Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 12:1 - ކިތާބުލް މުޤައްދަސާ

1 ފަހަނަޅައި ދިއުމުގެ ޢީދުގެ ހަ ދުވަސް ކުރިން އީސާގެފާނު ލާޒަރު އަލުން ދިރުއްވި ރަށްކަމުގައިވާ ބެތާނިޔާއަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 12:1
13 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އީސާގެފާނު އެތަނުން ނުކުމެ ވަޑައިގެން އެ ސަހަރުން ބޭރަށް ވަޑައިގެންނެވި އެވެ. އަދި ބެތާނިޔާ އަވަށަށް ވަޑައިގެންނެވިއެވެ. އަދި އެތާ އެކަލޭގެފާނު އެރޭ ހޭދަކުރެއްވިއެވެ.


އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެންނެވުމަށް ފަހު ބައިތުލް މަޤްދިސަށް ވަޑައިގެންނެވިއެވެ. އަދި ވަށައިގެންވީ އެންމެހާ ތަކެއްޗަށް ބައްލަވާލެއްވިއެވެ. ނަމަވެސް އެވަގުތަކީ ދުވަހުގެ ލަސް ވަގުތެއް ކަމަށް ވާތީ، އެކަލޭގެފާނު ވަޑައިގެންނެވީ އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އެކުގައި ބެތާނިޔާ އަށެވެ.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާގެން އެރަށުން ވަޑައިގެން ބެތާނިޔާ ރަށާއި އަރާ ހަމަވި ހިނދު އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް އުފުއްލަވާ އެމީހުންނަށް ބަރަކާތް ލެއްވިއެވެ.


އެ އަވަށުގައި އުޅުނު ފާފަވެރި ދިރިއުޅުމެއް އުޅެފައިވާ އަންހެނަކަށް އީސާގެފާނު އެ ފަރީސީނުގެ ގެއަށް ކެއުމަށް ވަޑައިގެންނެވި ޚަބަރު ލިބިގެން ވަރަށް އަގުބޮޑު އަތަރެއް އަޅާފައިވާ ކުރިކީލަ ފުޅިއެއް ހިފައިގެން އެގެއަށް ދިޔައެވެ.


ބެތާނިޔާގައި އުޅުނު ލާޒަރުއޭ ކިއުނު މީހަކު ވަރަށްބޮޑަށް ބަލިވިއެވެ. އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ ދެ ދައްތަ ކަމުގައިވާ މަރިޔަމް އާއި މަރުތާ އާއި އެކުގައެވެ. މި މަރިޔަމް އަކީ ފަހުން މާތްސާހިބާ އީސާގެފާނުގެ ފައިތިލަފުޅު މައްޗަށް އަގުބޮޑު އަތަރު އަޅައި އޭނާގެ އިސްތަށިގަނޑުން އެކަލޭގެފާނުގެ ފައިންޕުޅު ފޮހެދިން މަރިޔަމް އެވެ. ބަލިމީހާ އަކީ އެމީހުންގެ ފިރިހެންކޮއްކޮ ލާޒަރު އެވެ.


އީސާގެފާނު ދުޢާކުރައްވައި ނިމިވަޑައިގެން ގޮވާލެއްވިއެވެ. ”⁠ލާޒަރު ނުކުމޭ!⁠“


ދެން މަރުވެފައިއޮތް ލާޒަރު އެ ހޮހަޅައިން ނުކުތެވެ. އޭނާ ވަނީ ކަފުނުން ބަނދެވިފައެވެ. އަދި އޭނާގެ މޫނުގައި ބަނދެވިފައިހުރި ކަފުނުން މޫނު ވަނީ ފޮރުވިފައެވެ. އީސާގެފާނު އެތާނގައި ތިބި މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠އޭނާގެ ގައިގައި އެހެރަ ކަފުންތައް މޮހެލާ.⁠“


މިހާރު ވަނީ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަރަށް ކައިރިވެފައެވެ. ވީމާ ޖެރޫސަލަމުން ބޭރު ސަރަހައްދުތަކުގެ މީހުން ވަނީ ޖެރޫސަލަމަށް އެއްވެފައެވެ. އެމީހުން އެޢީދު އައުމުގެ ދުވަސްކޮޅެއް ކުރިން އެރަށަށް އަންނަމުން ދަނީ އެޢީދަށް ތައްޔާރު ވުމުގެގޮތުން ސާފުތޯހިރު ވުމަށްޓަކައި ކުރަންވާ ކަންތައްތައް ކުރުމަށެވެ.


އަނެއްދުވަހު އީސާގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވާ ޚަބަރު އެރަށުގައި ފެތުރުނެވެ. ދެން ފަހަނަޅައި ދިއުމުގެ ޢީދު ފާހަގަ ކުރުމަށް އެރަށަށް އެއްވެފައިތިބި މީސްތަކުންގެ ތެރެއިން އެތައް ބައިވަރު ބަޔަކު އެކަލޭގެފާނަށް މަރުޙަބާ ކިޔުމުގެ ގޮތުން ކަދުރު ރުކުގެ ރޯފަން ހިފައިގެން އެކަލޭގެފާނު ވަޑައިގެންނެވި މަގަށް ދިޔައެވެ. އަދި މިފަދައިން ކިޔާ ގޮވަމުން ދިޔައެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާ ސަނާހުރި. އެކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ފަރާތަށް އެކަލާނގެ ބަރަކާތް ލިބިގެންވޭ. ބަނީއިސްރާއީލުގެ ރަސްގެފާނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާށި.⁠“


ގުރީކުގެ ބައެއް މީހުން ވެސް އެ ޢީދުގެ އަޅުކަންތަކަށް ޖެރޫސަލަމަށް އައިސް ތިއްބެވެ.


އީސާގެފާނު އެތަނަށް ވަޑައިގެންނެވި ޚަބަރު ލިބުމުން ވަރަށް ގިނަ ބަޔަކު އެކަލޭގެފާނާއި، އަދި އެކަލޭގެފާނު އަލުން ދިރުއްވި ލާޒަރު ދެކެން އެގެއަށް އެއްވެފައިވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ