Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 12:29 - ކިތާބުލް މުޤައްދަސާ

29 އެތަނަށް އެއްވެފައިވާ މީސްތަކުންނަށް އެއަޑުފުޅު އިވުމުން އެއްބަޔަކު ހީކުރީ ގުގުރައިގަތީ ކަމުގައެވެ. އަދި އަނެއްބަޔަކު ހީކުރީ މަލާއިކަތަކު އީސާގެފާނާ ވާހަކަދައްކަވަނީ ކަމުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 12:29
12 ပူးပေါင်းရင်းမြစ်များ  

ތިންވަނައަށް ވީ ދުވަހުގެ ހެނދުނު ގުގުރާލާފައި ވިދާލިއެވެ. އަދި ބޯ ކޮޅިގަނޑެއް ޠޫރުސީނާ ފަރުބަދައިގެ މައްޗަށް ތިރިވެއްޖެއެވެ. ދެން ވަރަށް ދިގުކޮށް ވަރަށް ބާރަށް ފުއްލާ ދަޅެއްގެ ތާޅަފިއްޔެއްގެ އަޑު އިވެން ފަށައިފިއެވެ. އެމީހުންތައް ބިރުން ތުރުތުރު އަޅައިގެންފިއެވެ.


ޠޫރުސީނާގެ މަތިން އިވުނު ގަދަ ގުގުރީގެ އަޑުފަށްގަނޑާއި ވިދާލާ ވިދުވަރުންނާއި އިވޭ ތާޅަފިލީގެ ޒީލަ އަޑުގަދަކަމުންނާއި އަރާ ދުން ބޯކަމުން މީހުންނަކަށް ކައިރިވާކަށް ނުކެރުނެވެ. އެމީހުން ތިބީ ބިރުން ތުރުތުރުއަޅާލަ އަޅާލައެވެ.


ޝާއުލް އާއި އެކު ދަތުރު ކުރަމުން ދިޔަ އެހެން މީހުން ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި ތިއްބެވެ. އެއީ އެމީހުންނަށް ވެސް މި އަލި ފެނި އަދި އަޑެއް ވެސް އިވުނޭ ނަމަވެސް އެމީހުންނަކަށް އެބަސްތަކެއް ނީވެއޭ އަދި އެމީހަކު ވެސް ނުފެނެއެވެ.


އުޑުގައި ހުރި މާތްކަލާނގެ ގެކޮޅު ވަނީ ހުޅުވިފައެވެ. އަދި ޢަހުދުނާމާ ފޮށިކޮޅު ވެސް އެތަނުން ފެނުނެވެ. އެއަށް ފަހު، ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި ބިންހެލުން އައެވެ. އަދި ގަނޑުފެނުގެ ބަރު ގުޅަގުޅަ ވެހުނެވެ.


އަދި ރާޅުބިންދާ އަޑު ފަދަ އަޑެއް ނުވަތަ ހޮނު ގުގުރީގެ އަޑުފަދަ ގަދަ އަޑެއް ސުވަރުގެއިން އަހަރެންނަށް އިވުނެވެ. ގިނަ ބަޔަކު އެކުވެގެން ހާޕުން ކުޅެމުން ދާ މިޔުޒިކު ފަދަ އަޑެއް ފަދައިން އެ އަޑު ވިއެވެ.


އެއަށް ފަހު، އެ ޅަކަންބަޅި ހަތް ސިލުން ފުރަތަމަ ސިލު ކަނޑާލިތަން އަހަރެން ދުށީމެވެ. އަދި ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން އެއް މަޚުލޫގު ގުގުރިއެއްގެ އަޑުފަދަ ބާރު އަޑަކުން މިފަދައިން ބުނިއަޑު ވެސް އަހަރެން އެހީމެވެ. ”⁠އާދޭ!⁠“


އެއަށް ފަހު، ޤުރުބާން ހުށަހެޅުމަށްޓަކައި ހުންނަ މުޤައްދަސް އަށިން އަލިފާން ނަންގަވައި އެމަލާއިކަތާ ހުވަނދު ދުންކިބާ ފުރާލެއްވިއެވެ. އަދި ދުނިޔޭގެ ބިމަށް އެ ދުންކިބާ އެއްލާ ލެއްވިއެވެ. އެއާއެކު ގުގުރީގެ ބާރު އަޑާއި ހޮނުގެ ވިދުވަރާއި އެކު ބިންހެލުން ކުރިމަތި ވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ