Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 11:39 - ކިތާބުލް މުޤައްދަސާ

39 ދެން އީސާގެފާނު މީސްތަކުންނަށް އެ ހިލަ ފުރޮޅާލުމަށް އެންގެވިއެވެ. ނަމަވެސް މަރުވެފައިވާ މީހާގެ ދައްތަ، މަރުތާ ދެންނެވިއެވެ. ”⁠މާތްސާހިބާ، ލާޒަރު މަރުވިތާ މިހާރު ހަތަރު ދުވަސް ވެއްޖެ. އެހެންވީމާ މިހާރު އެތާނގައި ދުވާނީ ކުނިވަސް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 11:39
11 ပူးပေါင်းရင်းမြစ်များ  

”⁠އަހަރެންނަކީ ތިޔަބައިމީހުންގެ ރަށުގައި ވަޒަންވެރިވެގެން އުޅޭ ބީރައްޓެއްސެއް. އަހަރެންގެ އަނބިމީހާ ފަސްދާނުލާނޭ ބިމެއް އަހަރެންގެ މިލްކިއްޔާތަކު ނެތް. އޭނާ ވަޅުލާނެ ބިންކޮޅެއް އަހަރެންނަށް ވިއްކާ.⁠“


ކަލޭ އެނބުރި ކައްވަޅަށް ދިއުމަށް ދާނދެން ކަލޭ ކާއެއްޗެހި ހޯދަންޖެހޭނީ ކަލޭގެ ނިތްކުރިން ދާހިއްލައިގެން. އެންމެފަހުން ދެން ކަލޭ ވާނީ ހިރަފުހަށް. އެއީ ކަލޭ އުފެއްދުނީ ވެސް ހިރަފުހުން ކަމަށް ވާތީ.⁠“


މިބައިމީހުން ދިޔަ މަގުމަތީގައި އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”⁠ޒިޔާރަތުގެ ދޮރުމަތީގައި ވީ ހިލަ އަހަރެމެންނަށް ދުރުކޮށްދޭނީ ކާކު؟⁠“ (މި ހިލައަކީ ވަރަށް ބޮޑު ހިލައެކެވެ.) ދެން މި އަންހެނުންތައް ޒިޔާރަތުގެ ދޮރާ ދިމާލަށް ބަލާލި ހިނދު އެ ހިލަ އެއްފަރާތް ކޮށްފައިވީތަން ފެނުނެވެ.


އީސާގެފާނު ބެތާނިޔާއަށް ވަޑައިގަތްއިރު ލާޒަރު މަރުވެ ގަބުރުސްތާނަށް ގެންދެވުނުތާ ހަތަރު ދުވަސް ވެއްޖެއެވެ.


މި އާޔަތްތަކުގައި މި ވަނީ މާތްރަސްކަލާނގެ ދާއޫދުގެފާނާއި މެދު އެންގެވި ބަސްފުޅުތަކެއް ނޫން. އެއީ ދާއޫދުގެފާނު މި ދުނިޔޭގައި އުޅުއްވާ އެކަލޭގެފާނަށް މާތްރަސްކަލާނގެ އެންގެވި ފަދައިން ކަންތައްތައް ކުރެއްވުމަށް ފަހު އަވަހާރަވި. އަދި އެކަލޭގެފާނުގެ ހަށިކޮޅު ވަޅުލެވުނު. އަދި އެ ހަށިކޮޅު ކުނިވެ ނެތިގެން ދިޔަ.


އިނބަރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ ބޭކަލުން މަރުވުމަށް ފަހު ކަށްވަޅުގައި ގިނަ ދުވަސްތަކަކަށް އޮތުމަކަށް އިނބަރަސްކަލާނގެ ދޫކޮށެއް ނުލައްވާނޭ. އިނބަރަސްކަލާނގެ އެކަލޭގެފާނުގެ ހަށިކޮޅު ފަނާވެ ދިޔުމަކަށް ދޫކޮށެއް ނުލައްވާނޭ.


އަދި ހުރިހާ ކަމެއް އެކަލޭގެފާނުގެ ކޮންޓްރޯލް ކުރައްވަމުން ގެންދަވާ ބާރުފުޅުން އެކަލޭގެފާނު އަހަރެމެންގެ މި ބަލިކަށި ހަށިތައް އެކަލޭގެފާނުގެ އުޖާލާ ހަށިކޮޅެކޭ އެއްފަދައިން ހައްދަވައި ދެއްވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ