ޔޫޙަންނާ 11:52 - ކިތާބުލް މުޤައްދަސާ52 އަދި އެކަލޭގެފާނު އަވަހާރަވެ ވަޑައިގަންނަވާނީ އެކަލޭގެފާނުގެ ޤައުމަށްޓަކައި އެކަނި ނޫން ކަމާއި ދުނިޔޭގެ އެތަން މިތަނަށް ވިއްސިވިހާލި ވެފައިވާ މާތްރަސްކަލާނގެ ދަރިންތައް އެކަތިގަނޑަކަށް ހައްދަވައި އެމީހުންގެ މެދުގައި ގުޅުން ގާއިމުކޮށް ދެއްވުމަށްޓަކައި ވެސް މެއެވެ. အခန်းကိုကြည့်ပါ။ |
އަދި އީސާގެފާނު މި މާނަފުން ވާހަކަ ވެސް އެބައިމީހުންނަށް ވިދާޅުވެ ދެއްވިއެވެ. ”މިސާލަކަށް އަންހެނެއްގެ އަތުގައި ރިހި ދިހަލާރި ވި. އަދި މީގެ ތެރެއިން އެއްލާރި ގެއްލުނު. މިހެން ކަންތައް ދިމާވި ހިނދު އެއަންހެން މީހާ ކަންތައް ކުރާނީ ކޮން ފަދައަކުން؟ އޭނާ ބައްތި ދިއްލައި ގޭތެރެ އަލިކޮށް މުޅި ގޭތެރެ ކުނިކަހާ މި ރިހިލާރި ފެނޭތޯ މުޅި ގޭތެރޭގެ ހުރިހާ ތަނެއް ހޯދާނެ.
މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމާއިމެދު ނިކަން ވިސްނާލަބާލާށެވެ! އެގޮތުގެ މަތިން އެކަލާނގެ ދަރިންގެ ލަގަބު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. ހަމަ ޔަޤީނުން ވެސް އަހަރެމެންނީ އެކަލާނގެ ދަރިންނީމުއެވެ! ނަމަވެސް މި ދުނިޔޭގައި ވީ މީސްތަކުންނަށް އަހަރެމެންނީ އެކަލާނގެ ދަރިން ކަން ނޭނގެނީ އެބައިމީހުންނަށް މާތްރަސްކަލާނގެ ނޭނގޭތީއެވެ.
އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! މިހާރު އަހަރެމެންނީ މާތްރަސްކަލާނގެ ދަރިންނެވެ. ފަހުން އަލްމަސީޙު މި ދުނިޔެއަށް އެނބުރި ވަޑައިގަންނަވާ ހިނދު އަހަރެމެން ދެން ވާނީ ކޮންފަދަ ބަޔަކަށް ކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. ނަމަވެސް ޔަޤީންކަމާއެކު އަހަރެމެންނަށް އެނގެނީ އަލްމަސީޙު އެނބުރި މި ދުނިޔެއަށް ވަޑައިގެންނެވުމުން އަހަރެމެން އެކަލޭގެފާނާ އެއްގޮތް ވާނޭ ކަމެވެ. ސަބަބަކީ އަހަރެމެންނަށް އެކަލޭގެފާނުގެ އަސްލު ޒާތުފުޅު އޭރުން ސާފުކޮށް ފެންނާނެތީއެވެ.
އެބައިމީހުން އާ ސަނާގެ ލަވައެއް ކިޔެވެ: ”ފޮތް ނެގުމަށް އެކަށީގެން ވަނީ ކަލޭގެފާނު. އަދި ސިލު ކަނޑާލުމަށް ވެސްމެ. ކަލޭގެފާނު ވީ ގަތުލު ކުރެވިފަ. އަދި ކަލޭގެފާނު އަވަހާރަވެ ވަޑައިގެން ޤުރުބާންވި، އަދި ކަލޭގެފާނުގެ ލެއިން ކަލޭގެފާނު މާތްކަލާނގެއަށްޓަކައި މީހުން ގަނެދެއްވައިފީމު. އޭގެތެރޭގައި އެންމެހައި ޤަބީލާތަކުންނާއި، ބަހުރުވަތަކުންނާއި، ނަސްލުތަކުންނާއި، ޤައުމުތަކުން އައި މީހުން ހިމެނޭ.