Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 12:19 - ކިތާބުލް މުޤައްދަސާ

19 މިތަންދެކެ ފަރީސީން ބުންޏެވެ. ”⁠އަހަރެމެން ބަލިވެއްޖެ. ނިކަން ދެކިބަލަ މުޅި ދުނިޔޭގެ އެންމެން އޭނާގެ ފަހަތުން އެއޮތް ދަނީ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 12:19
14 ပူးပေါင်းရင်းမြစ်များ  

ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނަށް އެކަލޭގެފާނު ދެއްކެވި މި މަތިވެރި މުޢުޖިޒާތްޕުޅު ފެނުނެވެ. އަދި ބައިތުލް މަޤްދިސްގެ ތެރޭގައި ތިބި ކުޑަކުދިން މިފަދައިން ގޮވަމުން ގެންދިޔަ އަޑު އެބައިމީހުންނަށް އިވުނެވެ. ”⁠ދާއޫދުގެފާނުގެ ދަރިކަލުންނާއި މެދު މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރަން!⁠“ މި ހުރިހާ ކަމާކާއި ގުޅިގެން ބޮޑުއިމާމުންނާއި ދީނުގެ އެދުރުބޭކަލުން ރުޅިއައެވެ.


އެވަރަށް އެތަނަށް މީހުން އެއްވެފައި ވަނީ ވެސް އެހެން ވެގެންނެވެ. އެއީ އެ އެންމެން ވެސް ވަނީ މި މާނަފުން މުޢުޖިޒާތުގެ ވާހަކަ އަހާފައެވެ.


ގުރީކުގެ ބައެއް މީހުން ވެސް އެ ޢީދުގެ އަޅުކަންތަކަށް ޖެރޫސަލަމަށް އައިސް ތިއްބެވެ.


އަޅުގަނޑުގެ ދުޢާއަކީ އެމީހުން އެކަތިގަނޑަކަށް ހައްދަވައި ދެއްވުން. ބައްޕާފުޅާ! އަޅުގަނޑުގެ ކިބައިގައި ބައްޕާފުޅު ވާފަދައިން އަދި ބައްޕާފުޅުގެ ކިބައިގައި އަޅުގަނޑު ވެސް ވާފަދައިން އެމީހުން ވެސް ބައްޕާފުޅާއި އަޅުގަނޑުގެ ކިބައިގައި ލައްވާށި. އޭރުން ދުނިޔޭގެ މީސްތަކުންނަށް އަޅުގަނޑު ފޮނުއްވީ ބައްޕާފުޅުކަން ގަބޫލުކޮށް އީމާންވެވޭނެ.


ދެން ޔަޙުޔާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. އުރުދުން ކޯރުގެ އަނެއްފަރާތުގައި ކަލޭގެފާނާއި ބައްދަލުވި، އަދި އެމީހަކާއި މެދު ކަލޭގެފާނު ވަރަށް ގިނަ ވާހަކަތައް ދެއްކެވި ކަލޭގެފާނު ވެސް މީސްތަކުން ހިނަވަމުން އެބަގެންދަވާ. އަދި މީސްތަކުން އަޅުގަނޑުމެންގެ ގާތަށް އައުމުގެ ބަދަލުގައި އެދަނީ އެކަލޭގެފާނުގެ އަރިހަށް.⁠“


ނަމަވެސް އެގެއިން ވެސް އެމީހުން ނުފެނުމުން ދެން މި ޖޭސަން އާއި އަދި އެހެން ވެސް އީސާގެފާނަށް އީމާންވެގެންވީ ބަޔަކު ގަދަކަމުން އެ ރަށުގެ ވެރިންގެ ކުރިމައްޗަށް ގެނެސް އެމީހުން ބުންޏެވެ. ”⁠މި ރަށަށް އައިސް އެ އުޅޭ ޕައުލް އާއި ސިލާހު އަކީ މުޅި މި ހިސާބުގަނޑުގެ ރަށްތަކުގައި ހަމަނުޖެހުން އުފައްދަމުން ދާ ބަޔެކޭ. މިހާރު އެމީހުން އަހަރެމެންގެ ރަށަށް ވެސް އަތުވެއްޖެ.


އެހެނީ އަހަރެމެންގެ ފާފަތައް ޢަފޫ ވާނެ ގޮތް މެދުވެރިވަނީ އަލްމަސީޙުގެ ޤުރުބާނީގެ ސަބަބުންނެވެ. އެކަލޭގެފާނު ޤުރުބާންވެ ވަޑައިގެންނެވީ އަހަރެމެންނާއި މުޅި ދުނިޔޭގެ ހުރިހާ އެންމެންނަށްޓަކައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ