Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:45 - ކިތާބުލް މުޤައްދަސާ

45 މަރިޔަމްއާއި އެކު އެތަނަށް އައި މީސްތަކުންގެ ތެރެއިން އެތައް ބަޔަކަށް މި ކަންތައްތައް ފެނި އީސާގެފާނު ގަބޫލު ކޮށް އީމާންވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:45
9 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ކުޅަދުންވަންތަ ގަދަފަދަ ބާރުފުޅު މިޞްރުގެ މީހުންގެ މައްޗަށް ދެއްކެވިތަން ފެނުމުން އިސްރާއީލީން ހައިރާންވެ ބިރުގެންފައި ތިއްބެވެ. އެމީހުން މާތްރަސްކަލާނގެއާއި އެކަލާނގެ ޚާދިމު މޫސާގެފާނަށް އީމާންވެ ތިއްބެވެ.


އެތައް ބަޔަކު އެކަލޭގެފާނާއިއެކު ވަޑައިގެންނެވިއެވެ. އެމީހުން ބުންޏެވެ. ”⁠ޔަޙުޔާގެފާނު އެއްވެސް މުޢުޖިޒާތެއް ނުދައްކަވާ. ނަމަވެސް އެކަލޭގެފާނު އީސާގެފާނާއި ބެހޭގޮތުން ވިދާޅުވި ހުރިހާ ކަމެއް ތެދަކަށް ވެއްޖެ.⁠“


އެތައް ބައިވަރު ބަނީއިސްރާއީލު މީހުންނެއް މަރުތާ އާއި މަރިޔަމްއަށް އެމީހުންގެ ކޮއްކޮ މަރުވެދިއުމުން ލިބުނު ހިތާމައިގައި ހިތްވަރު ދިނުމަށް ބެތާނިޔާއަށް އައެވެ.


ލާޒަރު މަރުވުމުގެ ސަބަބުން އެގެއަށް އެއްވެފައިވާ މީހުންނަށް މަރިޔަމް ކުއްލިއަކަށް ތެދުވެގެން ދާތަން ފެނުމުން ހީކުރެވުނީ އޭނާ އެދަނީ ލާޒަރުގެ މަހާނަދޮށަށް ރޯން ކަމުގައެވެ. އެހެންކަމުން އެމީހުން ވެސް އޭނާގެ ފަހަތުން ދިޔައެވެ.


އީސާގެފާނުގެ ބަސްފުޅުތަކާއި އެތައް ބަޔަކު ދެކޮޅުވެ އީމާން ނުވިނަމަވެސް އެކަލޭގެފާނަށް އީމާންވި އެތައް ބަޔަކު ވެސް ތިއްބެވެ. ބަނީއިސްރާއީލުގެ ވެރިންގެ ތެރެއިން ބަޔަކު ވެސް އީސާގެފާނަށް އީމާންވިއެވެ. އެކަމަކު އެއްވެސް މީހަކު އެކަން ފާޅެއް ނުކުރެއެވެ. އެއީ އެމީހުން ފަރީސީން ދެކެ ގަންނަ ބިރަށެވެ. ފަރީސީން އަންގާފައި ވަނީ އީސާގެފާނަށް އެކަކު ވެސް އީމާންވެއްޖެނަމަ އެމީހަކު ބަނީއިސްރާއީލުގެ ދީނީ މަރުކަޒުތަކުން ބޭރު ކުރާނެ ކަމަށެވެ.


ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސްވަރު އީސާގެފާނު ޖެރޫސަލަމުގައި ދެއްކެވި އެތައްއެތައް މުޢުޖިޒާތްތަކާއި އަޖައިބު ކުރުވަނިވި ކަންތައްތަކުގެ ސަބަބުން އެތައް ބަޔަކު އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވައި ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙު ކަން ގަބޫލު ކުރިއެވެ.


މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް އެތައް ބަޔަކު އީސާގެފާނު ގަބޫލު ކޮށް އީމާންވިއެވެ. އެމީހުން ބުންޏެވެ. ”⁠އަލްމަސީޙު ވަޑައިގަތަސް މިކަލޭގެފާނު މިދެއްކެވި ވަރަށް ވުރެން ވަކިން ބޮޑު މުޢުޖިޒާތްތަކެއް ދެއްކި ދާނެބާ؟!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ