ޔޫޙަންނާ 12:23 - ކިތާބުލް މުޤައްދަސާ23 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އިންސާނާގެ ދަރިކަލުން އެކަލޭގެފާނު މަތިވެރިކަމާއި ޖަލާލަތުކަމަށް އިސްވެ ވަޑައިގަތުމުގެ ވަގުތު ޖެހިއްޖެ. အခန်းကိုကြည့်ပါ။ |
ކުޑަ ތަންކޮޅެއް ކުރިއަށް ވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނު ބިންމައްޗަށް ތިރިވެ ވަޑައިގަންނަވާ ދުޢާފުޅު ކުރައްވަން ފެއްޓެވިއެވެ. އަދި އެކަލޭގެފާނާއިމެދު ކުރިމަތިވަމުން އަންނަ ވޭންދެނިވި ވަގުތާއިމެދު އެކަލޭގެފާނު ވަނީ ފުން ހިތާމައިގައެވެ. އަދި އެވަގުތު އެކަލޭގެފާނާއި ކުރިމަތި ނުކުރެއްވުމަށް އެދި އެކަލޭގެފާނު ދުޢާފުޅު ކުރައްވަން ފެއްޓެވިއެވެ. ”އަޅުގަނޑުގެ ބައްޕާފުޅާ! އެންމެހާ ކަންތައްތައް ކުރެއްވުމަށް ބައްޕާފުޅު ކުޅަދުންވަންތަވެ ވޮޑިގެންވޭ. ބައްޕާފުޅަށް ކުރެއްވެން އޮތްނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން ނަންގަވައި ދެއްވާނދޭވެ. ނަމަވެސް އަޅުގަނޑު އެދޭ އެދުމަށް ވުރެން ބައްޕާފުޅު އެދެވޮޑިގެންވާ ގޮތުގެ މަތިން މިކަންތައްތައް ހިންމަވައިދެއްވާނދޭވެ.“
ފަހަނަޅައި ދިއުމުގެ ޢީދު އައުމުގެ ކުރިން އީސާގެފާނަށް އެކަލޭގެފާނު ބައްޕާފުޅު އަރިހަށް ވަޑައިގަންނަވާ ވަގުތު ޖެހިއްޖެކަން އެނގިވަޑައިގެންފިއެވެ. އީސާގެފާނު އެކަލޭގެފާނަށް އީމާންވެގެންވީ މީހުންދެކެ ނުހަނު ބޮޑަށް ލޯބިފުޅުވެއެވެ. އަދި އެންމެ ފަހު ދުވަހާއި ޖެހެންދެން ވެސް އީސާގެފާނު ދުނިޔޭގައިވާ އެކަލޭގެފާނުގެ މީސްތަކުންދެކެ ލޯބިފުޅުވިއެވެ.