46 ނަމަވެސް އަނެއްބައިމީހުން ފަރީސީނުގެ ގާތަށް ގޮސް އީސާގެފާނު ކުރެއްވި ހުރިހާކަމެއް ކިޔާދިނެވެ.
ބޮޑުއިމާމުންނާއި ފަރީސީން އެންމެންނަށް ވެސް އަންގާފައި ވަނީ އީސާގެފާނު ފެނުނު ކޮންމެ މީހަކުމެ އަވަހަށް އެކަން އެމީހުންނަށް އެންގުމަށެވެ. އެއީ އެމީހުން ގަސްތުކުރީ އެކަލޭގެފާނު ފެނުމާއި އެކު ހައްޔަރުކުރުމަށެވެ.
އީސާގެފާނު ދެއްކެވި މާނަފުން މުޢުޖިޒާތްތައް އެތައް ބަޔަކުމެ ދުއްޓެވެ. ނަމަވެސް އެމީހުން އެކަލޭގެފާނަށް އީމާންވުމަށް އިންކާރުކޮށް ދެކޮޅު ހެދިއެވެ.
ދެން މީސްތަކުންގެ މެދުގައި ސިއްރިއްޔާތުގައި މިފަދަ ވާހަކަތައް ދެކެވޭކަން ފަރީސީންނަށް އެނގުމުން އެމީހުން ބޮޑު އިމާމުންނާއި އެއްބައިވެ ބައިތުލް މަޤްދިސްގެ ސިފައިން އީސާގެފާނު ހައްޔަރު ކުރުމަށް ފޮނުވިއެވެ.
އީސާގެފާނު ހައްޔަރުކުރުމަށް ފޮނުވި ބައިތުލް މަޤްދިސްގެ ސިފައިން އެކަލޭގެފާނާ ނުލާ އެނބުރި ފަރީސީންނާއި ބޮޑު އިމާމުންގެ ގާތަށް ދިއުމުން އެމީހުން ސުވާލު ކުރިއެވެ. ”ކަލޭމެން އޭނާ ނުގެނައީ ކީއްވެ؟“
ދެން މީހުން މިމީހާ ގޮވައިގެން ފަރީސީނުގެ ގާތަށް ހިނގައްޖެއެވެ.
ހަމަ އެވަގުތު ބަޔަކު އައިސް ޚަބަރު ދިނެވެ. ”ތިޔަބޭފުޅުން ހައްޔަރުކޮށް ޖަލަށް ލީ މީހުން ބައިތުލް މަޤްދިސްތެރޭ މީސްތަކުންނަށް ކިޔަވާދިނުމަށް އެބަތިބި.“