Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:51 - ކިތާބުލް މުޤައްދަސާ

51 އޭނާ މި ބުނިއްޔަކީ އޭނާގެ އަމިއްލަ ބަސްތަކެއް ނޫނެވެ. އެ ދުވަސްވަރު އެންމެ މަތީ އިމާމަކަށް ހުރި މީހެއްގެ ގޮތުން އޭނާ އެބުނީ ޣައިބުގައި އެކަންތައް ވާން އޮތް ގޮތުގެ ވާހަކައެވެ. އޭނާ ބުނެފައި ވަނީ އީސާގެފާނުގެ ޤައުމަށްޓަކައި އަވަހާރަވެ ވަޑައިގަންނަވާނެކަމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:51
23 ပူးပေါင်းရင်းမြစ်များ  

ހާރޫނު އަހަރެންގެ ގާތަށް އަންނަ ކޮންމެ ހިނދަކު ޔުރީމާއި ތުންމިއްޔިމްހިލަކޮޅުތައް މޭމަތީ ފޮތިގަނޑުގެ ތެރެއަށް ލައިގެން އޭނާގެ ހިތާ ދިމާގައި ޖެހިފައި ވާނެ ހެން ބަހައްޓާ. މިގޮތުން އަހަރެންގެ މީހުންނާ މެދު ނިންމާނެ ގޮތެއް އޭނާއަށް އެނގޭނެ ވަސީލަތެއް ގެންނަން ވާނެ.⁠“


އެހެނީ އިންސާނާގެ ދަރިކަލުން ވެސް އައީ މީސްތަކުންގެ ޚިދުމަތް ލިބިގަތުމަކަށް ނޫން. އޭނާ އައީ މީސްތަކުންނަށް ޚިދުމަތް ކޮށް އަދި އޭނާގެ ފުރާނަވެސް މީސްތަކުން ދިންނަވާނެ ކައްފާރާ އެއްގެ ގޮތުގައި ދިނުމަށް.⁠“


ބައްޕާފުޅު އަހަރެން ދެނެވޮޑިގެންވޭ، އަހަރެން ބައްޕާފުޅު ވެސް ދަންނަން. ހަމަ އެފަދައިން އަހަރެންނާއި އަހަރެންގެ ކަންބަޅިތައް ވެސް އެކަކު އަނެކަކު ދަނޭ. އަދި އެ އެއްޗެއްސަށްޓަކައި އަހަރެން އަހަރެންގެ ފުރާނަވެސް ދޭނަން.


ދެން އޭގެތެރެއިން އެއަހަރުގެ އުއްތަމަ އިމާމު ކަމުގައިވާ ކައިފާސް ބުންޏެވެ. ”⁠ކަލޭމެން ތިޔަ ދައްކަނީ ކޮންފަދަ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް؟


ފުރަތަމަ އެމީހުން އެކަލޭގެފާނު ގެންދިޔައީ ހަންނާނުގެ ގާތަށެވެ. މި ހަންނާން އަކީ އެއަހަރުގެ އުއްތަމަ އިމާމު ކަމުގައިވާ ކައިފާސްގެ ބަފާކަލޭގެއެވެ.


އަމުރުފުޅުތަކާއި ގަވާއިދުގެ ސަބަބުން އަހަރެމެންގެ ބޮލުގައި އެޅިފައިވާ މުސީބާތާއި ކޯފާއިން އީސާ އަލްމަސީޙު އަހަރެމެން ދިންނަވައިފިއެވެ. އެކަލޭގެފާނު ސަލީބަށް ނެގިފައިވީ ހިނދު، އަހަރެމެން ކުރާނެ ނުބައި ކަންތަކުން އަހަރެމެންނަށް ލިބެންވީ މުސީބާތާއި، ކޯފާ، އެކަލޭގެފާނު އިސްތަށިފުޅުގައި އެޅުއްވިއެވެ. އެއީ ހަމަ ވަޙީކުރެއްވިގެންވީ ބަސްފުޅުގައި ލިޔެވިގެންވީ ފަދައިންނެވެ. ”⁠މުޑިއަކަށް މޮހޮރުޖަހާ ނެގިފައިވާ ކޮންމެ މީހަކީ ލަޢުނަތް ލެއްވިފައިވާ މީހެކެވެ.⁠“


އަހަރެމެންގެ ފާފަ ތައް ފޮހެދެއްވުމަށްޓަކައި އެކަލޭގެފާނުގެ އަމިއްލަ ޒާތުފުޅަށް ވޭނާ ކުރިމަތިލައްވައި ސަލީބަށް އެރުވިދިޔައެވެ. އެހެންވީމާ އަހަރެމެން ފާފަ ކުރުން ހުއްޓާލައި ޞާލިޙު ގޮތުގައި ޙަޔާތް ވޭތުކުރަމާހިނގާށެވެ. ތިޔަބައިމީހުންނަށް މި ފަސޭހަކަން ލިބިދިނީ އެކަލޭގެފާނުގެ ޒަޚަމްތަކުންނެވެ!


އަލްމަސީޙު އަހަރެމެންގެ ފާފަތަކަށްޓަކައި ވޭން އުފުއްލަވައި އެންމެ ފަހަރަކު އަވަހާރަވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ. ނަމަވެސް އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ފާފަވެރިންނަށްޓަކައެވެ. އެއީ ރައްކާތެރިކަމާއެކު މާތްރަސްކަލާނގެ ޙަޟްރަތަށް އަހަރެމެން ގެންގޮސް ދިނުމަށެވެ. އެކަލޭގެފާނު ވޭން އުފުއްލެވީ ޖިސްމާނީ ގޮތުންނެވެ. ނަމަވެސް އެކަލޭގެފާނު އަލުން އަނބުރާ ދިރިދުނިޔެއަށް ވަޑައިގެންނެވުމަށް ފަހު ރޫޙާނީ ޙަޔާތެއްގައި ވިއެވެ.


އެހެނީ އަހަރެމެންގެ ފާފަތައް ޢަފޫ ވާނެ ގޮތް މެދުވެރިވަނީ އަލްމަސީޙުގެ ޤުރުބާނީގެ ސަބަބުންނެވެ. އެކަލޭގެފާނު ޤުރުބާންވެ ވަޑައިގެންނެވީ އަހަރެމެންނާއި މުޅި ދުނިޔޭގެ ހުރިހާ އެންމެންނަށްޓަކައެވެ.


މި ޚަބަރު ލިބިގެން އަފޫދު ޖުއްބާ ގެންނަން ދާއޫދު އަބިޔާތަރުއަށް އެންގިއެވެ.


އެކަލޭގެފާނު މާތްރަސްކަލާނގެއަށް ދުޢާ ކުރެއްވުމުން ވެސް އިލްހާމެއް ވިޔަސް ނަބީއެއް ވިޔަސް އޫރީމުގެ ޖަވާބެއް ވެސް ނައައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ