Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:9 - ކިތާބުލް މުޤައްދަސާ

9 އީސާގެފާނު ވިދާޅުވިއެވެ. ”⁠ކޮންމެ ދުވަހަކުމެ ބާރަ ގަޑިއިރު އިރުގެ އަލިކަން ހުރެއެއް ނޫންތަ؟ އިރުގެ އަލިކަން ހުއްޓާ މީހުންނަށް ސަލާމަތް ކަމާއިއެކު ދަތުރު ކުރެވިދާނެ. އެއީ ދުނިޔޭގެ އަލިކަން އެމީހުންނާއި އެކު ވާނެތީ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:9
7 ပူးပေါင်းရင်းမြစ်များ  

އޭރުން ކަލޯގެ ފައިތިލަ ކައްސާ ނުލާ އޮމާންކަމާއެކު ކަލޯ ދާ މަގުގައި ދެވޭނެއެވެ.


ނަމަވެސް ރޭގަނޑުގެ އަނދިރިކަމުގައި ހިނގައި ދަތުރުކޮށް ދާ މީހަކު އެއްޗެއްގައި އަޅައިގެންފައި ވެއްޓިދާނެ. އެއީ އެމީހަކާއި އެކު އަލިކަން ނުވާތީ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަލިކަން ކަލޭމެންގެ ގާތުގައި ވާނީ ވަރަށް ކުޑަ ހިނދުކޮޅަކު. އެއަލިކަން ވާހައި ހިނދަކު އެ އަލިކަމުގެ ތެރޭގައި ހިނގަމުން ގެންދޭ. އެހެން ނޫނީ އަނދިރިކަން ކަލޭމެންގެ ތެރެއަށް ވެރިވެދާނެ. އަނދިރީގެ ތެރޭގައި ހިނގަމުން ދާ މީހަކަށް އެދެވެނީ ކޮންތާނކަށް ކޮން ދިމާއަކަށް ކަމެއް ނޭނގޭނެ.


ދުވާލު ވަގުތު އެކަމެއް ކުރަން އެފަރާތަކުން އަހަރެން ފޮނުއްވި ކަންތައް އަހަރެމެން ކޮށް ނިންމަން ޖެހޭނެ. ރޭގަނޑުއެބަ އާދޭ. އޭރަކުން އެކަކަށް ވެސް އެކަންތަކެއް ނުކުރެވޭނެ.


ނަމަވެސް އަހަރެމެން އަނެކުންނާއިމެދު ލޮބުވެތިކޮށް ހިތާނަމަ އަހަރެމެންނަށް އެތިބެވެނީ އަލިކަމުގެ ތެރޭގައެވެ. އޭރުން އަހަރެމެންގެ ކިބައިން އަނެކާގެ މަގުން ކައްސާލާނެ ގޮތް މެދުވެރިއެއް ނުވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ