Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 12:12 - ކިތާބުލް މުޤައްދަސާ

12-13 އަނެއްދުވަހު އީސާގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވާ ޚަބަރު އެރަށުގައި ފެތުރުނެވެ. ދެން ފަހަނަޅައި ދިއުމުގެ ޢީދު ފާހަގަ ކުރުމަށް އެރަށަށް އެއްވެފައިތިބި މީސްތަކުންގެ ތެރެއިން އެތައް ބައިވަރު ބަޔަކު އެކަލޭގެފާނަށް މަރުޙަބާ ކިޔުމުގެ ގޮތުން ކަދުރު ރުކުގެ ރޯފަން ހިފައިގެން އެކަލޭގެފާނު ވަޑައިގެންނެވި މަގަށް ދިޔައެވެ. އަދި މިފަދައިން ކިޔާ ގޮވަމުން ދިޔައެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާ ސަނާހުރި. އެކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ފަރާތަށް އެކަލާނގެ ބަރަކާތް ލިބިގެންވޭ. ބަނީއިސްރާއީލުގެ ރަސްގެފާނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާށި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 12:12
7 ပူးပေါင်းရင်းမြစ်များ  

ފަހަނަޅައި ދިއުމުގެ ޢީދުގެ ހަ ދުވަސް ކުރިން އީސާގެފާނު ލާޒަރު އަލުން ދިރުއްވި ރަށްކަމުގައިވާ ބެތާނިޔާއަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ.


އެވަރަށް އެތަނަށް މީހުން އެއްވެފައި ވަނީ ވެސް އެހެން ވެގެންނެވެ. އެއީ އެ އެންމެން ވެސް ވަނީ މި މާނަފުން މުޢުޖިޒާތުގެ ވާހަކަ އަހާފައެވެ.


އީސާގެފާނު އެތަނަށް ވަޑައިގެންނެވި ޚަބަރު ލިބުމުން ވަރަށް ގިނަ ބަޔަކު އެކަލޭގެފާނާއި، އަދި އެކަލޭގެފާނު އަލުން ދިރުއްވި ލާޒަރު ދެކެން އެގެއަށް އެއްވެފައިވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ