Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 12:28 - ކިތާބުލް މުޤައްދަސާ

28 ބައްޕާފުޅު! ބައްޕާފުޅުގެ ނަންފުޅު މަތިވެރި ކުރައްވައި ޖަލާލުވަންތަ ކުރައްވައި ފާނދޭވެ!⁠“ އީސާގެފާނު މިހެން ހަމަ ވިދާޅުވި ވަގުތު އުޑުން އައި އަޑުފުޅެއް މިފަދައިން އިވިގެން ދިޔައެވެ. ”⁠ތިމަންކަލާނގެ އެނަން މަތިވެރި ކޮށްފިން. އަދިވެސް އެނަން ޖަލާލަތު ކުރާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 12:28
22 ပူးပေါင်းရင်းမြစ်များ  

އެ ވަގުތު އީސާގެފާނު މިހެން ވިދާޅުވެ ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! އުޑާބިމުގެ ސާހިބުވަންތަ ރަސްކަލާކޯ! އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އެއީ މިހުރިހާ ކަންތައްތަކެއް ޙިކުމަތްތެރިންނަށާއި ތޫނުފިލި މީހުންނަށް ވަންހަނާ ކުރައްވައި އާދައިގެ ތުއްތު ކުދިބަޔަކަށް މި ހުރިހާ ކަންތައްތައް ހާމަކޮށް ދެއްވީތީ.


ލައްބަ ބައްޕާފުޅާ! މިއީ ބައްޕާފުޅު ރުހިވޮޑިގަންނަވާ ގޮތް.⁠“


ޕަތަރަސް ވާހަކަ ދައްކަމުން ގެންދިޔަ ހިނދު ކުއްލިއަކަށް އަލިކަންގަދަ ވިލާގަނޑަކުން އެ ބޭކަލުން ފަރުދާ ކުރެއްވިގެން ދިޔައެވެ. އަދި އެ ވިލާގަނޑުގެ ތެރެއިން މިފަދައިން އަޑެއް އިވުނެވެ. ”⁠މިއީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ އަދި ތިމަންކަލާނގެ ރުހިވޮޑިގަންނަވާ ދަރިކަލުން. އެކަލޭގެފާނުގެ އަޑު އައްސަވާ!⁠“


އީސާގެފާނު ދެވަނަ ފަހަރު ވެސް ވަޑައިގެން ދުޢާ ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ބައްޕާފުޅާ! އިތުރު އެހެން ގޮތެއް މިކަމުގައި ނުވާނަމަ، އަޅުގަނޑު ވޭނުގައިވާން ޖެހޭނަމަ، އަޅުގަނޑު ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރާނަން.⁠“


އެ ހިނދު އުޑުން ވަޙީގެ ބަސްފުޅު އިވިގެންދިޔައެވެ. ”⁠ތިޔައީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ތިޔަ ދަރިކަލުންނީ ތިމަންކަލާނގެ ނުހަނު ހިތްޕުޅާހަމަވާ ދަރިކަލުން!⁠“


އެ ހިނދު އުޑުން ވަޙީގެ ބަސްފުޅު އިވިގެންދިޔައެވެ. ”⁠ކަލޭގެފާނީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ކަލޭގެފާނުގެ މައްޗަށް ތިމަންކަލާނގެ ރުހިވޮޑިގަތުން ވޭ.⁠“


އެ ހިނދު ވިލާގަނޑެއް ފާޅުވެ އަދި އޭގެ ހިޔަނީގައި އެބޭކަލުން ފޮރުވިގެންވިއެވެ. އަދި އެ ވިލާގަނޑުގެ ތެރެއިން އަޑެއް އިވިގެން އައެވެ. ”⁠މިއީ ތިމަންކަލާނގެ ލޯބިވެވޮޑިގެންވާ ދަރިކަލުން. އެކަލޭގެފާނުގެ އަޑު އައްސަވާ!⁠“


އަދި މާތްރޫޙުފުޅު ހުދު ކޮތަރެއް ފަދައިން އެކަލޭގެފާނުގެ މައްޗަށް ފައިބާ ވަޑައިގެންނެވިއެވެ. ދެން އެވަގުތު މާތްރަސްކަލާނގެ އެކަލޭގެފާނަށް މިފަދައިން ވަޙީކުރެއްވި އަޑުފުޅު އިވިގެންދިޔައެވެ. ”⁠ކަލޭގެފާނީ ތިމަންކަލާނގެ ލޯބިވެ ވޮޑީގެންވާ މަތިވެރި ދަރިކަލުން. ކަލޭގެފާނުގެ މައްޗަށް ތިމަންކަލާނގެ ރުއްސެވުން ލިބިވޮޑިގެން ވޭ.⁠“


އަދި އެވިލާގަނޑުގެ ތެރެއިން އައި އަޑުފުޅެއް އެބައިމީހުންނަށް އިވުނެވެ. ”⁠މިއީ ތިމަންކަލާނގެ ޚާއްސަ ކުރެއްވި ތިމަންކަލާނގެ ދަރިކަލުން. އޭނާ އެދޭފަދައިން ކަންތައް ކުރޭ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ބަލީގެ ނަތީޖާއަކީ ލާޒަރުގެ މަރުވުމެއް ނޫން. އެކަން އެފަދައިން އެވަނީ އެކަމުން މާތްރަސްކަލާނގެ ނަންފުޅަށް ޖަލާލުވަންތަކަން ލިބި، މާތްރަސްކަލާނގެ ދަރިކަލުންނަށް ވެސް އެކަމުގެ ސަބަބުން ޖަލާލަތު ލިބިގެން ދިއުމަށް.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ މިހާރު ތިޔަ ކަނޑި އޭގެ އުރަޔަށް ލާ. ބައްޕާފުޅު އަހަރެންނަށް ދެއްވަން ހަމަޖައްސަވާފައިވާ ވޭނެއް އަހަރެން ލިބި ނުގަންނަންވީތަ؟⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އެއަކީ އޭނާ ނުވަތަ އޭނާގެ މައިންބަފައިން ކުރި ފާފައެއްގެ ސަބަބަކުން ވެސް ނޫން. އެއީ މާތްރަސްކަލާނގެ ކުޅަދުން ވަންތަކަން މީސްތަކުންނަށް ދެއްކެވުމަށްޓަކާ.


މާތްރަސްކަލާނގެ މިފަދައިން އަމަލު ކުރެއްވީ އީސާ އަލްމަސީޙު ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން އެކަލާނގެ އަހަރެމެންނާއިމެދު އޯގާތެރިވެ ވޮޑިގަންނަވައި ދެއްވާ އަދަދު ނުކުރެވޭނެ މަތިވެރި ނިޢުމަތްފުޅު ކުރިމަގުގައިވާ ޒަމާންތަކަށް ދެއްކެވުމަށެވެ.


މި އުސޫލުގެ މަތިން މި ޒަމާނުގައި މަސީޙީ ޖަމާޢަތުގެ މެދުވެރި ކުރެއްވުމާއި، އުޑުތަކުގައިވާ ރޫޙާނީ އިސްވެރިންނާއި ބާރުވެރިންނަށް ވަނީ އެކަލާނގެ ތަފާތު ޙިކުމަތްތެރިކަން އެނގިފައެވެ.


މާތްރަސްކަލާނގެއީ އަބަދަށްމެ މަސީޙީ ޖަމާޢަތުގައްޔާއި އީސާ އަލްމަސީޙާއި މެދުގައި ވީ އުޖާލާކަމެއް ކަމުގައިވާށި އެވެ! އާމީން.


މާތްރަސްކަލާނގެ އިއްޒަތްތެރި ޖަލާލަތު ކަމާއިއެކު އެކަލާނގެ ވަޙީ ބަސްފުޅު މިފަދައިން އަހަރެމެންނަށް އިވިގެން ދިޔަ އެވެ. ”⁠ތިޔައީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ތިޔަ ދަރިކަލުންގެ މައްޗަށް ތިމަންކަލާނގެ ރުހިވޮޑިގަތުން ވޭ.⁠“ އެ ހިނދު އީސާގެފާނަށް މާތްރަސްކަލާނގެ ބައްޕާފުޅުގެ މަތިވެރިވެގެންވާ ޝަރަފާއި ޖަލާލަތު ލިބިވަޑައިގެންނެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ