ޔޫޙަންނާ 12:11 - ކިތާބުލް މުޤައްދަސާ11 އެއީ އެކަމާހެދި އެތައް ބަޔަކު އެމީހުންނާ ދެކޮޅުވެރިވެ އީސާގެފާނަށް އީމާންވަމުން ދާތީއެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނުގެ ބަސްފުޅުތަކާއި އެތައް ބަޔަކު ދެކޮޅުވެ އީމާން ނުވިނަމަވެސް އެކަލޭގެފާނަށް އީމާންވި އެތައް ބަޔަކު ވެސް ތިއްބެވެ. ބަނީއިސްރާއީލުގެ ވެރިންގެ ތެރެއިން ބަޔަކު ވެސް އީސާގެފާނަށް އީމާންވިއެވެ. އެކަމަކު އެއްވެސް މީހަކު އެކަން ފާޅެއް ނުކުރެއެވެ. އެއީ އެމީހުން ފަރީސީން ދެކެ ގަންނަ ބިރަށެވެ. ފަރީސީން އަންގާފައި ވަނީ އީސާގެފާނަށް އެކަކު ވެސް އީމާންވެއްޖެނަމަ އެމީހަކު ބަނީއިސްރާއީލުގެ ދީނީ މަރުކަޒުތަކުން ބޭރު ކުރާނެ ކަމަށެވެ.