Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:43 - ކިތާބުލް މުޤައްދަސާ

43 އީސާގެފާނު ދުޢާކުރައްވައި ނިމިވަޑައިގެން ގޮވާލެއްވިއެވެ. ”⁠ލާޒަރު ނުކުމޭ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:43
12 ပူးပေါင်းရင်းမြစ်များ  

އެހެނަސް އެމީހުން ތިބީ ބިރުން ފިތްކަނޑައިގެންދާވަރު ވެފައެވެ. އަދި އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”⁠ވަޔާއި ކަނޑުގެ ރާޅުތައް ވެސް ކިޔަމަންތެރިވާ މި މީހަކީ ކާކު ބާ؟⁠“


ބައްޕާފުޅު އަޅުގަނޑުގެ އަޑު އަބަދުވެސް އައްސަވާކަން އަޅުގަނޑަށް އެނގޭ. ނަމަވެސް އަޅުގަނޑު މިހެން އެންމެންނަށް އިވޭ ވަރަށް މިދަންނަވަނީ މިތަނަށް އެއްވެފައި މިތިބި މީހުންނަށް، އެކަމުން އެމީހުންގެ ހިތަށް އީމާންކަން ވަނުމުގެ މަގު ފަހި ކޮށް ދިނުމަށް.⁠“


ދެން މަރުވެފައިއޮތް ލާޒަރު އެ ހޮހަޅައިން ނުކުތެވެ. އޭނާ ވަނީ ކަފުނުން ބަނދެވިފައެވެ. އަދި އޭނާގެ މޫނުގައި ބަނދެވިފައިހުރި ކަފުނުން މޫނު ވަނީ ފޮރުވިފައެވެ. އީސާގެފާނު އެތާނގައި ތިބި މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠އޭނާގެ ގައިގައި އެހެރަ ކަފުންތައް މޮހެލާ.⁠“


ފަހަނަޅައި ދިއުމުގެ ޢީދުގެ ހަ ދުވަސް ކުރިން އީސާގެފާނު ލާޒަރު އަލުން ދިރުއްވި ރަށްކަމުގައިވާ ބެތާނިޔާއަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ.


އީސާގެފާނު އެތަނަށް ވަޑައިގެންނެވި ޚަބަރު ލިބުމުން ވަރަށް ގިނަ ބަޔަކު އެކަލޭގެފާނާއި، އަދި އެކަލޭގެފާނު އަލުން ދިރުއްވި ލާޒަރު ދެކެން އެގެއަށް އެއްވެފައިވިއެވެ.


ޕަތަރަސްއަށް މީހުންތައް އެތަނަށް އެއްވެފައިވާ ތަން ފެނުމުން އެމީހުންނާއި މުޚާޠަބުކޮށް ބުންޏެވެ. ”⁠އެކުވެރިންނޭ، މިތަންދެކެ ކަލޭމެން ތިޔަހާ ބޮޑަށް ތިޔަ އަޖައިބުވެ ހައިރާންވީ ކީއްވެ؟ ކަލޭމެން އަހަރެމެންނާއި ދިމާއަށް ތިބާލާ ގޮތުން ހީވަނީ މިކަންތައްތައް މިވީ އަހަރެމެންގެ މޮޅުކަމުން ނުވަތަ އަހަރެމެންގެ ރަނގަޅުކަމުން ހެން.


ޕަތަރަސް އޭނާއަށް ބުންޏެވެ. ”⁠އަހަރެންގެ އަތުގައި ކަލެއަށް ދޭނެ އެއްވެސް ލާރިއެއް ނެތް. އެކަމަކު އަހަރެންނަށް ދެވެން އޮތް އެއްޗެއް ކަލެއަށް އަހަރެން ދީފާނަން. ނާޒަރަތުގެ އީސާ އަލްމަސީޙުގެ ނަންފުޅުގެ ބާރުގައި ތެދުވެ ހިނގާ.⁠“


މިމީހާއަށް ޕަތަރަސް ބުންޏެވެ. ”⁠އޭ އޭނިޔާސް. މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އީސާ އަލްމަސީޙު ކަލޭގެ ބަލި ހެޔޮކުރައްވައިފި. ތެދުވޭ. ތެދުވެ ކަލޭގެ ތަންމަތި ނަގާ އޮޅާލާ.⁠“ ޕަތަރަސް ހަމަ އެހެން ބުނުމާއި އެކު އޭނިޔާސް ކޮޅަށް ތެދުވިއެވެ.


ޕަތަރަސް އެތާނގައި ތިބި އެންމެންނަށް އެތަނުން ދިއުމަށް އެންގިއެވެ. ދެން ޕަތަރަސް ކަކޫމައްޗަށް ތިރިވެ ދުޢާ ކުރިއެވެ. ދެން ތަބިތާގެ ގަބުރާއި ދިމާއަށް އެނބުރި އޭނާ ބުންޏެވެ. ”⁠ތަބިތާ، ތެދުވޭ.⁠“ އެހެން ބުނުމާއި އެކު ތަބިތާގެ ދެ ލޯ ހުޅުވުނެވެ. އަދި އޭނާއަށް ޕަތަރަސް ފެނުމާއި އެކު ތެދުވެ އިށީނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ