ޔޫޙަންނާ 11:40 - ކިތާބުލް މުޤައްދަސާ40 އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ކަލޭގާތު ނުބުނަންތަ؟ ކަލޭ ވެސް އީމާންވެ ގަބޫލުކޮށްފިއްޔާ ކަލެއަށް ވެސް މާތްރަސްކަލާނގެ ޖަލާލުވަންތަކަން ފެންނާނެޔޭ.“ အခန်းကိုကြည့်ပါ။ |
އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުގެ ކުޑަކަމުން. އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުންގެ އީމާންތެރިކަން ރެވި އޮށެއްހާ ބޮޑު ކަމުގައި ވިނަމަވެސް މި ފަރުބަދައަށް ’ތިޔަ ހުރި ތަނުން ލުހިގެން ދާށޭ‘ ތިޔަބައިމީހުން ބުނިކަމުގައިވާނަމަ، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެމެ. އަދި ހަމަ އެހެންމެ ތިޔަބައިމީހުންނަށް ނުކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ.“
މާތްރަސްކަލާނގެ ބަސްފުޅު އިންސާނަކަށް ވިއެވެ. އަދި އެބަސްފުޅު، ނުވަތަ އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި އުޅުއްވަން ވަޑައިގަތެވެ. އެކަލޭގެފާނަކީ ނިހާޔަތަށް ވަފާތެރި ހަންހާރަވެތި ބޭކަލެކެވެ. އަހަރެމެންނަށް ވަނީ އެކަލޭގެފާނުގެ ޖަލާލަތުކަން ފެނިފައެވެ. އެ ޖަލާލަތުކަމަކީ މާތްރަސްކަލާނގެ، އެކަލާނގެ ޚާއްސަ ކުރެއްވި ހަމައެކަނި ފަރާތަށް ދެއްވާ އެކަލާނގެ ޖަލާލަތު ކަމެވެ.