Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 12:27 - ކިތާބުލް މުޤައްދަސާ

27 މިހާރު އަހަރެންގެ ހިތުގައި ނުތަނަވަސް ކަމެއް ވޭ. ވީއިރު އަހަރެން ބައްޕާފުޅަށް ދުޢާކޮށް އަންނަން އޮތް ކަންތަކުން ސަލާމަތް ކޮށް ދެއްވުން އެދި ދަންނަވަންވީތަ؟ ނޫން! އެއްގޮތަކަށް ވެސް އެހެނެއް ނޫން. އަހަރެން މި ދުނިޔެއަށް އައީ ވެސް މިފަދައިން އަނިޔާ ލިބިގަތުމަށްޓަކާ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 12:27
24 ပူးပေါင်းရင်းမြစ်များ  

އެ ވަގުތު އީސާގެފާނު މިހެން ވިދާޅުވެ ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! އުޑާބިމުގެ ސާހިބުވަންތަ ރަސްކަލާކޯ! އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އެއީ މިހުރިހާ ކަންތައްތަކެއް ޙިކުމަތްތެރިންނަށާއި ތޫނުފިލި މީހުންނަށް ވަންހަނާ ކުރައްވައި އާދައިގެ ތުއްތު ކުދިބަޔަކަށް މި ހުރިހާ ކަންތައްތައް ހާމަކޮށް ދެއްވީތީ.


ލައްބަ ބައްޕާފުޅާ! މިއީ ބައްޕާފުޅު ރުހިވޮޑިގަންނަވާ ގޮތް.⁠“


އީސާގެފާނު ދެވަނަ ފަހަރު ވެސް ވަޑައިގެން ދުޢާ ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ބައްޕާފުޅާ! އިތުރު އެހެން ގޮތެއް މިކަމުގައި ނުވާނަމަ، އަޅުގަނޑު ވޭނުގައިވާން ޖެހޭނަމަ، އަޅުގަނޑު ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރާނަން.⁠“


އެއަށް ފަހު އީސާގެފާނު އަސްޙާބީންގެ ކައިރިއަށް ވަޑައިގަންނަވާ ވިދާޅުވިއެވެ. ”⁠އަދިވެސް އަރާމުގައި ނިދަނީތަ؟ އިންސާނާގެ ދަރިކަލުން ފާފަވެރިންގެ އަތްމައްޗަށް ދޫކޮށްލެވޭނޭ ވަގުތު މިވަނީ ޖެހިފަ.


ދެން ފުން ހިތާމަ ލިބިގެންވާ ހާލުގައި އެކަލޭގެފާނު ތެދުހިތުން ދުޢާ ކުރެއްވިއެވެ. އެވަގުތު އެކަލޭގެފާނުގެ ހަށިކޮޅުން އޮހެމުން ދިޔަ ދާފޮދު ލޭ ތިކިތަކެއް ފަދައިން ބިންމައްޗަށް އޮހެމުން ދިޔައެވެ.


މިއޮތް ހުރިހާ ދުވަހު ކަލޭމެންގެ ކުރިމަތީ ބައިތުލް މަޤްދިސްގައި އަހަރެން ވީމު. އޭރު ކަލޭމެން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ މިއީ ކަލޭމެންގެ ގަޑި. މިއީ އަނދިރިކަން ވެރިކަން ކުރާ ވަގުތު.⁠“


ދެން އެމީހުން އެތަނުގައި ޖައްސާފައިވީ ހިލަ އެއްފަރާތަކަށް ފުރޮޅާލިއެވެ. އެވަގުތު އީސާގެފާނު މައްޗަށް ބައްލަވާފައި މިފަދައިން ވިދާޅުވިއެވެ. ”⁠ބައްޕާފުޅު އަޅުގަނަޑުގެ ދުޢާ އެއްސެވީތީ ހަމްދާ ޝުކުރު ކުރަން.


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އިންސާނާގެ ދަރިކަލުން އެކަލޭގެފާނު މަތިވެރިކަމާއި ޖަލާލަތުކަމަށް އިސްވެ ވަޑައިގަތުމުގެ ވަގުތު ޖެހިއްޖެ.


އީސާގެފާނު ވަރަށްބޮޑު ހިތާމަފުޅެއް ލިބިވަޑައިގެން ދެރަފުޅު ވެފައި ހުންނަވާ ހާލުކޮޅުގައި އެމީހުންނަށް މިފަދައިން އެންގެވިއެވެ. ”⁠އަހަރެން ތެދަށް ބުނަންތަ؟ ކަލޭމެންގެ ތެރެއިން އެކަކު އަހަރެންނާއި ދެކޮޅުވެރިވެ ޚިޔާނާތްތެރިވާނެ.⁠“


އީސާގެފާނު މިހެން ވިދާޅުވި އަޑު އިވި ޕިލާތުސް ބުންޏެވެ. ”⁠އެހެން ވިއްޔާ ކަލޭ ތިޔައީ ހަމަ ރަސްކަލަކީމު ތަ؟⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ވިދާޅުވީ ނޫންތޯ އަޅުގަނޑަކީ ރަސްކަލެކޭ؟ އަޅުގަނޑު އުފަންވެ ދުނިޔެއަށް އައީ ހަމަ އެކަނި މި ސަބަބަށްޓަކައި. އެއީ ތެދުބަސްތައް އަންގައި ދިނުމަށް. ތެދު ހަޤީޤަތުގެ ތެރޭގައި ހުރި މީހަކު ނަމަ އެމީހަކު އަޅުގަނޑުގެ ބަސްތައް އަޑުއަހައި ދެނެގަންނާނެ.⁠“


މިއީ ތެދު ބުނުމެކެވެ. އަދި ކޮންމެ މީހަކަށް ވެސް ގަބޫލުކުރެވޭނެ ފަދަ ތެދު ޙަޤީޤަތެވެ. އީސާ އަލްމަސީޙު ދުނިޔެއަށް ވަޑައިގެންނެވީ ފާފަވެރިން ސަލާމަތް ކުރެއްވުމަށްޓަކައެވެ. އަދި އެފަދަ ފާފަވެރިންގެ ތެރެއިން އަހަރެންނަކީ އެންމެ ނުބައި ފާފަވެރިޔާއެވެ.


އެކަލޭގެފާނު، ދަރިން ކަމަށް އެވިދާޅުވާ މީހުންނަކީ އަހަރެމެން ފަދައިން މަހާއި ލެއިންވާ މީހުންނެވެ. ޚުދު އީސާގެފާނު ވެސް އެމީހުން ފަދައިން ވެވަޑައިގަންނަވައި އެމީހުންނާއެކު އިންސާނީ ފިތުރަތު ޙިއްސާ ކުރެއްވިއެވެ. އެކަލޭގެފާނު އެ ގޮތަށް އަވަހާރަވެ ވަޑައިގަތީ މެރުމުގެ ބާރު ލިބިގެންވާ ޝައިތާނާ ހަލާކު ކޮށްލެއްވުމަށް ޓަކައެވެ.


އީސާގެފާނު މަރުން ސަލާމަތް ކުރެއްވުމުގެ ބާރުފުޅު މާތްރަސްކަލާނގެ ކިބަފުޅުގައި އޮތެވެ. އޭރު އެކަލޭގެފާނު ބިންމަތީގައި ހުންނަވައި ކަރުނައަޅައި ގަދަ އަޑުފުޅުން ސަލާމަތަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމުން ދިޔައެވެ. އެކަލޭގެފާނުގެ ޚުޝޫއަތްތެރިކަމާއި މަޑުމޮޅިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލޭގެފާނުގެ އަޑުފުޅު އެއްސެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ