7 ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”އެނބުރި ޖުދެއާއަށް ދަމާ ހިނގާ.“
އީސާގެފާނު އުފަންވެ ވަޑައިގަތީ ޖުދެއާ ކަރައިގެ ބައިތުލަޙަމުގައި ހެރޮދު ރަސްގެފާނުގެ ޒަމާނުގައެވެ. އީސާގެފާނު އުފަންވެ ވަޑައިގެންނެވުމަށް ފަހު، އިރުމަތީ ސަރަހައްދުން ނަކަތްތެރިންގެ ބަޔަކު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.
އީސާގެފާނު މި ދުނިޔެ ދޫކޮށް ވަޑައިގަތުމުގެ ދުވަސް ކައިރިވުމުން އެކަލޭގެފާނު ހިތްވަރުފުޅު ގަދަ ކުރައްވާ ގަސްތުކުރެއްވީ ޖެރޫސަލަމަށް ވަޑައިގަތުމަށެވެ.
އެހެންވެ މިޚަބަރު ލިބިވަޑައިގަތީމަ ވެސް އެމީހުންގެ ގާތަށް ވަޑައިނުގެން އީސާގެފާނު ދެ ދުވަހަކު މަޑުކުރެއްވިއެވެ.
ދެން ދުވަސްކޮޅެއް ފަހުން ޕައުލް ބަރުނައްބާސް އަށް ބުންޏެވެ. ”އަހަރެމެން ކުރިން ދިންނެވުމުގެ ޚަބަރު ދިން ރަށްތަކަށް އެނބުރި ދަމާ ހިނގާ. އެއީ އޭރުން އެ ރަށްތަކުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ކަންތައް ހުރިގޮތެއް އަހަރެމެންނަށް އެނގޭނެ.“