Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:55 - ކިތާބުލް މުޤައްދަސާ

55 މިހާރު ވަނީ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަރަށް ކައިރިވެފައެވެ. ވީމާ ޖެރޫސަލަމުން ބޭރު ސަރަހައްދުތަކުގެ މީހުން ވަނީ ޖެރޫސަލަމަށް އެއްވެފައެވެ. އެމީހުން އެޢީދު އައުމުގެ ދުވަސްކޮޅެއް ކުރިން އެރަށަށް އަންނަމުން ދަނީ އެޢީދަށް ތައްޔާރު ވުމުގެގޮތުން ސާފުތޯހިރު ވުމަށްޓަކައި ކުރަންވާ ކަންތައްތައް ކުރުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:55
30 ပူးပေါင်းရင်းမြစ်များ  

އެހެންވެ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އާއިލާ އަށާއި އަދި އެކަލޭގެފާނާއި އެކުގައި ވީ ހުރިހާ އެންމެންނަށް މިފަދައިން އެންގެވިއެވެ. ”⁠ތިޔަބައިމީހުންގެ އަތުގައިވާނަމަ ވާހައި ބުދުގެ ކަލާނގެތައް އެއްތަންކޮށް އެތަކެތި ނެތިކޮށްލާ. އަދި ތިޔަބައިމީހުން ތާހިރުވެ އަންނައުނު ބަދަލު ކުރުމަށް ފަހު މާތްކަލާނގެއަށް އަޅުކަން ކުރުމަށް ތައްޔާރުވޭ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ގޮސް އަހަރެން އަންނަތަނަށް ދާން އެމީހުން ތައްޔާރު ކުރޭ. މިއަދާ މާދަމާ އެމީހުން އަޅުކަމަށް ތައްޔާރުކޮށް އެމީހުންގެ ހެދުންތައް ދޮއްވައި ސާފުތާހިރުކުރުވާ.


އީސާގެފާނު މި ހުރިހާ ތަކެއްޗެއް އުނގަންނަވައި ދެއްވައި ނިންމަވާ ލެއްވުމަށް ފަހު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ.


”⁠މާދަމާ ނޫން އަނެއް ދުވަހަކީ ފަހަނަޅައި ދިއުމުގެ ޢީދު ދުވަސްކަން ތިޔަބައިމީހުން ދަންނާނެ. އެދުވަހަކީ އިންސާނާގެ ދަރިކަލުން ސަލީބަށް އެރުވުމަށް ޓަކައި އެކަލޭގެފާނުގެ އަދުއްވުންގެ އަތްމައްޗަށް ދޫކޮށްލެވޭނޭ ދުވަސް.⁠“


ފަހަނަޅައި ދިއުމުގެ ޢީދާއި އަދި ކަމީރު ނުލާ ރޮށި ފިހޭ ޢީދު އައުމުގެ ދެދުވަސް ކުރިން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން ސިއްރިއްޔާތުގައި އީސާގެފާނު ހައްޔަރު ކުރައްވައި އަވަހާރަ ކޮށްލެއްވޭނޭ ގޮތެއް ފެނޭތޯ ބަލަމުން ދިޔައެވެ.


ކަމީރު ނުލާ ރޮށި ފިހޭ ޢީދު ކަމުގައިވާ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަނީ ކައިރިވެފައެވެ.


ފަހަނަޅައި ދިއުމުގެ ޢީދުގެ ހަ ދުވަސް ކުރިން އީސާގެފާނު ލާޒަރު އަލުން ދިރުއްވި ރަށްކަމުގައިވާ ބެތާނިޔާއަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ.


ފަހަނަޅައި ދިއުމުގެ ޢީދު އައުމުގެ ކުރިން އީސާގެފާނަށް އެކަލޭގެފާނު ބައްޕާފުޅު އަރިހަށް ވަޑައިގަންނަވާ ވަގުތު ޖެހިއްޖެކަން އެނގިވަޑައިގެންފިއެވެ. އީސާގެފާނު އެކަލޭގެފާނަށް އީމާންވެގެންވީ މީހުންދެކެ ނުހަނު ބޮޑަށް ލޯބިފުޅުވެއެވެ. އަދި އެންމެ ފަހު ދުވަހާއި ޖެހެންދެން ވެސް އީސާގެފާނު ދުނިޔޭގައިވާ އެކަލޭގެފާނުގެ މީސްތަކުންދެކެ ލޯބިފުޅުވިއެވެ.


ކައިފާސްގެ ގެއިން ރޯމުގެ ގަވަރުނަރުގެ ގަނޑުވަރަށް އީސާގެފާނު ގެންދެވުނީ ފަތިހުއެވެ. ނަމަވެސް އީސާގެފާނާއި މެދު ދައުވާ ކުރުމަށް އައި މީހުން އެތާނގެ ތެރެއަކަށް ނުވަދެއެވެ. އެއީ އެތަނަށް ވަނުމުން އެމީހުން ނަޖިސް ވާނެތީއެވެ. އަދި އެކަމުގެ ސަބަބުން އެމީހުންނަށް ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ވެސް ކެއުން މަކުރޫހަ ވާނެތީއެވެ.


ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަނީ ވަރަށް ކައިރިވެފައެވެ. އެހެން ކަމުން އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.


ބަނީއިސްރާއީލު މީހުން ދީނީގޮތުން ސާފުތޯހިރު ވެގަތުމަށް ވަރަށް ގިނަ ގަވާއިދުތަކެއް ގެންގުޅެއެވެ. އެގޮތުން އެފަދައިން ސާފުތޯހިރުވުމަށް ބޭނުން ކުރުމަށް ފެން އަޅާފައި ހުންނަ ޒާތުގެ ހިލައިގެ ހަ ރުނބާ އެތާނގައި ހުއްޓެވެ. އޭގެ ކޮންމެ ރުނބަޔަކަށް ވިހިތިރީސް ގެލަނުގެ ފެން އެޅޭ ވަރުވެއެވެ.


މިއަށް ފަހު އީސާގެފާނު ވަޑައިގެންނެވީ ޖެރޫސަލަމަށް ބަނީއިސްރާއީލު މީހުންގެ ޢީދެއް ފާހަގަ ކުރެއްވުމަށެވެ.


އޭރު ފަހަނަޅައި ދިއުމުގެ ޢީދު ވަނީ ވަރަށް ކައިރިވެފައެވެ.


މި ހަތަރު މީހުން ގޮވައިގެން ތިޔަބޭފުޅާ ދުރުވެ އެމީހުން ސާފުތާހިރުވުމުގެ ގޮތުން ކުރާ ހުރިހާ ކަމެއްގައި ބައިވެރިވެ އެމީހުންގެ ނަދުރު ފުއްދުމުގެ ގޮތުން އެމީހުންގެ ބޯބޭލުމަށާ އަދި އެހެން ކަންތައްތައް ކުރުމަށް ދާ ޚަރަދު ވެސް އަދާކޮށް ދެއްވާ. އޭރުން އެންމެންނަށް ވެސް ތިޔަބޭފުޅާއާއި ބެހޭ ގޮތުން އެމީހުންނަށް ލިބިފައިވާ ޚަބަރުތަކަކީ ތާކުންތާކު ނުޖެހޭ ދޮގު ވާހަކަތަކެއް ކަން އެނގޭނެ. އެއީ ތިޔަބޭފުޅާގެ އަމިއްލަ ކަންތައްތަކުގައި ވެސް ކަންތައް ކުރައްވަނީ މޫސާގެފާނު އެންގެވި ގަވާއިދުތަކާއި އެއްގޮތަށް ކަން އޭރުން މީހުންނަށް ފެންނާނެ.


ދެން ޕައުލް އެމީހުން ބުނި ގޮތާއި އެއްބަސްވެ، އެ ހަތަރު މީހުންނާއި އެކު އަނެއް ދުވަހު ބައިތުލް މަޤްދިސްއަށް ގޮސް، އެމީހުން ސާފުތާހިރުވުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި އެމީހުންނާއި އެކު ބައިވެރިވިއެވެ. އަދި އެމީހުން މި ކަންތައްތައް ކޮށް ނިމޭދުވަހު އޭގެން ކޮންމެ މީހަކަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނެއް ކުރާނެ ކަން ވެސް، ޕައުލް އެންމެންގެ ކުރިމަތީ ބައިތުލް މަޤްދިސްގައި އިޢުލާން ކުރިއެވެ.


އަޅުގަނޑާއި މެދު ދަޢުވާކުރާ މީހުން ބައިތުލް މަޤްދިސްގައި އަޅުގަނޑު ސާފުތާހިރު ވުމުގެ ގޮތުން ކުރަން ޖެހޭ ކަމެއް ކުރަނިކޮށް ދެކޭނެ. އެތާކު އަޅުގަނޑުގެ ވަށައިގެން މީހުން އެއްވެފައެއް ނުވޭ. އަދި އެތާކު އެއްވެސް ހަމަނުޖެހުމަކާ ބަޣާވާތެއް ވެސް ނުހިނގާ.


މާތްރަސްކަލާނގެ އާއިމެދު ގާތް ގުޅުމެއްގައިވާށެވެ. އޭރުން އެކަލާނގެ ކަލޭމެންނާއި ކައިރިވެ ވޮޑިގެންވާނެއެވެ. އޭ ދެފުށަށްކެނޑޭ ފާފަވެރިންނޭވެ! ކަލޭމެންގެ ޙަޔާތުން ފާފަވެރިކަން ފޮހެލާށެވެ. ކަލޭމެންގެ ހިތްތައް ވެސް ތާހިރު ކުރާށެވެ.


ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠އާނއެކެވެ. އަމާންކަން މަތީގައެވެ. އަހަރެން މިއައީ މާތްރަސްކަލާނގެއަށް ޤުރުބާނީ ކުރަން. ކަލޭމެން ސާފުތާހިރުވެ އަޅުކަމަށް ތައްޔާރުވެގެން އަހަންނާއެކު ޤުރުބާނީ ކުރަން އާދޭ.⁠“ ދެން އެކަލޭގެފާނު ޔައްސާ އާއި އޭނާގެ ދަރިން ސާފުތާހިރު ކުރުވައި ތައްޔާރު ކުރެއްވުމަށް ފަހު ޤުރުބާނީ ވެދުން ކުރުމަށް އެމީހުންނަށް ވެސް ދައުވަތު ދެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ