޭމެންނާއި އެކުގައި ވާނެ.⁠“


އަހަރެމެންނަށް ލިބޭ ކޮންމެ ފުރުސަތެއްގައިމެ ހުރިހާ އެންމެންނާއި މެދު ވެސް ރަނގަޅަށް ކަންތައް ކުރަން ޖެހޭނެއެވެ. އަދި އީސާގެފާނަށް އީމާންވެގެން ތިބި އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ވަކިން ޚާއްސަކޮށް ކަންތައް ކުރަން ޖެހޭނެއެވެ.


މާޒީގައި ތިޔަބައިމީހުން ޙަޔާތު ވޭތުކުރީ އަނދިރީގައެވެ. ނަމަވެސް މާތްސާހިބާ އާއިއެކުގައި މިއަދު ތިޔަބައިމީހުން އެއްބައިވަންތަ ވުމުން ތިޔަބައިމީހުންނަށް ވަނީ އަލިކަން ލިބިފައެވެ. އެހެންވީމާ، އަލިކަން ލިބިފައިވާ ބަޔަކުފަދައިން އަޚުލާޤު ބަހައްޓާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ