Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:57 - ކިތާބުލް މުޤައްދަސާ

57 ބޮޑުއިމާމުންނާއި ފަރީސީން އެންމެންނަށް ވެސް އަންގާފައި ވަނީ އީސާގެފާނު ފެނުނު ކޮންމެ މީހަކުމެ އަވަހަށް އެކަން އެމީހުންނަށް އެންގުމަށެވެ. އެއީ އެމީހުން ގަސްތުކުރީ އެކަލޭގެފާނު ފެނުމާއި އެކު ހައްޔަރުކުރުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:57
7 ပူးပေါင်းရင်းမြစ်များ  

ދެން އަނެއްކާވެސް އެމީހުން ގަސްތުކުރީ އީސާގެފާނު ހައްޔަރު ކުރުމަށެވެ. ނަމަވެސް އެކަލޭގެފާނު އެމީހުންގެ އަތްދަށުން ދެމިވަޑައިގެން އެތަނުން ވަޑައިގެންފިއެވެ.


ނަމަވެސް އަނެއްބައިމީހުން ފަރީސީނުގެ ގާތަށް ގޮސް އީސާގެފާނު ކުރެއްވި ހުރިހާކަމެއް ކިޔާދިނެވެ.


ދެން ބޮޑުއިމާމުންނާއި ފަރީސީން ބަނީއިސްރާއީލުގެ ބޮޑުންގެ ދީނީކޯޓުގެ ބައްދަލުވުމަކަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠އަހަރެމެން ކުރަންވީ ކީއް؟ މިމީހާ އެތައް މުޢުޖިޒާތްތަކެއް ދައްކަމުން އެބަދޭ.


އީސާގެފާނު މިހެން ވިދާޅުވުމުން އެމީހުން އެކަލޭގެފާނުގެ ގައިކޮޅަށް އުކުމަށް ގާބުރިތައް ނެގިއެވެ. ނަމަވެސް އީސާގެފާނު އެމީހުންގެ ލޯމަތިން ޣައިބުވެ ވަޑައިގެން ބައިތުލް މަޤްދިސުން ވަޑައިގެންފިއެވެ.


އެމީހުން މިހެން ބުނީ ބަނީއިސްރާއީލުގެ ވެރިން ދެކެ ބިރުންނެވެ. އެއީ އީސާގެފާނަކީ އަލްމަސީޙު ކަމުގައި ބުނާ ކޮންމެ މީހަކުމެ ދީނީ މަރުކަޒުތަކުން ވަކިކޮށް ބޭރުކޮށްލާނެ ކަމުގައި އެމީހުން ވަނީ އަންގާފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ