ޔޫޙަންނާ 12:2 - ކިތާބުލް މުޤައްދަސާ2 އެމީހުން އެތަނުގައި އެކަލޭގެފާނަށްޓަކައި ފަރިއްކޮޅެއް ތައްޔާރު ކުރިއެވެ. ސުފުރާމަތީގެ ކަންތައް ބެލެހެއްޓުމަށް އުޅުނީ މަރުތާއެވެ. އެ މޭޒުކޮޅުގައި އެކަލޭގެފާނާއެކު ފަރީއްކުޅުއްވުމުގައި ބައިވެރި ވީ މީހުންގެ ތެރޭން އެކަކީ ލާޒަރު އެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު ބެތާނިޔާގައި ހުންނަ ސިމްޢާނުގެ ގޭގައި ހުންނެވިއެވެ. މި ސިމްޢާނުއަކީ ޖުޒާމު ބަލީގެ ވޭނުގައި މީގެކުރިން އުޅުނު މީހެކެވެ. އީސާގެފާނު ފަރީއްކުޅުވަމުން ގެންދެވިހިނދު ސަންގުމަރުމަރު ހިލައިގެ އަގުބޮޑު އަތަރު ފުޅިއެއް ހިފައިގެން އަންހެނަކު އައެވެ. އެފުޅީގެ މަތި ހަލާކު ކޮށްލުމަށް ފަހު އެ ފުޅީގައި ހުރި ހުރިހާ އަތަރެއް އީސާގެފާނުގެ އިސްތަށިފުޅަށް އޮއްސާލިއެވެ.
ދެން އީސާގެފާނަށް ދަޢުވަތު ދިން މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ކަލޭ ޚާއްސަ ބޮޑު ކެއުމެއް ދެނީ ކަމުގައި ވީ ނަމަވެސް ހަމައެކަނި ކަލޭގެ ރަޙުމަތްތެރިން ނުވަތަ އެއްބަނޑު ތިމާގެ މީހުން ނުވަތަ ކަލޭގެ މުއްސަނދި އަވަށްޓެރިންނަށް އެކަނި ދަޢުވަތު ނުދޭތި. އެ ގޮތަށް ކަލޭ ކަންތައް ކުރީމާ އޭގެ ބަދަލުގައި އެމީހުން ވެސް ކަލެއަށް ދަޢުވަތު ދޭނެ.